ރ. ކިނޮޅަހުގެ ބަނދަރަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެ ކުންފުނިން ބުނިގޮތުގައި މާދަމާ ކިނޮޅަހުގެ ބަނދަރުގެ މަސައްކަތް ފެށުމަށް ސައިޓް މޮބިލައިޒް ކުރާނެއެވެ.
ކިނޮޅަހުގެ ބަނދަރު ބެދުމުގެ ސަބަބުން އެ ރަށަށް އުޅަނދުފަހަރަށް ވަދެ ނުކުމެ ހަދަން ވަނީ ދަތިވެފައެވެ. މިކަމާ ގުޅިގެން އެ ރަށުގެ ރައްޔިތުން ވަނީ ވީހާވެސް އަވަހަށް މައްސަލަ ހައްލުކޮށްދިނުމަށް އެދި އަޑު އުފުލާފައެވެ.
މި ބަނދަރު ހެދީ 2010 ވަނަ އަހަރުގައެވެ. އެގޮތުން، މި ބަނދަރު ހެދީ އެ ރަށުގެ އުތުރު ފަރާތުގައި އޮންނަ ބޮޑު ދޮންވެލިގަނޑުން ބައެއް ނަގައި، ބަނދަރާއި ދޮންވެލިގަނޑު ވަކިކުރަން ދެމެދުގައި އިންފާރެއްގެ ގޮތުގައި ހިލަ ޖެހުމަށް ފަހުއެވެ. ނަމަވެސް އިންފާރު ހަލާކުވެ، 2011 ވަނަ އަހަރުން ފެށިގެން ފަޅަށް ވެލި ވަންނަން ވަނީ ފަށައިފައެވެ.
R.Kinolhas badharu funkurumuge masaiykathah 10 Oct 2021 ga @MTCCPlc in IA mobilize kuraane. https://t.co/KRdHkYYogo
— Adam Azim (@adamazim) October 9, 2021
އޭގެ ފަހުން އެ މައްސަލަ ހައްލުކޮށްދިނުމަށަ ސަރުކާރުގައި އެދުމުންވެސް ހައްލެއް ނުލިބޭ ކަމަށް އެ ރަށުގެ ރައްޔިތުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!