ހެލްތު މިނިސްޓްރީން ގައުމީ ޔުނިވާސިޓީއަށް ޕީސީއާރު އަދި އެކްސްޓްރެކްޝަން މެޝިނެއް ހަދިޔާކޮށްފިއެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މިތަކެތި ހަވާލުކުރުމާއި ގުޅޭ އެއްބަސްވުމެއްގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރ އަހްމަދު އާދިލްއެވެ. އެމްއެންޔޫގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާ ހަދިޔާ ކުރި ތަކެއްޗާއި ހަވާލުވެލެއްވީ، ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ޑީން، ޑރ. އައިޝަތު ސަނޫރާ އެވެ.

Ad
rt

ހެލްތް މިނިސްޓްރީން ބުނީ ޕީސީއާރު އަދި އެކްސްޓްރެކްޝަން މެޝިނެއް އެމްއެންޔޫ އަށް ހަދިޔާކުރީ، ރާއްޖޭގެ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާކޮށް މީހުން ބިނާ ކުރުމަށް ވަރަށް މުހިންމު ދައުރެއް އަދާ ކުރާ އެއް ތަނަކީ އެ ޔުނިވަރސިޓީ ކަމަށްވާތީ އެވެ. އަދި ކޮވިޑް19 ގެ ތަޖުރިބާ އަށް ބަލާ ލެބޯރެޓަރީ ޓެކްނޮލޮޖިސްޓުން އަދާ ކުރި މުހިންމު ދައުރު ފާހަގަކޮށް، އިތުރަށް މިދާއިރާ ހަރުދަނާކުރުމަށްޓަކައި ކަމަށެވެ.

ހެލްތު މިނިސްޓްރީން މި ދެ މެޝިން އެމްއެންޔޫ އަށް ހަދިޔާ ކޮށްފައިވާއިރު، މިފަހަކަށް އައިސް އަނެއްކާ ވެސް އަންނަނީ ރާއްޖޭގައި ކޮވިޑުގެ ކޭސްތައް އިތުރުވަމުންކަން އެޗްޕީއޭ އިން ވަނީ ފާހަގަ ކޮށްފައެވެ.

އެގޮތުން މި މަހުގެ 2 ވަނަ ދުވަހުން ފެށިގެން 8 ވަނަ ދުވަހާއި ދެމެދު މުޅި ރާއްޖެއިން ކޮވިޑް-19ގެ 84 ކޭސް އަލަށް ވަނީ ފެނިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.