ގްރޭޓާ މާލެ ސަރަހައްދެކޭ އެއްގޮތަށް އަތޮޅުތެރޭގައި ވެސް ސްކޫލް ކުދިންނަށާއި، 65 އަހަރުން މަތީގެ އިސް ރަށްވެހިންނަށާއި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބަހުގެ ހިދުމަތް ހިލޭ ދޭން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑަ ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމައިފިއެވެ.
އެ ކުންފުނިން ފޯރު ކޮށްދޭ އާންމު ފެރީގެ ހިދުމަތް މިހާރު ވެސް ސްކޫލް ކުދިންނަށާއި، އިސްރަށްވެހިންނާއި، ހާއްސަ އެހީ އަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ލިބޭނެއެވެ. އަދި މާލެ ސަރަހައްދުގެ ބަހުގެ ހިދުމަތް ވެސް މިހާރުވެސް ހިލޭ ލިބޭނެއެވެ.
އެމްޓީސީސީން ބުނިގޮތުގައު އަތޮޅު ތެރޭގައި ބަހުގެ ހިުދނަތް ހިލޭ ދޭން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ އެއްވަނ ދުވަހުން ފެށިގެން ކަމަށެވެ.
އެކުންފުނިން އަތޮޅު ތެރޭގައި ބަހުގެ ހިދުމަތް ދެމުން އަންނަނީ އައްޑޫ ސިޓީގެ ހިތަދޫ އަދި ފޭދޫ އާއި ދެމެދު ސްކޫލް ކުދިންނަށް ހާއްސަކޮށްގެން ދެވޭ ބަހުގެ ހިދުމަތެއް ގޮތުގައެވެ. ނަމަވެސް ފުވައްމުލަށް އަދި ލ.އަތޮޅުގެ ގަން، ފޮނަދޫ، އަދި އިސްދޫ، ކަލައިދޫ ރަށްތަކުގައި ބަހުގެ ޚިދުމަތް ފެށުމަށްޓަކައި އައު ބަސްތަކެއް ހޯދުމުގެ މަސައްކަތް މިވަގުތު ދަނީ ކުރަމުންނެވެ.
ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، އެކުންފުނީގެ މަގުސަދަކީ ހެޔޮ އަގުގައި ފަސޭހަކަމާއެކު ބޭނުންކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް އެމްޓީސީސީން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!