ކުޅުދުއްފުށި ސިޓީ ބެޑްމިންޓަން މުބާރާތް 2025 ގައި ބައިވެރިވުމަށެ ފުރުސަތު ހުޅުވާލައިފިއެވެ.

މި އަންނަ ޖުލައި މަހު 4 ގައި ބާއްވާ މި މުބާރާތަކީ، ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ގުޅިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.

Ad
d

މި މުބާރާތުގައި ޖުމްލަ 6 ވަނަ އެއް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި، ސިންގަލްސް/ އަންހެން އަދި ފިރިހެން 1 ވަނަ އަށާއި ޑަބަލްސް އަންހެން އަދި ފިރިހެން 1 ވަނައިގެ އިތުރުން މިކްސް ޑަބަލްސް 1 ވަނަ އަށް ވަނީ ޓްރޮފީ އަދި މެޑަލް ދިނުމަށް ހަމަޖެހިފައެވެ.

އަދި ސިންގަލްސް އަންހެން އަދި ފިރިހެން 2 ވަނަ އަށާއި، ޑަބަލްސް އަންހެން އަދި ފިރިހެން 2 ވަނަ ކެޓަގަރީގެ އިތުރުން މިކްސް ޑަބަލްސް 2 ވަނަ އަށް ދިނުމަށް ހަމަޖެހިފަވަނީ މެޑަލް އެކަންޏެވެ.

މި މުބާރާތާ ގުޅޭގޮތުން ކުޅުދުއްފުށި ސިޓީ ކައުންސިލުން އާންމު ކުރި އިއުލާނުގައި ބުނެފައިވަނީ މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 15 ޖޫން 2025 ވާ އާދީއްތަ ދުވަހުގެ މެންދުރު 2 ގެ ކުރިން ގޫގުލް ލިންކް މެދުވެރިކޮށް ހިއްސާކޮށްފައިވާ ފޯމް ފުރުމަށެވެ.

މީގެ އިތުރުން މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަަރާތްތަކުން ބައިވެރިވުމުގެ ކުރިން ކައުންސިލުން އާންމު ކޮށްފައިވާ އިއުލާނުގައިވާ ޤަވާއިދު ކިޔުމަށް އިލްތިމާސްކޮށްފައިވެއެވެ.

Ad
df

ކުޅުދުއްފުއްޓަކީ ބެޑްމިންޓަންގައި ވެސް ރާއްޖޭގެ ނިސްބަތުން ވަރަށް ފާހަގަކޮށްލެވޭ ރަށެކެވެ.