މޫސުން ގޯސްވެ، ވިލިމާލެ ފެރީ ދަތުރުތައް މެދުކަނޑާލައިފި
މާލެއާއި ވިލިމާލެއާ ދެމެދު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބާއްވާ ފެރީ ދަތުރުތައް މެދުކަނޑާލައިފި އެވެ. އެމްޓީސީސީން ބުނީ މާލެއާއި ވިލިމާލެއާ ދެމެދު ބާއްވާ ފެރީ ދަތުރުތައް މެދުކަނޑާލީ، މޫސުން ގޯސްވުމުގެ ސަބަބުންކަމަށެވެ. އަދި މިކަމުގެ ސަބަބަން ދިމާވެދާނެ ދަތިތަކަށްޓަކައި މައާފަށް އެދޭކަމަށްވެސް އެމްޓީސީސީން ބުނެފައިވެއެވެ. މިރެއާއި މާދަމާވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވައިގަދަވެ، މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފައި ވެއެވެ. މޫސުމާބެހޭ...