އާރުޓީއެލް ބަސްތަކުގައި ކޮންޓެކްޓްލެސް ކާޑު ބޭނުންކުރެވޭ ގޮތް ހަދައިފި
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ބަހުގެ ޚިދުމަތް ބޭނުންކުރާ ދަތުރުވެރިންނަށް އިތުރު ލުއިފަސޭހަތަކެއް ހޯދައިދިނުމަށް ކޮންޓެކްޓްލެސް ކާޑު ބޭނުންކޮށްގެން މާލެ ސަރަހައްދުގެ ބަސް ދަތުރުތަކުގައި ފައިސާ ދެއްކޭނެ އިންތިޒާމް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ން ހަމަޖައްސައިފިއެވެ. އެމްޓީސީސީން ބުނީ، ކޮންޓެކްޓްލެސް މާސްޓަ ކާޑާއި ވިސާ ޑެބިޓް އަދި ކްރެޑިޓް ކާޑު މެދުވެރިކޮށް މިހާރު ބަސް ދަތުރުތަކަށް ފައިސާ ދެއްކޭނެ ކަމަށެވެ. އެގޮތުން ދުނިޔޭގެ ކޮންމެ ބޭންކެއްގެވެސް ކޮނ...