މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ފްލީޓަށް ވެހިކަލްތަކެއް އިތުރުކޮށްފިއެވެ.
އެކުންފުނިން ފްލީޓު ބޮޑު ކޮށްފައިވަނީ ކުންފުނީގެ ކެޕޭސިޓީ އިތުރުކޮށް ވަރުގަދަ ކުރުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން ފްލީޓަށް އިތުރުކުރި ވެހިކަލްތަކުގެ ތެރޭގައި 30 ޓަނުގެ 10 ހައިމާކާއި، 25 ޓަނުގެ 15 ލޮރީ އަދި 6 ލޯޑަރު ހިމެނެއެވެ.
އެމްޓީސީސީއަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ ގިނަ މަޝްރޫއުތައް ހިންގާ ކުންފުންޏަކަށްވުމުން ގިނަ ވެހިކަލްތަކެއް އެއްފަހަރާ ްެކި މަޝްރޫއުތަކުގައި ބޭނުން ކުރަން ޖެހެއެވެ. އެހެންވެ، މި މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްގެންދިއުމަށް ފްލީޓު ބޮޑު ކުރުމަކީ މުހިންމު ކަމެކެވެ.
އެމްޓީސީސީން ބުނީ މަސައްކަތްތައް ލަސްވިޔަ ނުދީ ކުންފުނީގެ ކެޕޭސިޓީ އިތުރުކުރުމަށް ފަށާފައިވާ މި ޕްރޮޖެކްޓްގެ ސަބަބުން ގިނަ ސަރަހައްދުތަކެއްގައި އެއްފަހަރާ މަސައްކަތްކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!