މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން 30 މީހުން ތަމްރީން ކުރަން ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވެއްޖެއެވެ.
މިއަދި އެމްޓީސީސީ ޓަވަރުގައި ބޭއްވި ރަސްމިއްޔާތެއްގައި މިނއެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމާއި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއިލެވެ.
އެމްޓީސީސީގެ ހުނަވަރު ޕްރޮގްރާމަކީ މަސައްކަތުގެ މާހައުލުގައި ފަންނީ ތަމްތީން ލިބިފައިވާ ދިވެހިން ބިނާ ކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާން ހިންގަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެއީ ހުނަވަރު ލައިސެންސިން ޕްރޮގްރާމާއި ހުނަވަރު ޓެކްނިކަލް ސްކިލްސް ޕްރޮގްރާމެވެ.
ހުނަވަރު ޓެކްނިކަލް ސްކިލްސް ޕްރޮގްރާމުގެ ދަށުން މިއަހަރު 30 ފުރުސަތު ހުޅުވާލާނެއެވެ. މި ޕްރޮގްރާމު ހަމަސް ދުވަހަށް ކުރިއަށްދާއިރު ބައިވެރިންނަށް ކޮންމެ މަހަކު 3000ރ. ގެ އެލަވެންސެއް ލިބޭނެއެވެ.
މީގެ އިތުރުން ތަޖުރިބާ ހާސިލު ކުރަނީ އަމިއްލަ ރަށް ނޫން އެހެން ރަށެއްގައި ނަމަ ހުރުމާއި ކެއުންވެސް ދޭނީ އެމްޓީސީސީންނެވެ. މިއީ ޓެކްނިކަލް ދާއިރާއިން ގިނަ ދިވެހިން އުފެއްދުމަށް ކުރާ މަސައްކަތެއް ކަމަށް އެމްޓީސީސީން ބުންޏެވެ.
އެ ކުންފުނިން މިއަހަރު ހުޅުވާލާ ފުރުސަތުގެ ދަށުން ވެލްޑިން އާއި ޕްލަމްބަރިން އާއި އިލެކްޓްރިކް މަސައްކަތާއި އޮޓޯމޯޓިވް މެކޭނިކް އާއި ވަޑާން ކުރުމާއި ކޮންސްޓްރަކްޝަން ސައިޓް ސުޕަވައިޒް ކުރުން ފަދަ ދާއިރާތަކުން މީހުން ތަމްރީން ކުރާނެއެވެ.
އެމްޓީސީސީ ހުނަވަރު ލައިސެންސިން ޕްރޮގްރާމެއް މިއަހަރުގެ ޖެނުއަރީ މަހު ކުރިއަށްގެންދިޔައެވެ. މި ޕްރޮގްރާމް ނިންމާ 13 މީހަކު ވަނީ އެ ކުންފުނީގެ އެކްސްކަވޭޓަރ އޮޕަރޭޓަރުންގެ ވަޒީފާއަށް ނުކުމެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!