ރ. އަލިފުށީ އެއާޕޯޓް ޓާމިނަލްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.
އަލިފުށީގައި ބޭއްވި ރަސްމިއްޔާތުގައި، އަލިފުށީ ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ޙުސައިންއާއި، އަލިފުށީ ކައުންސިލްގެ ރައީސް އާދަމް އިމްރާންއާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި އެއާޕޯޓް ޓާމިނަލްގެ ބިންގާ އަޅުއްވައިދެއްވީ އަލިފުށީ ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ޙުސައިންއާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި އަލިފުށީ ކައުންސިލް ރައީސް އާދަމް އިމްރާނެވެ.
އަލިފުށީ އެއާޕޯޓް ޓާމިނަލްގެ މަސައްކަތްތައް ނިމުމުން، އެ ސަރަހައްދު ވައިގެ ދަތުރުފަތުރުގެ އާ ޒަމާނަކަށް އަލިވިލިގެންދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ. އެގޮތުން ފަތުރުވެރިކަމާއި، ވާޑާންކުރުމާއި، ބޯޓުޔާޑުގެ ވިޔަފާރި ފުޅާވެ އިޤްތިސާދު އާ މިސްރާބަކަށް ބަދަލުވެގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެމްޓީސީސީން ބުނީ އަލިފުށީ ސަރަހައްދުގައި އާ ރިސޯޓްތައް އުފެދި ގެސްޓް ހައުސް ވިޔަފާރި ވެސް ފުޅާވެގެންދާނެ ކަމަށެވެ. އަދި މި އެއާޕޯޓުން ފުރައިގެން ވިއްސަކަށް މިނިޓްތެރޭ ވާދޫއަށާއި، ރަސްގެތީމަށާއި، އަނގޮޅިތީމަށާއި، ށ. ކޮމަންޑޫއަށް ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް ބުންޏެވެ.
ރ. އަލިފުށީ އެއަރޕޯޓް ޓަރމިނަލްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވައިފި
ޕްރެސް ރިލީޒް:https://t.co/GhZ67d6ve0 pic.twitter.com/CByCSR1aIW
— MTCC Plc (@MTCCPlc) January 5, 2023
އަލިފުށީ ބިން ހިއްކުމުގެ މަޝަރޫއުގެ ދަށުން 50.5 ހެކްޓަރުގެ ބިން ރަށަށް އިތުރުކުރެވިގެން ދާނެއެވެ. މި ބިމަކީ ސީދާ ރަށު ފަސްގަނޑާ އެއްފަސްވެގެން ހިއްކޭ ބިމެކެވެ. އެހެންކަމުން، 451 މިލިއަން ރުފިޔާގެ މި މަޝްރޫއު ނިމިގެން ދާއިރު އަލިފުށީ ބިމުގެ ސައިޒްވެސް ދެގުނައަށް ބޮޑުވެ 109 ހެކްޓަރުގެ ބޮޑު ރަށަކަށް އެ ރަށް ވެގެންދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
ވޭތުވެދިޔަ 42 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!