އިތުރު ތިން ތަނަކުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ބަސް ކާޑުގެ ހިދުމަތް ލިބޭނެ ގޮތް ހަމަޖައްސައިފިއެވެ.

މި ގެނައި ބަދަލާއެކު މިހާރު ވެލާނާގެއާއި ހުޅުމާލޭގެ ކިނބިގަސްމަގުގައި ހުންނަ ޕޯސްޓް އޮފީހުންނާއި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާގެ 12 ވަނަ ޓަވަރުގައި ހުންނަ “އެޗްސީޔޫ މާޓް”އިން ކާޑުގެ ހިދުމަތް ލިބޭނެއެވެ.

Ad
rt

އެމްޓީސީސީން ބުނީ މި ތަންތަނުން ބަސް ކާޑު ގަންނަން ލިބެން ހުންނާނެ ކަމަށާއި ކާޑު ރީލޯޑު ވެސް ކުރެވޭނެ ކަމަށެވެ. އަދި އެތަންތަނުން ސިންގަލް ޖާނީ ޓިކެޓްވެސް ލިބެންހުންނާނެ ކަމަށް އެ ކުންފުނިނއ ބުންޏެވެ.

އެމްޓީސީސީން ބަސް ދަތުރުތައް ފުޅާކޮށް ހުޅުމާލެ ދެވަނަ ފިޔަވެއްސަށްވެސް މިހާރު ދަތުރުކުރެއެވެ. މިގޮތުން ހިޔާ ޓަވަރު 12 ގައި ހުޅުވި އެ ސަރަހައްދުގެ ފުރަތަމަ ފިހާރަ، އެޗްސީޔޫ މާޓުން ބަސް ކާޑުގެ ހިދުމަތް ލިބޭގޮތަށް އެ ކުންފުނިން ވަނީ މިދިޔަ ހަފްތާގައި ހަމަޖައްސާފައެވެ. އެ ފިހާރައިން ބަސް ކާޑު ގަތުމާއި ކާޑު ރިލޯޑު ކުރުމާއި އެއްކޮޅުގެ ޓިކެޓު ގަތުމުގެ ހިދުމަތް ލިބޭ ގޮތަށް ވަނީ ފަހިކޮށްދީފައެވެ.

އެމްޓީސީސީ ބަސް ކާޑުގެ ހިދުމަތް މިހާރު މާލެ އާއި ހުޅުލެ އާއި ހޫޅުމާލެ ފޭސް އެކެއް އަދި ދެއަކުންވެސް ލިބޭނެއެވެ.

މި ހިދުމަތާ ގުޅޭގޮތުން އެމްޓީސީސީ ވެބްސައިޓުންނާއި ބަސް އެޕްލިކޭޝަނުން މައުލޫމަތު ލިބޭނެއެވެ. އަދި އެ ކުންފުނީގެ ހޮޓްލައިން 1650 އަށް ގުޅައިގެންވެސް މައުލޫމާތު ސާފު ކުރެވޭނެއެވެ.