ހަނިމާދޫން ދޫކުރާ ޓޫރިޒަމް ބިންތަކަށް އާދަޔާ ޚިލާފް ބޮޑު ތަރުހީބެއް
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގެ ޓޫރިޒަމް ޒޯނުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުން، ޓޫރިޒަމް ވިޔަފާރިއަށް ދޫކުރާ ބިންތަކުގެ ތެރެއިން 10000 (ދިހަހާސް) އަކަފޫޓުގެ ހަތަރު ބިމަށް އާދަޔާ ޚިލާފް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ. މި ބިންތަކަށް ބިޑު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އިއްޔެ ހެނދުނު ހަނިމާދޫ ކައުންސިލުގެ މީޓިން ހޯލުގައި ބާއްވަން ތާވަލު ކޮށްފައި އޮތް ނަމަވެސް، މަޢުލޫމާތު ސާފުކުރަން ހާޟިރުވި ފަރާތްތައް އިތުރުވެ އެތަނުގައި އެ ބައްދަލުވުން ބޭއްވޭވަރު ނުވުމާއ...