ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޖީއޭ ޕާކިންގައި ތާރު އެޅުމުގެ މަޝްރޫއުގެ 46 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ.

މި މަޝްރޫއު ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން، 776 މީޓަރުގެ ވަގުތީ ފެންސެއް ޖެހުމާއި، 55،818 އަކަ މީޓަރުގެ ސަރަހައްދެއްގެ ޓޮޕްސޮއިލް ނެގުމާއި، 8372.70 އަކަ މީޓަރުގެ ސަރަހައްދަކަށް ވެލި އަޅައި ލެވެލް ކުރުން ހިމެނެއެވެ.

މީގެ އިތުރުން، 55،818 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ސަބްބޭސް ތައްޔާރު ކުރުމާއި، 8372.70 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބްގްރޭޑް ކޮމްޕެކްޓް ކުރުމާއި، 55،818 އަަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމުގެ މަސައްކަތް ކުރުން ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މިއީ 91.45 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.