މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ( އެމްޓީސީސީ) ގެ އެހީއާއެކު ކުޅުދުއްފުށި ސިޓީގެ އޮޑިއެހެލާ ސަރަހައްދުގެ ހިލަތޮށި ރީތި ކޮށްފިއެވެ.
މި މަސައްކަތް އެމްޓީސީސީގެ އެހީއާއެކު ކުރިއަށްގެންދިޔައީ ކުޅުދިއްފުށި ސިޓީ ކައުންސިލުންނެވެ.
މި މަސައްކަތުގެ ދަށުން ދެކުނު ހިލަތޮށި ރާވައި ތަރުތީބު ވަނީ ކޮށްފައެވެ.
މި މަސައްކަތުގެ ސަބަބުން އެ ސަރަހައްދު ރީތިވުމުގެ އިތުރުން، ކުދި އުޅަނދުފަހަރު ބޭނުންކުރާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސިޓީ ކައުންސިލިން ބުންޏެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ފަރާތުން އެމް.ޓީ.ސީ.ސީގެ އެހީތެރިކަމާއެކު ކުރިއަށް ގެންދެވުނު މަސައްކަތެއް ކަމުގައިވާ އޮޑިއެހެލާ ސަރަހައްދުގެ އެއްގަމު ދެކުނު ހިލަތޮށި ރާވައި ތަރުތީބު ކުރުމުގެ މަސައްކަތް ވަނީ ނިންމާލެވިފައި.
1/2@MTCCPlc pic.twitter.com/PfACwB6XOn— Kulhudhuffushi City Council (@kfcitycouncil) December 8, 2021
މި މަސައްކަތުގައި އެމްޓީސީސީން އެހީވީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުންނެވެ.
އެހެންވެ ސިޓީ ކައުންސިލުން ވަނީ އެ ކުންފުންޏަށް ޝުކުރު އަދާ ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!