މާލެއާއި ވިލިމާލެއާ ދެމެދު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބާއްވާ ފެރީ ދަތުރުތައް މެދުކަނޑާލައިފި އެވެ.
އެމްޓީސީސީން ބުނީ މާލެއާއި ވިލިމާލެއާ ދެމެދު ބާއްވާ ފެރީ ދަތުރުތައް މެދުކަނޑާލީ، މޫސުން ގޯސްވުމުގެ ސަބަބުންކަމަށެވެ. އަދި މިކަމުގެ ސަބަބަން ދިމާވެދާނެ ދަތިތަކަށްޓަކައި މައާފަށް އެދޭކަމަށްވެސް އެމްޓީސީސީން ބުނެފައިވެއެވެ.
މިރެއާއި މާދަމާވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވައިގަދަވެ، މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފައި ވެއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފައިވަނީ، ރާއްޖޭގެ އުތުރާއި، މެދުރާއްޖެތެރޭ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވާކަމަށާއި ބައެއް ރަށްތަކަށް ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށެވެ.
ކަސްޓަމަރުންގެ ސަމާލުކަމަށް! pic.twitter.com/9IKbTCfj4H
— MTCC Plc (@MTCCPlc) October 16, 2021
ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވުމާއި ގުޅިގެން، މޫސުމާބެހޭ ޤައުމީ އިދާރާއިން ރޭ ދަންވަރުން ފެށިގެން މުޅި ރާއްޖެއަށް ވަނީ ޔެލޯ އެލާޓް ނެރެފައެވެ. މި އެލާޓްގެ ވަގުތު 3 ވަނަ ފަހަރަށް ވަނީ އިތުރުކޮށްފަ އެވެ. ގަޑިއަކު 28 މޭލާއި، 35 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެކަމަށް މުސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!