މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
Topic Archive

#ހދ. ކުޅުދުއްފުށި ސިޓީ

1,138 Stories filed
ކުޅުދުއްފުށީގައި އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސް ފަށައިފި
Thiladhunmathi News

ކުޅުދުއްފުށީގައި އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސް ފަށައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން އެ ޕާޓީގެ ކައުންސިލަރުންނަށް އަމާޒުކޮށްގެންބާއްވާ ކައުންސިލަރުންގެ ކޮންފަރެންސް ހދ. ކުޅުދުއްފުށީ ސިޓީގައި މިއަދު ފަށައިފިއެވެ. ”ލާމަރުކަޒީ ގުޅުން” ނަމުގައި ބާއްވާ މި ކޮންފަރެންސްގައި އެންމެ އުތުރުގެ ތިން އަތޮޅު (ހއ. ހދ. އަދި ށ) ގައި ތިބި އެމްޑީޕީ ތަމްސީލްކުރާ ކައުންސިލުން ބައިވެރިވަމުން އަންނަކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. މީގެ އިތުރުން މި ތިން އަތޮޅުގައި ތިބި އެ ޕާޓީ ތަމްސީލްކުރާ އަންހެނުންގެ މަސައްކަތްކުރާ ކޮމެޓީތަކުގެ މެންބަރުން ވެސް މި [...

ޒިގްޒެގް އިންޓަ އޮފީސް ފުޓްސަލް ޓޯނަމަންޓްގައި ބައިވެރިވާން ހުޅުވާލައިފި
Thiladhunmathi News

ޒިގްޒެގް އިންޓަ އޮފީސް ފުޓްސަލް ޓޯނަމަންޓްގައި ބައިވެރިވާން ހުޅުވާލައިފި

ހދ. ކުޅުދުއްފުށީގައި ޒިގްޒެގް ފޯ ޔޫތު ލިންކޭޖުން އިންތިޒާމް ކޮށްގެން އެ ރަށުގައި ހުރި ސަރުކާރު މުއައްސަސާތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ “ޒިގްޒެގް އިންޓަ އޮފީސް ފުޓްސަލް ޓޯނަމަންޓް 2024” ގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއީ ޒިގްޒެގްގެ ފަރާތުން މި މުބާރާތް ބާއްވާ 10 ވަނަ ފަހަރެވެ. މި އަހަރުގެ މުބާރާތް ފެށުމަށް ތާވަލު ކޮށްފައި ވަނީ އަންނަ ނޮވެމްބަރ މަހުގެ 9 ވަނަ ދުވަހުއެވެ. މި މުބާރާތުގައި ޓީމް ބައިވެރިކުރަން ބޭނުންވާ […]

ކުޅުދުއްފުށީ މިސްކިތު ގާރީ ކުލާހުގައި ބައިވެރިވުމުގެ ފުރުސަތު
Thiladhunmathi News

ކުޅުދުއްފުށީ މިސްކިތު ގާރީ ކުލާހުގައި ބައިވެރިވުމުގެ ފުރުސަތު

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އިސްލާމީކަންތައްތަކާއި ބެހޭ ވުޒާރާ ގުޅިގެން ކުޅުދުއްފުށީގައި ކުރިއަށް ގެންދާ މިސްކިތު ގާރީ ކުލާހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 10 ވަނަ ދުވަހުގެ 14:00 އާއި ހިސާބަށް ހުޅުވާލާފައިވާއިރު، ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ ފޯމް ފުރިހަމަ ކުރުމަށް ފަހު އެންމެ ފުރަތަމަ ފޯމް ހުށަހަޅާ 30 ފަރާތަށެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 10 އަހަރުފުރި 18 އަހަރު ނުފުރޭ ކުއްޖަކަށް [...

ކުޅުދުއްފުށީގައި ބާއްވާ އެންމެ ދިގު ދުވުން މި މަހު 19 ގައި
Thiladhunmathi News

ކުޅުދުއްފުށީގައި ބާއްވާ އެންމެ ދިގު ދުވުން މި މަހު 19 ގައި

ކުޅުދުއްފުށި ސިޓީގައި މިހާތަނަށް ބާއްވާ އެންމެ ދިގު ދުވުން، މި މަހުގެ 19 ވަނަ ދުވަހު ބާއްވަން ތާވަލުކޮށް، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ދުވުން އިންތިޒާމް ކުރުމުގެ ކަންކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ސްޓޫޑެންޓް ޔޫނިއަންއާއި، ޔޫނިއަންގެ ދެގޮފި ކަމަށްވާ މެޑިކޯސް އަދި ގުރުޒު ގުޅިގެންނެވެ. 10 ކިލޯ މީޓަރުގެ އިތުރުން 5 ކިލޯ މީޓަރު ވެސް ހިމެނޭ މި ދުވުން އިންތިޒާމްކުރާ ފަރާތުން ކުރިއަށް ގެންދަނީ “އެމްއެންޔޫއެސްޔޫ 10 ކޭ […]

ލާމު މެރަތަން އިން ރަންވަނަތައް ހާސިލްކުރި ކުޅުދުއްފުށީގެ އައިރަނާސްގެ ދުވުންތެރިންނަށް ސިޓީކައުންސިލްގެ މަރުހަބާ
Thiladhunmathi News

ލާމު މެރަތަން އިން ރަންވަނަތައް ހާސިލްކުރި ކުޅުދުއްފުށީގެ އައިރަނާސްގެ ދުވުންތެރިންނަށް ސިޓީކައުންސިލްގެ މަރުހަބާ

ލާމަސީލު ލާމު މެރަތަން 2024 އިން ރަންވަނަތައް ހާސިލްކުރި ކުޅުދުއްފުށީގެ އައިރަނާސްގެ ދުވުންތެރިންނަށް ކުޅުދުއްފުށީ ސިޓީކައުންސިލްގެ މަރުހަބާކިޔައިފިއެވެ. އެ ދުވުންތެރިންނަށް މަރުޙަބާކިޔައި ސިޓީ ކައުންސިލުން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އެ ސިޓީގެ އައިރަނާސްގެ ތިން ދުވުން ތެރިން އަހުމަދު އަލީ އާއި އަހުމަދު ހާމީ އަދި އަހުމަދު އަލީ ލާމަސީލު ލާމު މެރަތަން 2024 އިން ރަންވަނަތައް ހާސިލްކޮށް، ރަށަށް ރީތިނަން ހޯދައިދީފައިވާތީ މަރުހަބާ ކިޔާ ކަމަށެވެ. މި ދުވުންތެރިންގެ ތެރެއިން އަހުމަދު އަލީ ވަނީ […]

ބޮނބިނަރުން ގަހަނާ ހަދަން ދަސްކޮށްދޭ ޕްރޮގްރާމެއް ކުޅުދުއްފުށީގައި ފަށައިފި
Thiladhunmathi News

ބޮނބިނަރުން ގަހަނާ ހަދަން ދަސްކޮށްދޭ ޕްރޮގްރާމެއް ކުޅުދުއްފުށީގައި ފަށައިފި

ބޮނބިނަރާއި ރޯނުން ގަހަނާ ހަދަން ދަސްކޮށްދޭ ޓްރެއިނިން ޕްރޮގްރާމެއް ކުޅުދުއްފުށި ސިޓީގައި މިއަދު ފަށައިފިއެވެ. މިއީ ކެނެޑާ ފަންޑް ފޯ ލޯކަލް އިނީޝިއެޓިވްގެ އެހީތެރިކަމާ އެކު މޯލްޑިވްސް ވެޓްލޭންޑްސް ފައުންޑޭޝަނުން ހިންގާ “ވެޓްލޭންޑް ލައިވްލިހުޑް ޕްރޮޖެކްޓް” ގެ ދަށުން ކުޅުދުއްފުށީ ސިޓީ ކައުންސިލާ ގުޅިގެން އެ ރަށުގައި ހިންގާ ޓްރެއިން ޕްރޮގްރާމެކެވެ. މި ޓްރެއިނިން ޕްރޮގްރާމުގައި ދިވެހިންގެ ސަގާފަތުގައި ހިމެނޭ ބޮނބިނަރާއި ރޯނުން ޒަމާނީ އުފެއްދުންތަކެއް ތައްޔާރު ކުރަން ދަށްކޮށްދޭނެއެވެ. މިގޮތުން  ބޮނބި...

ގައުމަށް ރީތި ނަން ހޯދައިދިން ކުޅުދުއްފުށީ އެތުލީޓުންނަށް ސިޓީ ކައުންސިލްގެ މަރުހަބާ
Thiladhunmathi News

ގައުމަށް ރީތި ނަން ހޯދައިދިން ކުޅުދުއްފުށީ އެތުލީޓުންނަށް ސިޓީ ކައުންސިލްގެ މަރުހަބާ

ހަތަރުވަނަ ސައުތު އޭޝިއަން ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕް 2024 ގައި ރާއްޖެއަށް ރީތި ނަން ހޯދައިދިން އެތުލެޓިކްސް ޓީމުގައި ހިމެނުނު ކުޅުދުއްފުށީގެ އެތުލީޓުންނަށް، ކުޅުދުއްފުށި ސިޓީ ކައުންސިލުން މަރުހަބާ ދަންނަވައި ކާމިޔާބީ ފާހަގަ ކޮށްފިއެވެ. މި މަހު 11 އިން 13 އަށް އިންޑިއާގެ ޗެންނާއީގައި ކުރިއަށްދިޔަ ދެކުނު އޭޝިއާގެ ޖޫނިއަރ އެތުލެޓިކްސް މުބާރާތުގައި ރާއްޖެއިން 16 އެތުލީޓުން ވާދަކުރިއެވެ. އެއީ 8 އަންހެން އެތުލީޓުންނާއި 8 ފިރިހެން އެތުލީޓުންނެވެ. ހަތަރެއް ގުނަ 100 މީޓަރު ރިލޭ […]

ޕަބްލިކް ލައިބްރަރީ އަކީ ކުޅުދުއްފުށީގެ ތަރައްގީގެ އާ ސަފުހާއެއް: މޭޔަރު
Thiladhunmathi News

ޕަބްލިކް ލައިބްރަރީ އަކީ ކުޅުދުއްފުށީގެ ތަރައްގީގެ އާ ސަފުހާއެއް: މޭޔަރު

ކުޅުދުއްފުށި ޕަބްލިކް ލައިބްރަރީ އަކީ އެ ރަށުގެ ތަރައްގީގެ އާ ސަފުހާއެއް އަދި މައުލޫމާތުގެ ބޮޑު ހަޒާނާއެއް ކަމުގައި، ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެ ސިޓީގައި ޒަމާނީ ފެންވަރަށް ތަރައްގީކުރި ޕަބްލިކް ލައިބްރަރީ ރޭ ވަނީ ރަސްމީކޮށް ހުޅުވާފައެވެ. މި ލައިބްރަރީ ރަސްމީކޮށް ހުޅުވައި ދެއްވާފައި ވަނީ ގައުމީ ޔުނިވާސިޓީ ކުޅުދުއްފުށީ ކެމްޕަހުގެ އެސިސްޓެންޓް ޕްރޮފެސަރ ޑރ.މުހައްމަދު އުމަރާއި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފެވެ. ލައިބްރ...

ކުޅުދުއްފުށީގައި ހޯމް ގާޑެނިން އާއި ދަނޑުވެރިކަމާ ބެހޭ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް
Thiladhunmathi News

ކުޅުދުއްފުށީގައި ހޯމް ގާޑެނިން އާއި ދަނޑުވެރިކަމާ ބެހޭ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް

ހދ. ކުޅުދުއްފުށި ސިޓީގައި ހޯމް ގާޑެނިންގ އާއި ދަނޑުވެރިކަމާ ބެހޭ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނިގޮތުގައި މި ޕްރޮގްރާމަކީ އެ ކައުންސިލާއި އެގްރިކޮންސަލްޓިންގ މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ހޯމް ގާޑެނިންގ އަދި ދަނޑުވެރިކަމާ ބެހޭ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ 3 ދުވަހުގެ މުއްދަތަށެވެ. މި ޕްރޮގްރާމްގައި އެ ސިޓީގެ 45 މީހަކު ބައިވެރިވެފައިވާކަމަށް ވެސް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ...

ކުޅުދުއްފުށީ ފަޅުތެރޭ މަރުވެފައި އޮއްވާ ފެނުނު މީހާ ޕޯސްޓްމޯޓަމް ހެދުމަށް ބޭރަށް ފޮނުވާލަނީ
Thiladhunmathi News

ކުޅުދުއްފުށީ ފަޅުތެރޭ މަރުވެފައި އޮއްވާ ފެނުނު މީހާ ޕޯސްޓްމޯޓަމް ހެދުމަށް ބޭރަށް ފޮނުވާލަނީ

މިދިޔަ ބުދަ ދުވަހު ހެނދުނު ކުޅުދުއްފުށީ ފަޅުތެރެއިން މަރުވެފައި އޮއްވާ ފެނުނު މީހާގެ ޕޯސްޓްމޯޓަމް ހެދުމަށް، އޭނާގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައި ފުލުހުން މިއަދު ބުނެފިއެވެ. ފުލުހުން މިއަދު މީޑިއާއަށް ފޮނިވި މައުލޫމާތުގައި ބުނެފައި ވަނީ ކުޅުދުއްފުށީ ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ ދުވަހު ކުޅުދުއްފުށީ އުތުރު ބަނދަރު ސަރަހައްދުން މަރު...

ކުޅުދުއްފުށީ މަށިކުޅީގައި ވިއުވިން ޕްލެޓްފޯމެއް ތަރައްޤީކުރަން ހަވާލުކޮށްފި
Thiladhunmathi News

ކުޅުދުއްފުށީ މަށިކުޅީގައި ވިއުވިން ޕްލެޓްފޯމެއް ތަރައްޤީކުރަން ހަވާލުކޮށްފި

ހދ.ކުޅުދުއްފުށީ ސިޓީގެ މަށިކުޅީގައި ވިއުވިން ޕްލެޓްފޯމެއް ތަރައްޤީކުރަން ހަވާލުކޮށްފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑާ އެވެ. މި ޕްލެޓްފޯމަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލުން ޒިގްޒެގް ފޯ ޔޫތް ލިންކޭޖްގެ ބައިވެރިވުމާއެކު ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ އީ.އައި.އޭ ރިޕޯޓާއި ސްޓްރަކްޗަރަލް ޑްރޯވިންސެޓް ތައްޔާރުކުރުމާއި ހަޓް އަދި ވޯކްވޭގެ ޑެކިން މެޓީރިއަލްސްގެ ތެރެއިން 90 އިންސައްތަ ފޯރުކޮށްދީފައިވަނީ ޒިގްޒެގް ފޯ ޔޫތް ލިންކ...

ކޭއާރުއެޗަށް ޑެޕިއުޓީ ސީއީއޯއެއް ހަަމަޖައްސައިފި
Thiladhunmathi News

ކޭއާރުއެޗަށް ޑެޕިއުޓީ ސީއީއޯއެއް ހަަމަޖައްސައިފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު)ގެ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އޮފިސަރ ގެ މަގާމަށް އަހްމަދު ފާއިޒް ހަސަން ޢައްޔަނުކޮށްފިއެވެ. ކޭއާރުއެޗުން މިރޭ މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި އަހްމަދު ފާއިޒް ހަސަން އެ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ އަކަށް ޢައްޔަނުކުރިކަން ހާމަކޮށް، އޭނާ އަށް ވަނީ މަރުޙަބާ ކިޔާފައެވެ. އެ މަގާމަށް ހަމަޖެއްސުމުގެ ކުރިން އަހްމަދު ފާއިޒް ހަސަން ހުންނެވީ ކޭއާރުއެޗްގެ އިދާރީ މަގާމެއްގައެވެ. ޑެޕިއުޓީ ސީއީއޯއާއެކު ކޭއާރުއެޗުން ރައްޔިތުންނަށް ފޯރުކޮށްދެމުން އަންނަ ޚިދުމަތްތަކަ...

ކުޅުދުއްފުށީ މޫދުގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ޕޯސްޓްމޯޓަމް ހަދަނީ
Thiladhunmathi News

ކުޅުދުއްފުށީ މޫދުގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ޕޯސްޓްމޯޓަމް ހަދަނީ

ހދ.ކުޅުދުއްފުށި ސިޓީ އުތުރު ބަނދަރު މޫދުގައި މަރުވެފައި އޮއްވާ މިއަދު ފެނުނު މީހާގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފިއެވެ. ފުލުހުން މިރޭ ބުނީ ކުޅުދުއްފުށީ ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްޓަކައި މިރޭ މާލެ ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިއަދު ހެނދުނު ގާތްގަނޑަކަށް 08:25 ހާއިރު އެ ރަށު އުތުރު ފަރާތު ބަނދަރުގެ ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނުނީ އެ ރަށު ޑެއިޒީފެހި، މުހައްމަދު ހަސަން (36) އެވެ. ކުޅުދުއްފުށީ އުތުރު ބަނދަރު މޫދުގައި […]

ކުޅުދުއްފުށްޓަށް ދަތުރުކުރާ ބިދޭސީންގެ ވިސާ ކަށަވަރުކުރުމަށް އޮޑިވެރިންނަށް އަންގައިފި
Thiladhunmathi News

ކުޅުދުއްފުށްޓަށް ދަތުރުކުރާ ބިދޭސީންގެ ވިސާ ކަށަވަރުކުރުމަށް އޮޑިވެރިންނަށް އަންގައިފި

މާލެއިން ކުޅުދުއްފުށި ސިޓީ އަށް ދަތުރުކުރާ ބިދޭސީންނަކީ ވެލިޑް ވޯރކް ވިސާއެއް އޮތް ފަރާތެއްކަން ކަށަވަރު ކުރެއްވުމަށްފަހު ދަތުރުކުރުމުގެ ހުއްދަ ދިނުމަށް އޮޑިވެރިންގެ ކިބައިން އެދެފި އެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލާއި، ކުޅުދުއްފުށި ސިޓީ ޕޮލިސް އަދި މޯލްޑިވްސް އިމިގްރޭޝަންގެ ނޯތު ރީޖަނަލް އޮފީސް ގުޅިގެން، މާލެއާއި ކުޅުދުއްފުށި ސިޓީއާ ދެމެދު ދަތުރުކުރާ ބޯޓުތަކުން ގިނަ އަދަދެއްގެ ބިދޭސީން ކުޅުދުއްފުށްޓަށް އެތެރެވުން ހުއްޓުވުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލެ ދަތުރުކުރާ ބޯޓުފަހަރުގެ...

ކުޅުދުއްފުއްޓަށް ދިޔަ ބޯޓެއް ބަލާފާސްކޮށް ބިދޭސީންތަކަކަށް ނޯޓިސްދީ، ކެޕްޓަނަށް ނަސޭހަތްދީފި
Thiladhunmathi News

ކުޅުދުއްފުއްޓަށް ދިޔަ ބޯޓެއް ބަލާފާސްކޮށް ބިދޭސީންތަކަކަށް ނޯޓިސްދީ، ކެޕްޓަނަށް ނަސޭހަތްދީފި

ހދ. ކުޅުދުއްފުށީ ސިޓީއަށް ދިޔަ ބޯޓެއް ބަލާފާސްކޮށް އެ ބޯޓުން އެރަށަށް ދަތުރުކުރި ބިދޭސީންގެ ތެރެއިން ގަވާއިދާ ހިލާފަށް ތިބި ނުވަ ބިދޭސީއަކަށް ނޯޓިސްދީ، އެ ބޯޓުގެ ކެޕްޓަނަށް ނަސޭހަތްދީފިއެވެ. މޯލްޑިވްސް އިމިގްރޭޝަނުން ބުނީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން މާލެ ދޫކޮށް ރާއްޖޭގެ އެކި ރަށްރަށަށް ދާކަމުގެ ރިޕޯޓު ލިބެމުންދިއުމާ ގުޅިގެން، އިއްޔެ ލިބުނު މަޢުލޫމާތަކާއެކު ކުޅުދުއްފުއްޓަށް ދިއަ ބޯޓެއްގައި ތިބި ބިދޭސީން ވަނީ ބަލައި ފާސްކޮށްފައި ކަމަށެވެ. މި މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ […]