ހއ. ހޯރަފުށީ ޖުވެނައިލް ޖަސްޓިސް ޔުނިޓް (ހާފްވޭ ހައުސް) އިމާރާތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން ފައުންޑޭޝަން ބީމާއި ކޮލަމް މަސައްކަތްތައް މިހާރު ވަނީ ނިމިފައެވެ.

Ad
rt

އެމްޓީސީސީން ބުނީ, އެ މަޝްރޫއުގެ ދަށުން ފުރާޅުގެ ބީމްގެ 81 އިންސައްތަ މަސައްކަވެސް ނިމިފައިވާ ކަމަށެވެ.

މި އިމާރާތަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 82 ވަނަ މާއްދާގައި ބަޔާންކުރާ ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒެއްގައި ވަކި މުއްދަތެއް ހޭދަކޮށްފައިވާ ކުދިން އަނބުރާ މުޖުތަމައަށް ނުކުތުމަށް ތައްޔާރު ކުރުމަށް ބޭނުންވާ ޕްރޮގްރާމްތައް ހިންގުމަށް އެ ކުދިން ބޭތިއްބުމަށް ހަދާ މަރުކަޒެކެވެ.

މި އިމާރާތުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ 150 ދުވަހުގެ ތެރޭގައި ނިންމާ ހަވާލު ކުރާ ގޮތަށް ޖުމުލަ 5.99 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.