ހަނިމާދޫގައި 500 މީހުންގެ ޖާގައި މިސްކިތެއްގެ ބިންގާ އަޅައިފި
ހދ.ހަނިމާދޫގައި އަލަށް އިމާރާތްކުރާ 500 މީހުންގެ ޖާގައިގެ މިސްކިތުގެ ބިންގާ އަޅައިފިއެވެ. މިކަމަށްޓަކައި ހަނިމާދޫގައި ހުކުރު ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިސްކިތުގެ ބިންގާ އަޅުއްވައި ދެއްވައި ރަސްމީކޮށް މި މަސައްކަތް ފައްޓަވައި ދެއްވާފައި ވަނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ޢަލީއާއި ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއްސައްތާރު ހަސަންއެވެ. މި މަސައްކަތަށް 11.9 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމުގައި އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވާއިރު، މިސްކިތް އިމާރާތްކުރުމު...