ހދ. ހަނިމާދޫ އާއި ށ. މިލަންދޫ ހިމެނޭހެން، 7 ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލު އަޅަން ބީލަމަށް ހުޅުވާލައިފި އެވެ.

މިނިސްޓްރީ އޮފް ފިނޭންސް އިން މިރޭ ކުރީ އިޢުލާނެއްގައި ބުނެފައިވަނީ، ކުވެއިތް ފަންޑް ފޯރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭ.އެފް.އޭ.އީ.ޑީ)ގެ އެހީގެ ދަށުން ސްޓްރެންތެނިންގ އޮފް ހެލްތް ސެކްޓަރ ޕްރޮޖެކްޓު ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

Ad
rt

އަތޮޅުތެރޭގެ 12 ރަށެއްގެ ސިއްހީ މަރުކަޒުތައް ހޮސްޕިޓަލްތަކަކަށް ބަދަލުކުރަން ސަރުކާރުން ނިންމާ އިޢުލާން ކޮށްފައިވަނީ މިދިޔަ އަހަރުގެ މާރޗް މަހުގެ ތެރޭގަ އެވެ.

މި ޕްރޮޖެކްޓުގެ ދަށުން، 30 އެނދުގެ ހޮސްޕިޓަލެއް ޤާއިމުކުރުމުގެ ޕްރޮޖެކްޓް ބިޑް ސެކިއުރިޓީ އަށް USD 35,000.00 ޔޫ.އެސް ޑޮލަރ (ނުވަތަ އެއާ އެއްވަރުގެ އަދަދެއް ދިވެހި ރުފިޔާ އިން) ބަހައްތަން ޖެހެއެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ 539,700 އެވެ.

މިދެރަށުގެ އިތުރުން މިލިސްޓުގައި ހިމެނޭ އިތުރު ރަށްތަކަކީ ނ.ވެލިދޫ، ކ.ތުލުސްދޫ، އދ.މާމިގިލި، ވ.ފެލިދޫ އަދި ތ.ވިލުފުއްޓެވެ.

ފިނޭންސްއިން ބުނީ، މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުޞޫލުގެ މަތިންކަމަށެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެކަމަށް އެމިނިސްޓްރީން ބުނެފައިވެއެވެ.

މި ބީލަމުގައި ބައިވެރިވުމަށް  -/1500 ރުފިޔާ (ފަސް ސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 5 އެޕްރީލް 2022 އިން 6 ޖޫން 2022 އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:30 އިން 14:00 (ރަމަޟާން މަހު: 09:30 އިން 13:00) އަށް އެމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ  (https://bandeyripay.finance.gov.mv) މެދުވެރި ކޮށެވެ.
މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން 6 އެޕްރީލް 2022ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބިލަމާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބިޑަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެއްކަމަށް އެއިޢުލާނުގައި ބުނެފައިވެއެވެ.

ބިޑު ހުޅުވުން އޮންނާނީ 9 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 13:00ގައި އެމިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.

12 ރަށެއްގެ ސިއްހީ މަރުކަޒުތައް ހޮސްޕިޓަލްތަކަކަށް ބަދަލުކުރަން ސަރުކާރުން ނިންމެވިއިރު، މި ހާރުވެސް ރާއްޖޭގެ5 ސަރަހައްދެއްގައި ޓާޝިއަރީ ހޮސްޕިޓަލްތައް އިމާރާތްކުރުމަށް ވަނީ ބިޑަށް ހުޅުވާލައި މުއްދަތުވެސް ހަމަވެފައެވެ. އަދި އެކި ރަށްތަކުގައި ހޮސްޕިޓަލް އެޅުމުގެ މަޝްރޫޢޫތައް މިހާރުވެސް އިއުލާން ކުރެވިފައިވާއިރު، އަތޮޅުތެރޭގެ ގިނަ ސިއްހީ ހިދުމަތްދޭ ތަންތަން އަޕްގްރޭޑްކޮށް ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ކުރިއަށް އެބަ ދެއެވެ.