މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ނަމާދު ވަގުތު “މެންދުރު ނަމާދުގެ ވަގުތު ވަދެއްޖެ” - ނަމާދުކުރުމަށް ހަނދުމަކޮށްދެން!
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ހދ. ކުޅުދުއްފުށި ސިޓީ

1,138 Stories filed
ނައިބު ވަޒީރު ޖިހާދޭގެ ތުހުމަތު ކުޅުދުއްފުށީ ސިޓީ ކައުންސިލަށް
Thiladhunmathi News

ނައިބު ވަޒީރު ޖިހާދޭގެ ތުހުމަތު ކުޅުދުއްފުށީ ސިޓީ ކައުންސިލަށް

“ވޭރިއޭޝަން”ގެ ނަމުގައި ކުންފުނިތަކަށް ނާޖާއިޒު ފައިދާ ހޯދައިދޭ ކަމަށް ތުހުމަތުކުރައްވައި، ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމައި، އާންމު މަސައްކަތްތަކައި ބެހޭ ވުޒާރާގެ ނައިބު ވަޒީރު މުހައްމަދު އަހުމަދު (ޖިހާދޭ)، ކުރައްވައިފިއެވެ. މި ތުހުމަތުތައް ޖިހާދޭ ކުރައްވާފައިވަނީ އޭނާގެ މީސްމީޑިއާ އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި ޖިހާދޭ ވިދާޅުވީ، ހުރިހާ ވައްކަމަކީ ސިއްރުގައި ކުރާ ކަމެއް ނޫން ކަމަށާއި، ބައެއް ވައްކަންތައް ވ...

ކުޅުދުއްފުށީ ބޯޒިޔާރަތް ބީޗް ތަރައްޤީކުރުމުގެ %90 މަސައްކަތް ނިންމާލައިފި
Thiladhunmathi News

ކުޅުދުއްފުށީ ބޯޒިޔާރަތް ބީޗް ތަރައްޤީކުރުމުގެ %90 މަސައްކަތް ނިންމާލައިފި

ކުޅުދުއްފުށި ސިޓީ ބޯޒިޔާރާތް ބީޗް ތަރައްޤީކުރުމުގެ %90 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ. ސިޓީ ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދާ މި މަޝްރޫޢު އަކީ، އަމިއްލަ ކުންފުންޏެއް ކަމަށްވާ ޕްލަސް ބީ ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. މި މަސައްކަތުގެ ތެރެއިން ބޯޒިޔާރާތް ބީޗް ސަރަހައްދުގައި، އެންޓްރެންސް ވީލްޗެއަރ އެކްސެސްއާއިއެކު ތަރައްޤީކޮށް، ބައުންޑަރީ ވަކިކޮށް، ފާހަނަބަރި، ބީޗް ހަޓް، ބާބަކިއު އޭރިއާ، ޝަވަރާއި، ވޯކްވޭއެއްގެ އިތުރުން ސަރަހައްދުގެ ލޭންޑްސްކ...

އިންޑިއާގެ ޓުޓިކޮރިން އިން ކުޅުދުއްފުއްޓަށް މުދާ އުފުލުމުގެ ސީދާ ދަތުރުތައް ފަށައިފި
Thiladhunmathi News

އިންޑިއާގެ ޓުޓިކޮރިން އިން ކުޅުދުއްފުއްޓަށް މުދާ އުފުލުމުގެ ސީދާ ދަތުރުތައް ފަށައިފި

އިންޑިއާގެ ޓުޓިކޮރިން އިން ކުޅުދުއްފުށީ ސިޓީ އަށް މުދާ އުފުލުމުގެ ދަތުރުތައް ފަށައި، ފުރަތަމ މުދާ އުފުލާ ބޯޓު މިއަދު ކުޅުދުއްފުށި ސިޓީގައި ބަނދަރުކޮށްފިއެވެ. އެމްޕީއެލުން ބުނިގޮތުގައި މިއީ ކުޅުދުއްފުއްޓާއި ޓުޓިކޮރިންނާ ދެމެދު މަހަކު އެއްފަހަރު ދަތުރުކުރުމަށް ހަމަޖައްސާފައިވާ ސީދާ މުދާ އުފުލުމުގެ ޚިދުމަތް ފެށުންކަމަށެވެ. ”އިންޑިއާގެ ޓުޓިކޮރިން އިން ފުރައިގެން އައި ވީ.ބީ. ޕްރޮގްރެސް ނަމަކަށް ކިޔާ އާންމު މުދާ އުފުލާ ބޯޓު، 127 ޓަނުގެ މުދާއާއެކު ކުޅުދުއްފުށީ ބަނދަރަށް ލަފައިފި، މި މުދާގެ ތެރޭގައި […]

ކުޅުދުއްފުއްޓާއި ނޮޅިވަރަމު އިޤްތިސާދީ-އިޖްތިމާއީ ގޮތުން އިތުރަށް ގުޅުވުމަށް މަޝްވަރާކޮށްފި
Thiladhunmathi News

ކުޅުދުއްފުއްޓާއި ނޮޅިވަރަމު އިޤްތިސާދީ-އިޖްތިމާއީ ގޮތުން އިތުރަށް ގުޅުވުމަށް މަޝްވަރާކޮށްފި

ހދ. ކުޅުދުއްފުށީ ސިޓީ އާއި އެ އަތޮޅު ނޮޅިވަރަމު އިޤްތިސާދީގޮތުންނާއި އިޖްތިމާއީގޮތުން އިތުރަށް ގުޅުވުމަށް ކުރެވިދާނެ ކަންކަމާ މެދު މިއަދު މަޝްވަރާކޮށްފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިއަދު ބުނީ ނޮޅިވަރަމު ކައުންސިލްގެ ރައީސް ޔޫސުފް މޫސާ އާއި، ނައިބު ރައީސް މުޙައްމަދު ހުސައިން، ކައުންސިލަރުން އަދި ކައުންސިލް އިދާރާގެ މުވައްޒަފުން ކުޅުދުއްފުއްޓަށް ކުރެއްވި ރަސްމީ ދަތުރުގައި، ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ބައްދަލުކޮށްފައިވާ ކަމަށެވެ. މި ބައްދަލުވުމުގައި އިދާރީ ހިންގުން ހަރުދަނާކޮށް، ރައްޔިތ...

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މިއަހަރުގެ 3 ވަނަ "ރައްޔިތުންގެ ބައްދަލުވުމަށް" ގޮވާލައިފި
Thiladhunmathi News

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މިއަހަރުގެ 3 ވަނަ "ރައްޔިތުންގެ ބައްދަލުވުމަށް" ގޮވާލައިފި

ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ އިން މިއަހަރު ބާއްވާ ތިންވަނަ ރައްޔިތުންގެ ބައްދަލުވުމަށް ރައްޔިތުންނަށް ދައުވަތު އަރުވައިފިއެވެ. ލާމަރުކަޒީ ޤާނޫނުގެ 107 ވަނަ މާއްދާގެ ދަށުން ކޮންމެ ހަތަރު މަހުން އެއް މަހު ބާއްވަން ލާޒިމުކުރާ މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 2025 ނޮވެންބަރު 25 ވާ އަންގާރަ ދުވަހުގެ ރޭ 20:15 ގައެވެ. މި ބައްދަލުވުން ކުރިއަށް ގެންދާނީ ލަގޮނޑި މާލިމީ މާލަން (އެން.އޯ.ސީ ދެވަނަ ފަންގިފިލާ) ގައެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ […]

ކުޅުދުއްފުށީ ޑަބްލިޔުޑީސީން ބާއްވާ ''ޑަބްލިޔުޑީސީ އެކްސްޕޯ''ގައި ބައިވެރިވުމުގެ ފުރުސަތު
Thiladhunmathi News

ކުޅުދުއްފުށީ ޑަބްލިޔުޑީސީން ބާއްވާ ''ޑަބްލިޔުޑީސީ އެކްސްޕޯ''ގައި ބައިވެރިވުމުގެ ފުރުސަތު

ހދ. ކުޅުދުއްފުށީ ސިޓީގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާބ ކޮމެޓީ (ޑަބްލިޔުޑީސީ) އިން ބާއްވާ ”ޑަބްލިޔުޑީސީ އެކްސްޕޯ 2025”ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެކަން ހާމަކޮށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކޮށްފައިވާ ޢިއުލާނުގައި ބުނެފައިވާގޮތުން މި މަޢުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ 6 ޑިސެމްބަރު 2025 ވާ ހޮނިހިރު ދުވަހު ހެނދުނު 8:30 އިން ރޭގަނޑު 22:00 އަށެވެ. ނަމަވެސް ތާރީޚަށް ބަދަލުއައުމަކީ އެކަށީގެންވާ ކަމެއްކަމުގައި ސިޓީ ކައުންސިލުން ބުންޏެވެ. ކުޅުދުއްފުށީގެ ބީޗު ހޭންޑް ބޯލ...

ކުޅުދުއްފުށި ސިޓީ ޕޮލިސްގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފި
Thiladhunmathi News

ކުޅުދުއްފުށި ސިޓީ ޕޮލިސްގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފި

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ކުޅުދުއްފުށި ސިޓީ ޕޮލިސްގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ޤާނޫނީ އިޖުރާއަތްތަކުގެ ދަށުން ނައްތާލައިފި އެވެ. ނައްތާލި ތަކެތީގެ ތަފްޞީލަށް ބަލާއިރު، ޖުމްލަ 53 ފުޅި ބަނގުރަލާއި 2 ދަޅު ބަނގުރާ ހިމެނެއެވެ. މި ހުރިހާ ތަކެއްޗެއް ނައްތާލާފައިވަނީ ކުޅުދުއްފުށި ސިޓީ ޕޮލިސްގެ ބެލުމުގެ ދަށުގައި ހުރި ތަކެތީގެ ގޮތުގައެވެ. މި ކަން ކުރިއަށް ގެންގޮސްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިން، ތަކެތި ނައްތާލުމުގެ ކަންކަން ބެލެހެއްޓުމަށް އެކުލަ...

ކުޅުދުއްފުށީގެ ރައްޔިތުންގެ ފަރާތުން ޓީމަށް ދޭ ހިތްވަރަށް މޭޔަރުގެ ޝުކުރު
Thiladhunmathi News

ކުޅުދުއްފުށީގެ ރައްޔިތުންގެ ފަރާތުން ޓީމަށް ދޭ ހިތްވަރަށް މޭޔަރުގެ ޝުކުރު

އަތޮޅުތެރޭގެ ޓީމުތައް ދިވެހި ޕްރިމިއާ ލީގުން ޖާގަ ދިނުމުގެ ފުރަތަމަ މަރުހަލާގައި ކުޅޭ ބީއޭއެމްއެލް އެޓޯލް ޗެމްޕިއަންޝިޕްގެ ހދ. އަތޮޅުގެ ޗެމްޕިއަންކަން ކުޅުދުއްފުށި ސިޓީގެ ޓީމުން ހޯދާފައިވާއިރު، އެ ސިޓީގެ ރައްޔިތުންގެ ފަރާތުން އަބަދުވެސް ޓީމަށް ދޭ ހިތްވަރާ ސަޕޯޓަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ޝުކުރު އަދާކުރަށްވައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު އިއްޔެ ކުޅުނުއިރު، ކުޅުދުއްފުށި ޗެމްޕިއަންކަން ހޯދީ ހަނިމާދޫ ޓީމާ ދެކޮޅަށް 3-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މި ކާމިޔާބީއާ ގުޅިގެން...

އެޓޯލް ޗެމްޕިއަންޝިޕް: ކުޅުދުއްފުށި ޗެމްޕިއަންކަން ހޯދައިފި
Thiladhunmathi News

އެޓޯލް ޗެމްޕިއަންޝިޕް: ކުޅުދުއްފުށި ޗެމްޕިއަންކަން ހޯދައިފި

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އެޓޯލް ޗެމްޕިއަންޝިޕް 2025/26 އުތުރު ރީޖަންގެ ހދ.އަތޮޅު ޗެމްޕިއަންކަން ޓީމު ކުޅުދުއްފުށި ހޯދައިފިއެވެ. ވާދަވެރި ކުޅުމަކަށް ފަހު، ކުޅުދުއްފުށި ޓީމުން މިއަދުގެ މެޗު ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދާފައި ވަނީ ހަނިމާދޫ ޓީމާއި ވާދަކޮށް 3-1 ގެ ތަފާތަކުން މޮޅުވެގެންނެވެ. މިގޮތުން މި މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ 22:30 ވަނަ މިނެޓުގައި ކުޅުދުއްފުށި ޓީމުގެ މުޙައްމަދު މުންސިފް އެވެ. އަދި ދެންވެސް މެޗުގެ 58:32 ވަނަ މިނެޓުގައި ލަނޑެއް […...

އެޓޯލް ޗެމްޕިއަންޝިޕް: ހދ.ގެ ފައިނަލް މާދަމާ، ހއ.ގެ ފުރަތަމަ މެޗުން ދިއްދޫ މޮޅުވެއްޖެ
Thiladhunmathi News

އެޓޯލް ޗެމްޕިއަންޝިޕް: ހދ.ގެ ފައިނަލް މާދަމާ، ހއ.ގެ ފުރަތަމަ މެޗުން ދިއްދޫ މޮޅުވެއްޖެ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަލަށް ފަށައިގެން ކުރިއަށްގެންދާ އެޓޯލް ޗެމްޕިއަންޝިޕް 2025/26 ގެ އުތުރު ރީޖަން ގެ ފައިނަލް މެޗުގައި ކުޅުދުއްފުށި ޓީމާއި ހަނިމާދޫ ޓީމު މާދަމާ ކުޅޭނެއެވެ. މާދަމާ ހަވީރު ކުޅުދުއްފުށި ސިޓީ ޒޯން ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފައިނަލުން ކުޅުދުއްފުށި ޓީމާއި ހަނިމާދޫ ޓީމުން ޖާގަ ކަށަވަރުކޮށްފައިވަނީ  އެންމެ ގިނަ ޕޮއިންޓު ހޯދައިގެންނެވެ. މިގޮތުން މި ދެ ޓީމުންވެސް ވަނީ ކުޅުނު 3 މެޗުގެ ތެރެއިން 1 […]

ކުޅުދުއްފުށީ ސިޓީގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް ރޯޒޭ
Thiladhunmathi News

ކުޅުދުއްފުށީ ސިޓީގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް ރޯޒޭ

ކުޅުދުއްފުށި ސިޓީގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް އެ ސިޓީގެ ހުޅަނގު އުތުރު ދާއިރާގެ ކައުންސިލް މެންބަރ އަޙްމަދު ޢަބްދުالله (ރޯޒޭ) އިންތިހާބުކޮށްފިއެވެ. އެ މަގާމަށް ރޯޒޭ އިންތިހާބުކޮށްފައިވަނީ އެ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރ އަލީ އަޙުމަދު މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން، މިއަދު ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 230 ވަނަ އާންމު ބައްދަލުވުމުގައެވެ. މިގޮތުން ކައުންސިލަރުންގެ މެދުގައި އައު ޑެޕިއުޓީ މޭޔަރ އެއް އައްޔަނުކުރުމަށް ހުޅުވާލި ފުރުސަތުގައި އެ މަގާމަށް ކުރިމަތިލައިފައިވަނީ ރޯޒޭ އެކަން...

ކުޅުދުއްފުށި މޮޅެއް ހޯދިއިރު، ހަނިމާދޫ އަށް ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުވެއްޖެ
Thiladhunmathi News

ކުޅުދުއްފުށި މޮޅެއް ހޯދިއިރު، ހަނިމާދޫ އަށް ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުވެއްޖެ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަލަށް ފަށައިގެން ކުރިއަށްގެންދާ އެޓޯލް ޗެމްޕިއަންޝިޕް 2025/2026 ގައި އުތުރު ރީޖަންގެ ޒޯންގެ ހދ.އަތޮޅުގެ މިއަދުގެ މެޗުގައި ކުޅުދުއްފުށި އަތުން ބަލިވިނަމަވެސް ހަނިމާދޫ އަށް ފައިނަލުގެ ޖާގައެއް ކަށަވަރުވެއްޖެއެވެ. މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުރިއަށް ގެންދިޔަ މެޗުގައި ޓީމް ކުޅުދުއްފުއްޓާއި ޓީމު ހަނިމާދޫ ބައްދަލުކޮށްފައިވާއިރު، މެޗު ނިމުނީ 3-2 ގެ ނަތީޖާ އަކުން ޓީމު ކުޅުދުއްފުށި ލީޑުގައި އޮވެއެވެ. އެހެންނަމަވެސް، މި މުބާރާތުގ...

މެޑިކަލް އޮކްސިޖަން ލިބުމުގައި ހުރި ދަތިތަކަށް ލުއި ހޯދައިދިނުމުގެ މަސައްކަތް ވަނީ ފެށިފައި: ފަރުހަތު
Thiladhunmathi News

މެޑިކަލް އޮކްސިޖަން ލިބުމުގައި ހުރި ދަތިތަކަށް ލުއި ހޯދައިދިނުމުގެ މަސައްކަތް ވަނީ ފެށިފައި: ފަރުހަތު

އުތުރުގެ ރަށްރަށުގެ ރައްޔިތުންނަށް ޞިއްޙީ ޚިދުމަތް ދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން އަދި ރާއްޖޭގެ އުތުރުން ޞިއްޙީ ޚިދުމަތް ހޯދާ މިންވަރު އިތުރުވެފައިވުމާ ގުޅިގެން މެޑިކަލް އޮކްސިޖަން ލިބުމުގައި ހުރި ދަތިތަކަށް ލުޔެއް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު ފަރުހަތު މުޙައްމަދު (ފަރޭ) ވިދާޅުވެއްޖެއެވެ. މެންބަރު ފަރުހަތު މިކަން ހާމަކުރައްވާފައިވަނީ އެކަމާއި ގުޅިގެން ފޭސްބުކްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. މ...

ކުޅުދުއްފުށީގައި އަޅާ ވަޤުފު އިމާރާތުގެ މަސައްކަތް ހަވާލުކޮށްފި
Thiladhunmathi News

ކުޅުދުއްފުށީގައި އަޅާ ވަޤުފު އިމާރާތުގެ މަސައްކަތް ހަވާލުކޮށްފި

ކުޅުދުއްފުށި ސިޓީގައި ވަޤުފް އިމާރާތެއް ބިނާކުރުމުގެ މަޝްރޫޢުގެ މަސައްކަތް ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑް އާއި މިއަދު ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ރައްޔިތުންނާ ގުޅުންހުރި ތަރައްޤީގެ ބައެއް މަޝްރޫއުތައް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށް ގެންދިއުމަށް ޕްރައިވެޓް ކޮންޓްރެކްޓަރުންނާއެކު ސޮއިކުރުމަށް މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގެ ތެރެއިންނެވެ. މިގޮތުން މި ރަސްމިއްޔާތުގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އިސްލާމީކަންތައްތަކާ ބެހ...

ކުޅުދުއްފުއްޓާއި އުތީމުގައި އިސްލާމީ މަރުކަޒު އަޅަން ހަވާލުކޮށްފި
Thiladhunmathi News

ކުޅުދުއްފުއްޓާއި އުތީމުގައި އިސްލާމީ މަރުކަޒު އަޅަން ހަވާލުކޮށްފި

ކުޅުދުއްފުށި ސިޓީ އާއި ނ. ހޮޅުދޫ އަދި ހއ. އުތީމުގައި އިސްލާމީ މަރުކަޒު ބިނާ ކުރުމަށް އަމިއްލަ ދެ ކުންފުންޏަކާއި ހަވާލުކޮށްފިއެވެ. މިގޮތުން ކުޅުދުއްފުށި އިސްލާމީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑާއެވެ. އަދި ނ. ހޮޅުދޫއާއި ހއ. އުތީމު އިސްލާމީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ގޮތުން ރައްޔިތުންނާ ގުޅުންހުރި ތަރައްޤީގެ ބައެއް މަޝްރޫއުތައް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން...