ނީލަން ފިހާރައިގެ މިއަދު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އާރުޓީއެލް) ގެ ބަހުގެ ހިދުމަތަށް ބަދަލުކޮށްފިއެވެ.
އެމްޓީސީސީން ބުނި ގޮތުގައި މި އަލިފާނުގެ ހާދިސާއާ ގުޅިގެން ބޮޑުތަކުރުފާނު މަގުގެ ސަރަހައްދެއް ބަންދުކޮށްފައިވާތީ ރޫޓް 1 (ވެސްޓްޕާކް-ހުޅުމާލެ 1) އާއި ރޫޓް 7 (ހުޅުމާލެ 2-ވެސްޓްޕާކް) ބަސްތައް ވަގުތީގޮތުން ވަނީ ކާނިވާ ސަރަހައްދަށް ބަދަލުކޮށްފައެވެ.
މީގެ އިތުރުން މިނީ ބަހުގެ ހިދުމަތް ދެމުން އަންނަ އަމީނީ ރޫޓުގެ ބަހުގެ ހިދުމަތްވެސް ވަގުތީގޮތުން ވަނީ މެދުކަނޑާލައިފައެވެ.
އެމްޓީސީސީން ބުނީ އަމީނީ ރޫޓުގެ ބަސް މެދުކަނޑާލުމުން އޯކިޑް ރޫޓް ބޭނުން ކުރާ ކަސްޓަމަރުން ގިނަ ވެދާނެ ކަމަށް ލަފާ ކޮށް ބަސް ދަތުރުތައް އިތުރުކޮށްފައިވާ ކަމަށެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން ބަންދުކޮށްފައިވާ މަގުތައް ހުޅުވުމާއެކު ބަސްތައް އާއްމު ހާލަތައް ގެނެވޭނެ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!