ނ. ލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫއުގެ 70 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އެގޮތުން ހާބަރު ޕޭވްމަންޓް ހެދުމުގެ މަސައްކަތް މިހާރު ނިމިފައިވާއިރު ބޭރުތޮށި ލުމުގެ މަސައްކަތް ވަނީ ނިމިފައެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން 25,000 އަކަ މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 256 މީޓަރުގެ އެއްގަމު ތޮއްޓެއް ލުމާއި 401 މީޓަރުގެ ބޭރު ތޮއްޓެއް ލުމާއި 60 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. އަދި ބަނދަރު ބައްތިއާއި ނެރު ބައްތި ހަރުކުރުމާއި ޕޭވްމަންޓް ހެދުންވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މިއީ 35.60 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.