ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް މަރާމާތް ކުރުމުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ
ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް މަރާމާތު ކުރުމުގެ މަޝްރޫއުގެ ބޮޑުބައި ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނިގޮތުގައި މިހާތަނަށް މި މަސައްކަތުގެ 64 އިންސައްތަ ވަނީ ނިމިފައެވެ. އަދި އޯޕީޑީ އިމާރާތުގައި އެއަރ ކޮންޑިޝަން ހަރުކުރުމުގެ މަސައްކަތް ބުރާސްފަތި ދުވަހު ވަނީ ފަށާފައެވެ. މި މަޝްރޫއުގެ ދަށުން އޯޕީޑީ އިމާރާތާއި ވިއްސާ ކޮޓަރި ހުންނަ އިމާރާތް އެޅުމުގެ އިތުރުން އިމަޖެންސީ ރޫމް މަރާމާތު ކުރުމުގެ މަސައްކަތް ކުރާނެއެވެ. މިއ...