މިއަދަކީ ވެސް ހޫނުގަދަ ދުވަހެއް ކަމުގައިވާތީ، ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބުނެފިއެވެ.

އެ އިދާރާ އިން ހާމަކޮށްފައިވާ ޑާޓާއިން ދައްކާގޮތުގައި ހަނިމާދޫގެ ހޫނުމިން 33.4 ގައި ހުރިއިރު، އިހްސާސް ކުރެވޭ ހޫނުމިން ހުންނާނީ 43.9 ގައެވެ. އަދި ހުޅުލޭގައި ހޫނުމިން 32.5 ގައި ހުންނައިރު، އިހްސާސް ކުރެވޭ ހޫނުމިން 43.1 ގައި ކަމަށާއި ކައްދޫގައި ހޫނުމިން ހުންނާނީ 32.5 ގައި ކަމަށް ދައްކާއިރު، އިހްސާސް ކުރެވޭ ހޫނުމިން 42.3 ކަމަށް ވަނީ ބުނެފައެވެ.

Ad
rt

މީގެ އިތުރުން ކާޑެއްދޫގައި ހޫނުމިން 31.8 ގައި ހުރިނަމަވެސް އިހްސާސް ކުރެވޭ ހޫނުމިން 40.5 ކަމަށާއި ގަމުގައި ހޫނުމިން 31.2 ހުރިނަމަވެސް އިހްސާސް ކުރެވޭ ހޫނުމިނަކީ 39.8 ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

މި ޑާޓާ ތަކަށް ބަލާއިރު އިއްޔެ ވެސް އަދި މިއަދު ވެސް އެންމެ ހޫނު ގަދަ އެއް ސަރަހައްދަކީ ހަނިމާދޫ ކަމަށްވާއިރު، އިއްޔެ 11 ޖެހި އިރު ހަނިމާދޫ ހޫނުމިން ހުރީ 32 ޑިގްރީ ސެލްސިއަސްގައެވެ. އަދި އިހްސާސް ކުރެވޭ ހޫނުމިން ހުރީ 40.4 ޑިގްރީ ސެލްސިއަސްގައެވެ.

ނަމަވެސް މިއަދު 11 ޖެހި އިރު ހަނިމާދޫ ހޫނުމިން ހުރީ 33.4 ޑިގްރީ ސެލްސިއަސްގައެވެ. އަދި އިހްސާސް ކުރެވޭ ހޫނުމިން ހުރީ 43.9 ޑިގްރީ ސެލްސިއަސްގައެވެ.

މިހާތަނަށް ރާއްޖޭގައި ހޫނުމިން އެންމެ މައްޗަށް ގޮސްފައިވަނީ 19 މެއި 1991 ގައެވެ. އެދުވަހު ލ. ކައްދޫގެ ފިނި ހޫނުމިން 36 ޑިގްރީ ސެލްސިއަސް އަށް އެރިއެވެ.