ލ. އިސްދޫ ބަނދަރުގެ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި މަސައްކަތް ނިންމާލައިފައިވަނީ މިދިޔަ އޯގަސްޓް 17 ވަނަ ދުވަހުއެވެ.

Ad
rt

މި މަޝްރޫޢުގެ ދަށުން، 31،820 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކޮށް، 380 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮއްޓަކާއި، 208 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮއްޓެއް ލުމުގެ އިިތުރުން، 98 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ވަނީ ޖަހައިފައެވެ.

މީގެ އިތުރުން ޕޭވްމަންޓަކާއި ރޭމްޕަެއް ހަދައި ބަނދަރު ބައްތި އާއި ނެރު ބައްތިވެސް ވަނީ ހަރުކޮށްފައެވެ.

މިއީ 34.79 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.