މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ހދ. ކުޅުދުއްފުށި ސިޓީ

1,138 Stories filed
ކުޅުދުއްފުށީގައި ސައިކަލުތަކެއްގައި ރޯކޮށްލި ބަޔަކު 126,000ރ. ގެ ބަދަލެއް ދޭން ޖެހިއްޖެ
Thiladhunmathi News

ކުޅުދުއްފުށީގައި ސައިކަލުތަކެއްގައި ރޯކޮށްލި ބަޔަކު 126,000ރ. ގެ ބަދަލެއް ދޭން ޖެހިއްޖެ

ހދ. ކުޅުދުއްފުށީގައި ސައިކަލުތަކެއްގައި ރޯކޮށްލި ބަޔަކު އެ ސައިކަލުތަކަށް ލިބުނު ގެއްލުމުގެ ބަދަލަށް 126,000ރ. ދައްކަން އެރަށު ކޯޓުން ހުކުމްކޮށްފި އެވެ. ޖޫން, 2021 ގައި ކުޅުދުއްފުށީ ގެއެއްގެ ފެންޑާގައި ބަހައްޓާފައި ހުރި ސައިކަލެއްގައި ރޯކޮށްލުމުން އެ ސައިކަލާއި އެތަނުގައި ހުރި އިތުރު ސައިކަލާއި ބެޓްރި ސައިކަލެއްގައި ރޯވެފައިވެ އެވެ. އެ އަމަލު ހިންގި ދެ މީހުންގެ މައްޗަށް ދައުލަތުން ދައުވާކޮށް, އެ މީހުންގެ މައްޗަށް ކުށް ސާބިތުވެފައިވެ އެވެ. ސައިކަލުތަކުގެ ވެރިފަރާތުން ދައުވާކުރީ ސައިކަލުތަކަށް ލިބ...

އަންހެނުންގެ ކޮމިޓީން ކުޅުދުއްފުށީގެ އެކި ސަރަހައްދުތަކުގައި ޖޯލިފަތި ބަހައްޓައިދީފި
Thiladhunmathi News

އަންހެނުންގެ ކޮމިޓީން ކުޅުދުއްފުށީގެ އެކި ސަރަހައްދުތަކުގައި ޖޯލިފަތި ބަހައްޓައިދީފި

ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްސލިއުޑީސީ) އިން އެ ސިޓީގެ އެކި ސަރަހައްދުތަކުގައި ޖޯލިފަތި ބަހައްޓައިދީފިއެވެ. ޑަބްލިއުޑީސީން ފޭސްބުކުގައި އާންމުކުރި ޕޯސްޓުގައި ބުނެފައިވަނީ، ކުޅުދުއްފުށި ސިޓީގެ އެކި ސަރަހައްދުތަކުގައި ޖޯލިފަތި ބެހެއްޓުމުގެ މަޤުސަދަކީ، ރަށުގެ ރައްޔިތުން އިށީނދެ ހިތްހަމަ ޖައްސާލާ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށާއި، ދޭދޭ ފަރުދުންގެ މެދުގައި ގުޅުންބަދަހި ކުރުމުގެ ބޭނުމުގައި ކަމަށެވެ. އެގޮތުން ޖޯލިފަތިތައް ބެހެއްޓިފައިވާ ސަރަހައްދުތަކުގެ ތެ...

ކޭއާރުއެޗުގެ އެކްސްޓެންޝަން ޢިމާރާތް ޑިޒައިންކޮށް ކުރެހުންތައް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
Thiladhunmathi News

ކޭއާރުއެޗުގެ އެކްސްޓެންޝަން ޢިމާރާތް ޑިޒައިންކޮށް ކުރެހުންތައް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު) ގެ އެކްސްޓެންޝަން ޢިމާރާތް ޑިޒައިންކޮށް ކުރެހުންތަކާއި ބިލް އޮފް ކުއަންޓިޓީ ހަދައިދޭނެ ފަރާތެއް ހޯދުމަށް އެ ހޮސްޕިޓަލުން އިޢުލާނުކޮށްފިއެވެ. ކޭއާރުއެޗުން މިއަދު އާންމު ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 22 ޖޫން 2025 ވާ އާދީއްތަ ދުވަހުން ފެށިގެން 02 ޖުލައި 2025 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން tender@health.gov.mv އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރުމުށެވެ. އަދި މި...

ކުޅުދުއްފުށީ އެއާޕޯޓްގެ ހިދުމަތް ފުޅާކުރުމަށް ކުރަންޖެހޭ މަސައްކަތް މާލަސްތަކެއް ނުވެ ފެށޭނެ: އަމީން
Thiladhunmathi News

ކުޅުދުއްފުށީ އެއާޕޯޓްގެ ހިދުމަތް ފުޅާކުރުމަށް ކުރަންޖެހޭ މަސައްކަތް މާލަސްތަކެއް ނުވެ ފެށޭނެ: އަމީން

ހދ.ކުޅުދުއްފުށީގައި ތަރައްގީ ކޮށްފައިވާ އެއާޕޯޓްގެ ހިދުމަތް އިތުރަށް ފުޅާކުރުމަށް ކުރަންޖެހޭ މަސައްކަތުގެ އަމަލީ މަސައްކަތް މާލަސްތަކެއްނުވެ ފެށިގެންދާނެ ކަމުގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ. ކުޅުދުއްފުށީ އެއާޕޯޓް އިތުރަށް ތަރައްގީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މި އަހަރު ފެބްރުއަރީ ހަވަނަ ދުވަހު ރައްޔިތުންމަޖިލިސް ހުޅުއްވައިދެއްވައި ރައީސް އިއްވެވި ރިޔާސީ ބަޔާނުގައި ވެސް މި އަހަރު ކުޅުދުއްފުށި...

ކުޅުދުއްފުށީގައި ބާއްވާ ޕަންޗް ނީޑްލިންގ ކޯހުގައި ބައިވެރިވުމަށް ފުރުޞަތު
Raajje

ކުޅުދުއްފުށީގައި ބާއްވާ ޕަންޗް ނީޑްލިންގ ކޯހުގައި ބައިވެރިވުމަށް ފުރުޞަތު

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އެޓްމޮސްފިއަރ ފައުންޑޭޝަން އިން ގުޅިގެން ކުޅުދުއްފުށީގައި ހިންގާ ޕަންޗް ނީޑްލިންގ ދަސްކޮށްދިނުމުގެ ތަމްރީނު ކޯހުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ. މި ތަމްރީނު ކޯހުގެ މަޤުސަދަކީ، އާމްދަނީ ހޯދުމަށް މަސައްކަތެއް ނުކުރާ ނުވަތަ ވަޒީފާ އަދާ ނުކުރާ ކުޅުދުއްފުށި ސޓީގެ ރައްޔިތުންނަށް، ހާއްސަ ކޮށް އަންހެނުންނަށް އާމްދަނީ ހޯދުމަށް މަގުތަނަވަސް ކޮށްދިނުމަށެވެ. މީގެ އިތުރުން މި ތަމްރީނު ޕްރޮގްރާމަކީ، އުފައްދާ އުފެއްދުންތައް އިތުރު ކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށާއ...

ޤައުމީ ފެންވަރުގައި ބާއްވާ ސްކޫލްތަކުގެ އެތުލެޓިކްސް މީޓް މާދަމާ ކުޅުދުއްފުށީގައި ފަށަނީ
Thiladhunmathi News

ޤައުމީ ފެންވަރުގައި ބާއްވާ ސްކޫލްތަކުގެ އެތުލެޓިކްސް މީޓް މާދަމާ ކުޅުދުއްފުށީގައި ފަށަނީ

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ގުޅިގެން ޤައުމީ ފެންވަރުގައި ބާއްވާ އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް 2025 މާދަމާ ކުޅުދުއްފުށި ސިޓީގައި ފެށުމަށް ހަމަޖެހިއްޖެއެވެ. މި ޖޫން މަހު 21 އިން 26 އަށް ކުޅުދުއްފުށި ޒޯން ސްޓޭޑިއަމްގައި ބާއްވާ މި 6 ދުވަހުގެ މުބާރާތުގައި އުތުރުގެ ސަރަހައްދުގެ 19 ސްކޫލަކުން 18 އުމުރުފުރާއެއް 108 އިވެންޓުގައި ވާދަކުރާ ގޮތަށް 725 އެތުލީޓުން ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގައި އެންމެ ގިނައިން […]

ކުޅުދުއްފުށީގައި ޢީދު ފާހަގަކުރުމުގެ ގޮތުން ބޭއްވި ޢީދު މުބާރާތުގެ ނަތީޖާ ފާޅުކޮށްފި
Thiladhunmathi News

ކުޅުދުއްފުށީގައި ޢީދު ފާހަގަކުރުމުގެ ގޮތުން ބޭއްވި ޢީދު މުބާރާތުގެ ނަތީޖާ ފާޅުކޮށްފި

ކުޅުދުއްފުށި ސިޓީގައި އަޟްހާ ޢީދު ފާހަގަކުރުމުގެ ގޮތުން ބޭއްވި ޢީދު މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމް ދިނުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ. “ކުރުނބާ ޢީދު މުބާރާތް” ގެ ނަމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިސްނަގައިގެން ބޭއްވި މި މުބާރާތުގައި ކުޅުދުއްފުށީގެ 7 ގެއެއް ސަގާފީ އަދި ޒަމާނީ ޒީނަތްތެރިކުރުމަކުން ޒީންތަތެރިކޮށްފައިވާއިރު މި މުބާރާތުގައި ވަނަ ހޮވުމަށް ޖަޖުން ގެ ޕެނަލަކުން އިންސާފުކޮށްފައިވެއެވެ. މި ރަސްމިއްޔާތުގައި، ޒަމާނީ އަދި ސަގާފީ ގޮތުން 1 ވަނަ އާއި 2 ވަނަ […]

ވައިގަދަވެ ކުޅުދުއްފުށީ ގެއެއްގެ ފާރު ވެއްޓި ސައިކަލަކަށް ގެއްލުން ވެއްޖެ
Raajje

ވައިގަދަވެ ކުޅުދުއްފުށީ ގެއެއްގެ ފާރު ވެއްޓި ސައިކަލަކަށް ގެއްލުން ވެއްޖެ

ވައިގަދަވުމުގެ ސަބަބުން ކުޅުދުއްފުށީ ސިޓީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މައްޗަށް ފާރެއް ވެއްޓި ގެއްލުންވެއްޖެއެވެ. މިރޭ ގާތްގަނޑަކަށް 8 ޖަހާ އެހާކަށް ހާއިރު ހިނގި މިހާދިސާގައި ބޯކޮށް ވާރޭވެހި ގެއްލުން ވެފައިވަނީ ޕޭމަންޓް ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލަކަށެވެ.  މި ހާދިސާގައި ކުޅުދުއްފުށީގައި އަދި އިތުރު އެއް ގެއެއްގެ ވަށާފާރު ވެއްޓިފައިވާކަމަށް މައުލޫމާތު ލިބެއެވެ. އަދި މި ހާދިސާގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަމަށް މިހާތަނަށް ރިޕޯޓު ކޮށްފައެއް ނުވެއެވެ. މިހާރު މުޅި...

ކުޅުދުއްފުށީގެ ތާރީޚާއި ސަގާފަތް ދައްކުވައިދޭ މޮނިއުމަންޓް ފަރުމާކުރަން ހުޅުވާލައިފި، ހޮވޭފަރާތަކަށް -/5000ރ
Thiladhunmathi News

ކުޅުދުއްފުށީގެ ތާރީޚާއި ސަގާފަތް ދައްކުވައިދޭ މޮނިއުމަންޓް ފަރުމާކުރަން ހުޅުވާލައިފި، ހޮވޭފަރާތަކަށް -/5000ރ

ހދ. ކުޅުދުއްފުށި ސިޓީގެ ތާރީޚާއި ސަގާފަތް ދައްކުވައިދޭ ޚާއްސަ މޮނިއުމަންޓެއް ފަރުމާކުރުމުގެ ފުރުސަތު ކުޅުދުއްފުށި ސިޓީ ކައުންސިލުން އާންމުކޮށް ހުޅުވާލައިފައެވެ. މި މަޝްރޫޢުގެ މަޤްޞަދަކީ ރަށުގެ ވަނަވަރާއި ފަޚުރުވެރި މާޒީ ރަމްޒުކޮށްދޭނެ ފާހަގަކޮށްލެވޭ ނިޝާނެއް ޤާއިމްކުރުމެވެ. މި މޮނިއުމަންޓް ބިނާކުރުމަށް ހަމަޖެހިފައިވަނީ ރަށުގެ ބަނދަރުމަތީ ސަރަހައްދުގައެވެ. ފަރުމާ ހުށަހަޅާ ފަރާތްތަކުން، މޮނިއުމަންޓުގެ ފަރުމާ ވާންޖެހޭނީ ކުޅުދުއްފުށި ރަމްޒުކޮށްދޭ، ބަލާލަން ރީތި، އަދި އިސްލާމްދީނާއި އާންމު އިޖްތިމާއީ...

ކުޅުދުއްފުށި ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ހުޅުވާލައިފި
Thiladhunmathi News

ކުޅުދުއްފުށި ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ހުޅުވާލައިފި

ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން އެ ސިޓީގައި ބާއްވާ “ކުޅުދުއްފުށި ޗެމްޕިއަންޝިޕް 2025” ފުޓުބޯޅަ މުބާރާތުގައި ބައިވެެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ. ސިޓީ ކައުންސިލުން އާންމު ކޮށްފައިވާ އިއުލާނުގައިވާ ގޮތުން މި މުބާރާތުގެ މަޤުސަދަކީ، ކުޅުދުއްފުށީ ސިޓީގައި ފުޓުބޯޅަ ކުރިއެރުވުމަށާއި ކުޅުދުއްފުށީގެ ޒުވާނުންނަށާއި ފުޓުބޯޅަ ކުޅުމަށް ލޯބިކުރާ އެންމެހާ ފަރާތްތަކަށް މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުމަށާއި ރަށުގެ ޒުވާނުންގެ ފުޓުބޯޅަ ފެންވަރުގައި ފުޓުބޯޅަ ކުޅޭ ޒުވާނުން ކުށ...

ކުޅުދުއްފުށީގައި ބާއްވާ ބައިނަލްއަގުވާމީ ބީޗް ހޭންޑްބޯލް މުބާރާތް ފެށެން 100 ދުވަސް
Thiladhunmathi News

ކުޅުދުއްފުށީގައި ބާއްވާ ބައިނަލްއަގުވާމީ ބީޗް ހޭންޑްބޯލް މުބާރާތް ފެށެން 100 ދުވަސް

ކުޅުދުއްފުށި ސިޓީގައި ބާއްވާ ރާއްޖޭގެ ފުރަތަމަ ބައިނަލްއަގުވާމީ ބީޗް ހޭންޑްބޯލް މުބާރާތް ކަމަށްވާ ކޮމަންވެލްތު ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް 2025 އަށް ދެން އޮތީ ބާކީ 100 ދުވަހެވެ. އެހެންކަމުން ހޭންޑްބޯލް މޯލްޑިވްސް އިން ވަނީ މިކަން ފާހަގަކޮށް މި މުބާރާތުގެ ކައުންޓްޑައުން ފަށާފައެވެ. މި އަހަރުގެ ސެޕްޓެމްބަރ މަހުގެ 18 އިން 22 އަށް ބާއްވަން ހަމަޖެހިފައިވާ މި މުބާރާތަކީ އޭޝިއަން ފެޑެރޭޝަނާއި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއީސީ) އާއި ކުޅިވަރާއި ބެހޭ ވުޒާރާއިން މަޝްވަރާކުރުމަށްފަހު […]

ކުޅުދުއްފުށި ބެޑްމިންޓަން މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި
Thiladhunmathi News

ކުޅުދުއްފުށި ބެޑްމިންޓަން މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

ކުޅުދުއްފުށި ސިޓީ ބެޑްމިންޓަން މުބާރާތް 2025 ގައި ބައިވެރިވުމަށެ ފުރުސަތު ހުޅުވާލައިފިއެވެ. މި އަންނަ ޖުލައި މަހު 4 ގައި ބާއްވާ މި މުބާރާތަކީ، ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ގުޅިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތުގައި ޖުމްލަ 6 ވަނަ އެއް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި، ސިންގަލްސް/ އަންހެން އަދި ފިރިހެން 1 ވަނަ އަށާއި ޑަބަލްސް އަންހެން އަދި ފިރިހެން 1 ވަނައިގެ […]

ކުޅުދުއްފުށީ ކުޅި އާއި ޗަސްބިންތައް ހިމާޔަތް ކޮށްފި
Thiladhunmathi News

ކުޅުދުއްފުށީ ކުޅި އާއި ޗަސްބިންތައް ހިމާޔަތް ކޮށްފި

ކުޅުދުއްފުށީ ސިޓީގެ ކުޅިތަކާއި ޗަސްބިންތައް ސިޓީ ކައުންސިލުން ހިމާޔަތްކޮށްފިއެވެ. ކައުންސިލުން ނިންމާފައިވާ ގޮތުގައި، މަށިކުޅި، ބޮޑަވަކިފާ، މާފަލު ފެންގަނޑުގެ އިތުރުން އެއަރޕޯޓްގެ އުތުރުން އޮންނަ ކުޅި ހިމެނޭ ގޮތަށް 4 ސަރަހައްދެއް ވަނީ ކައުންސިލް ލެވެލްގައި ހިމާޔަތްކުރެވިފައެވެ. މި ނިންމުމަކީ ތިމާވެށީގެ ދުވަހާ ގުޅުވައިގެން ހިންގޭ ހަރަކާތްތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. އެގޮތުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން މައުލޫމާތުދީ ވިދާޅުވެފައިވަނީ، މި ސަރަހައްދުތައް ހިމާޔަތްކުރެވިފައިވަނީ “ފިނިފެހިސިޓީ” އ...

ކުޅުދުއްފުށީގައި ހުރި ދުވަސްވީ 8 ގަހެއް ހިމާޔަތް ކޮށްފި
Raajje

ކުޅުދުއްފުށީގައި ހުރި ދުވަސްވީ 8 ގަހެއް ހިމާޔަތް ކޮށްފި

ކުޅުދުއްފުށީ ސިޓީގައި ހުރި ދުވަސްވީ އަދި ފާހަގަކުރެވޭ 8 ގަހެއް ސިޓީ ކައުންސިލުން ޙިމާޔަތްކޮށްފިއެވެ. މި ނިންމުން ނިންމާފައިވަނީ ކުޅުދުއްފުށި ސިޓީ ކައުންސިލުގައި މިދިޔަ ނުދަ ދުވަހު ބޭއްވި ހަތަރުވަނަ ދައުރުގެ 206 ވަނަ އާންމު ބައްދަލުވުމުގައެވެ.އަދި މި ނިންމުމުގެ ދަށުން ރަށުގެ އިރުމަތީ ފަރާތުން 5 ނިކަ ގަހާއި 3 ކަނދުގަސް ޙިމާޔަތްކުރުމަށް ވަނީ ފާސްކޮށްފައެވެ. އެގޮތުން މި މަސައްކަތަކީ، “ފިނިފެހިސިޓީ” އިނީޝިއޭޓިވްގެ ދަށުން، މި އަހަރުގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން ހިންގުނު ޙަރަކާތެކެވެ. ކުޅުދުއްފުށީ...

ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
Thiladhunmathi News

ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޤުރުއާން މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. “ކުޅުދުއްފުށީ ޤުރުއާން މުބާރާތް” ގެ ނަމުގައި ކުރިއަށް ގެންދާ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ޖުލައި މަހުގެ 19 އިން 21 އަށް ކުޅުދުއްފުށީގައެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވުމަށްފަހު 22 ޖޫން 2025 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން އެ ދަރިވަރަކު […]