ގއ. ވިލިނގިލީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރިވެއްޖެއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި މަޝްރޫއުގެ މަސައްކަތް ފެށުމަށް 3 ޖެނުއަރީ 2023 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން، 59,536.80 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބަ ބޭސިން ފުންކުރުމާއި، 275 މީޓަރުގެ ބޭރުތޮށި ލުމާއި، 613 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
މީގެ އިތުރުން، 105 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، 685 މީޓަރުގެ އެއްގަމުތޮށި ލުމުގެ މަސައްކަތް ވެސް މި މަޝްރޫއިގެ ތެރޭގައި ހިމެނެއެވެ.
މިއީ 114.33 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!