މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ހދ ނޭކުރެންދޫ

156 Stories filed
ނޭކުރެންދޫއިން މީހަކު ޕޮޒިޓިވް ވެއްޖެ
Thiladhunmathi News

ނޭކުރެންދޫއިން މީހަކު ޕޮޒިޓިވް ވެއްޖެ

ހދ.ނޭކުރެންދޫ އިން ކޯވިޑް 19 އަށް މީހަކު ޕޮޒިޓިވް ވެއްޖެ. އެ ރަށުން ކޯވިޑް 19 އަށް ޕޮޒިޓިވް ވެފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެކެވެ. ނޭކުރެންދޫ ކައުންސިލްގެ ރައީސް އާލީ އާދަމް “ތިލަދުން”އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޕޮޒިޓިވް ވެފައިވަނީ މި މަހުގެ 9 ވަނަ ދުވަހު ނޭކުރެންދޫ އަށް އައި 05 މީހުންގެ ތެރެއިން އެކަކުގެ ނަތީޖާ ކަމަށާއި ދެން ތިބި 4 މީހުންގެ ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށެވެ.  “އެ ފަސް މީހުން ވެސް ރަށަށް […]

ނޭކުރެންދޫ ޖަލަކީ ޕްރިޒަން ރިފޯމްގެ އެޖެންޑާގެ ބޮޑު މަޝްރޫއެއް: އިމްރާން
Thiladhunmathi News

ނޭކުރެންދޫ ޖަލަކީ ޕްރިޒަން ރިފޯމްގެ އެޖެންޑާގެ ބޮޑު މަޝްރޫއެއް: އިމްރާން

ހދ. ނޭކުރެންދޫގައި ގާއިމުކުރަން ނިންމަވާފައިވާ ޖަލަކީ ސަރުކާރުގެ ޕްރިޒަން ރިފޯމްގެ އެޖެންޑާގައި ހިމެނޭ ބޮޑު މަޝްރޫއެއް ކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ ނޭކުރެންދޫގައި އެޅުމަށް ނިންމާފައިވާ ޖަލުގެ ފުރަތަމަ ފޭސްގެ މަސައްކަތް ފެށޭނެ ތާރީޚެއް އޮޅުން ފިލުއްވުމަށް، ނޭކުރެންދޫ ނިސްބަތްވާ މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ އިއްޔެ އޮތް މަޖިލިސްގެ، 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 9 ވަނަ ޖަލްސާޖަލްސާގައި ކުރެއް...

ނޭކުރެންދޫ ޖަލު އަޅާ ސަރަހައްދުގެ އީއައިއޭ ހަދަން، މިއަހަރު ތެރޭ 3 ވަނަ އިޢުލާނެއް
Thiladhunmathi News

ނޭކުރެންދޫ ޖަލު އަޅާ ސަރަހައްދުގެ އީއައިއޭ ހަދަން، މިއަހަރު ތެރޭ 3 ވަނަ އިޢުލާނެއް

ހދ. ނޭކުރެންދޫގައި އިމާރާތް ކުރަން ހަމަޖެހިފައިވާ ޖަލު ހަދާ ސަރަހައްދުގެ އި.އައި.އޭ (އެންވަޔަރަމަންޓް އިންޕެކްޓް އެސެސްމަންޓް) ރިޕޯރޓާ، އެސް. އައި.އޭ (ސޯޝަލް އިންޕެކްޓް އެސެސްމެންޓް) ހައްދަވައިދެއްވާނޭ ފަރާތެއް ހޯދަން ބޭނުންވެގެން މިނިސްޓްރީ އޮފް ހޯމްއެފެއާޒްއިން އަނެއްކާވެސް އިޢުލާން ކޮށްފި އެވެ. މިއީ މިއަހަރުގެ ތެރޭގައި އެންވަޔަރަމަންޓް އިންޕެކްޓް އެސެސްމަންޓް ހެދުމަށް އެމިނިސްޓްރީއިން ހުޅުވާލި 3 ވަނަ ފަހަރެވެ. އެންމެ ފުރަތަމަ ހުޅުވާލާފައިވަނީ މިއަހަރުގެ ފެބުރުއަރީމަހުގެ 16 ވަނަ ދުވަހު އެވެ. އ...

ނޭކުރެންދޫ ސްކޫލް މުދައްރިސުންނަށް ''ކަނޑޫފާ ކްލާހެއް''
Thiladhunmathi News

ނޭކުރެންދޫ ސްކޫލް މުދައްރިސުންނަށް ''ކަނޑޫފާ ކްލާހެއް''

ކަނޑޫފަލާއި، ކަނޑޫގަސްތަކާއި ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ހދ. ނޭކުރެންދޫ ސްކޫލްގެ މުދައްރިސުންނަށް ޚާއްޞަކޮށްގެން ”ކަނޑޫފާ ކްލާސް” ކުރިއަށް ގެންގޮސްފިއެވެ. ނޭކުރެންދޫ ސްކޫލްގެ މުދައްރިސުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދެވުނު މި ކަނޑޫފާ ކްލާހަކީ، ރާއްޖޭގާއި ފުޅާ ދާއިރާއެއްގައި ތިމާވެށީގެ ހިމާޔަތުގައި ވަކާލާތުކޮށް، މަސައްކަތް ކުރާ ހަރަކާތެއް ކަމަށްވާ ”ސޭވް މޯލްޑިވްސް” ގެ ފަރާތުން، ނޭކުރެންދޫ ކައުންސިލާއި ގުޅިގެން ނޭކުރެންދޫގައި ކުރިއަށް ގެންދާ ސިލްސިލާ ކަނޑޫފާ ކްލާސްތަކުގެ ތެރެއިން ކްލާހެކެ...

ނޭކުރެންދޫ ކައުންސިލުން، އެރަށު ސްކޫލަށް ''ތްރީ އޮން ތްރީ'' ދަނޑެއް ހަދިޔާކޮށްފި
Thiladhunmathi News

ނޭކުރެންދޫ ކައުންސިލުން، އެރަށު ސްކޫލަށް ''ތްރީ އޮން ތްރީ'' ދަނޑެއް ހަދިޔާކޮށްފި

ހދ. ނޭކުރެންދޫ ކައުންސިލުން އެރަށުގައި ހުންނަ ނޭކުރެންދޫ ސްކޫލަށް ”ތްރީ އޮން ތްރީ” ފުޓުބޯޅަ ދަނޑެއް ހަދިޔާ ކޮށްފިއެވެ. ނޭކުރެންދޫ ސްކޫލްގެ ގޯތިތެރޭގައި ހަދާފައިވާ އެ ދަނޑު ރަސްމީކޮށް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ދަނޑު ސްކޫލާއި ހަވާލުކޮށް ދެއްވީ ނޭކުރެންދޫ ކައުންސިލްގެ ރައީސް ޢަލީ އާދަމް އެވެ. ނޭކުރެންދޫ ސްކޫލްގެ ފަރާތުން އެ ދަނޑާއި ހަވާލުވީ އެ ސްކޫލްގެ ޕްރިންސިޕަލެވެ. ނޭކުރެންދޫ ކައުންސިލުން ޚަރަދުކޮށްގެން ހެދި އެދަނޑުގެ މަސައްކަތް ފުރިހަމަ ކުރުމަށް ނޭކުރެންދޫ ނިސްބަތްވާ މަކުނުދޫ […...

ނޭކުރެންދޫ ސްކޫލު ދަރިވަރުންގެ ފިހިތަކުން ރަށުގެ ކަނޑޫފާ ދުނިޔެއަށް ދައްކާލަނީ
Report

ނޭކުރެންދޫ ސްކޫލު ދަރިވަރުންގެ ފިހިތަކުން ރަށުގެ ކަނޑޫފާ ދުނިޔެއަށް ދައްކާލަނީ

ހދ. ނޭކުރެންދޫ ކަނޑޫފަލުގެ ހާލަތު އަންގައިދޭ ކުރެހުން ތަކާއިއެކު ނޭކުރެންދޫ ސްކޫލުގެ ދަރިވަރުން ބައިނަލްއަޤްވާމީ ކުރެހުމުގެ މުބާރާތެއްގައި ބައިވެރިވެ، އެ ދަރިވަރުންގެ ފިހިތަކުން ކުރަހާލި ކުރެހުންތައް މެދުވެރިކޮށް، ނޭކުރެންދޫ ކަނޑޫފާ ދުނިޔެއަށް ދައްކާލުމުގައި ބައިވެރިވެއްޖެއެވެ. ނޭކުރެންދޫ ސްކޫލުން ވަނީ މެގްރޫވް ދިރާސާ ކުރާ ބައިނަލްއަޤްވާމީ ޖައްމިއްޔާއެއް ކަމަށްވާ މެންގްރޫވް އެކްޝަން ޕްރޮޖެކްޓް (މެޕް)ގެ ފަރާތުން މުޅި ދުނިޔޭގެ ސްކޫލްތަކުގެ ދަރިވަރުންނަށް ހުޅުވާލި އެ ޖަމްޢިއްޔާގެ 19 ވަނަ މެންގްރޫވް...

ނޭކުރެންދޫ ފަތިސް ޔުނައިޓެޑުން ބުނަނީ މީ ފެށުމެއް ކަމަށް
Thiladhunmathi News

ނޭކުރެންދޫ ފަތިސް ޔުނައިޓެޑުން ބުނަނީ މީ ފެށުމެއް ކަމަށް

ހދ. ނޭކުރެންދޫ ރައްޔިތުން އާންމުކޮށް މޫދަށްއެރި އުޅޭ ސަރަޙައްދުން ފެންވެރޭނޭގޮތް އެރަށު “ފަތިސް ޔުނައިޓެޑް” އިން ފަހިކޮށްދީފިއެވެ. ނޭކުރެންދޫ ފަތިސް ޔުނައިޓެޑުން އިސްނަގައިގެން އެރަށުގެ ކައުންސިލާއި ގުޅިގެން ކުރި މި މަސައްކަތަކީ ރަށުގެ ރަަށްޔިތުންނަށް ބޭނުންތެރި، ހަދިޔާއެއް ދިނުމުގެ ގޮތުން ކުރި މަސައްކަތެއްކަމަށް އެޓީމުން ބުންޏެވެ. ނޭކުރެންދޫ ކުރީގެ ނެރާއި ދިމާ، ކައުންސިލާއި ވެސް ދިމާގައި އޮންނަ އެރަށު މީހުން އާންމުކޮށް މޫދަށްއެރި، މަޖާކޮށްލާ އުޅޭ އެސަރަހައްދުން، މޫދަށް އެރިލުމަށްފަހު ފެންވެރޭނޭ...

ނޭކުރެންދޫގެ ތަރައްޤީއަށް ސަރުކާރުން ހިންގާ މަޝްރޫޢުތައް
Thiladhunmathi News

ނޭކުރެންދޫގެ ތަރައްޤީއަށް ސަރުކާރުން ހިންގާ މަޝްރޫޢުތައް

ރަށެއްގެ ތަރައްޤީއަށް ވަރަށް ގިނަ ކަންކަން ބޭނުންވާނެ ކަންގައިމެވެ. އަދި ކޮންމެ ރަށެއްގެ ރައްޔިތުންވެސް ވީ އެންމެ އަވަހަކަށް އެކަންކަން ވާންވެސް އެދޭނެއެވެ. ނަމަވެސް ރާއްޖޭގެ ވަކި ޖަޒީރާ 189 ރަށުގައި ސަރުކާރުން މަޝްރޫޢުތައް ހިންގާއިރު، އެ ރަށްރަށުގެ ރަށްޔިތުން އެދޭ ފަދަ ގިނަ މަޝްރޫޢުތަކެއް ފަސް އަހަރުގެ ދައުރުތެރޭ ނުހިންގި ދިއުމަކީ ވެސް ވެދާނެ ގޮތެކެވެ. ނަމަވެސް މިހާރު މިއޮތް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އަންނަނީ މި ސަރުކާރުގެ ވަޢުދުތައް ފުއްދުމުގައި ކެނޑިނޭޅި މަސައްކަތް […]

ނޭކުރެންދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފި
Thiladhunmathi News

ނޭކުރެންދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފި

ހދ. ނޭކުރެންދޫގައި މިނިސްޓްރީގެ ފަރާތުން ގާއިމްކުރި ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފިކަމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން ބުނެފި އެވެ. މިކަން އިއުލާން ކުރައްވަމުން މިނިސްޓަރ އަޙްމަދު މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނޭކުރެންދޫ ދަނޑުގެ މަސައްކަތްވެސް ނިމިފައިވާ ކަމަށާއި އެކަމުގައި އެހީތެރިވެދެއްވީތީ ރަށުގެ ކައުންސިލާއި ޒުވާނުންނާއި އަދި އެރަށް ހިމެނޭ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. ނޭކުރެންދޫގައި އަ...

ނޭކުރެންދޫ ކައުންސިލުގެ ރަސްމީ ލިޔުންތަކުގައި "ސޭވް ނޭކުރެންދޫ ކަނޑޫފާ" ހޭޝްޓެގް
Raajje

ނޭކުރެންދޫ ކައުންސިލުގެ ރަސްމީ ލިޔުންތަކުގައި "ސޭވް ނޭކުރެންދޫ ކަނޑޫފާ" ހޭޝްޓެގް

ސޭވް ނޭކުރެންދޫ ކަނޑޫފާ ކެމްޕޭން އިތުރަށް ފުޅާކުރުމުގެ ގޮތުން ހދ. ނޭކުރެންދޫ ކައުންސިލުގެ ރަސްމީ ލިޔުންތަކުގައި “ސޭވް ނޭކުރެންދޫ ކަނޑޫފާ” ހޭޝްޓެގް ބޭނުން ކުރަން ނިންމައިފިއެވެ. ނޭކުރެންދޫ ކައުންސިލުން މި ނިންމުން ނިންމީ ރާއްޖޭގެ އެންމެ ބޮޑު ކަނޑޫފާ މަރުވަމުންދާތީ އެކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމާއި ސޭވް ނޭކުރެންދޫ ކަނޑޫފާ ކެމްޕޭން އިތުރަށް ފުޅާކުރުމުގެ ގޮތުން ކަމަށް އެ ކައުންސިލުން ވަަނީ ބުނެފައެވެ. “‏ރާއްޖޭގެ އެންމެ ބޮޑު ކަނޑޫފާ މަރުވަމުންދާތީ އެކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލ...

ނޭކުރެންދޫ ރައްޔިތުންގެ ހިތުގައި ކަނޑޫފަލަށް އޮތް ލޯތްބާއި އެކު "ކަނޑޫ ޢީދު އުފާ" ފާހަގަ ކުރަނީ
Thiladhunmathi News

ނޭކުރެންދޫ ރައްޔިތުންގެ ހިތުގައި ކަނޑޫފަލަށް އޮތް ލޯތްބާއި އެކު "ކަނޑޫ ޢީދު އުފާ" ފާހަގަ ކުރަނީ

ރާއްޖޭގެ އެންމެ ބޮޑު ކަނޑޫފާ އޮތް ރަށަކީ ހދ. ނޭކުރެންދޫ އެވެ. އެ ރަށުގެ ރައްޔިތުންނަށާއި ވެއްޓަށް ލޯބި އޮތް ކޮންމެ މީހަކަށް މޮޅިވެރިކަން ގެނުވާފައި މިވަނީ އެރަށުގެ ކަނޑޫފަލުން ގިނަ އަދަދެއްގެ ކަނޑޫ ގަސްތައް މަރުވެ، ނެތިގެން ދާ މައްސަލައެވެ. އުތުރުގެ ކަނޑޫފާތަކަށް ދިމާވެފައި މިވާ މައްސަލައަށް އަދި ހައްލެއް ނުލިބި އޮތް އިރު، ނޭކުރެންދޫ ރައްޔިތުން ދަނީ އެރަށުގެ ކަނޑޫފަލުގެ ހިމާޔަތުގައި ފުޅާ ކެމްޕޭނެއް ކުރަމުންނެވެ. އެ ރަށުގެ ރަށްޔިތުން ތިބީ އެރަށުގެ ކަނޑޫ […]

ނޭކުރެންދޫ ކަނޑޫ ގަސްތައް މަރުވާ ސަބަބު ހޯދުމަށް ސަރުކާރުން ކުރި ދިރާސާ ނިންމާލައިފި
Thiladhunmathi News

ނޭކުރެންދޫ ކަނޑޫ ގަސްތައް މަރުވާ ސަބަބު ހޯދުމަށް ސަރުކާރުން ކުރި ދިރާސާ ނިންމާލައިފި

ހދ. ނޭކުރެންދޫގެ ކަނޑޫފަލުން ގިނަ ޢަދަދެއްގެ ކަނޑޫ ގަސްތައް މަރުވާ ސަބަބު ދެނެގަތުމަށްޓަކައި ސަރުކާރުން އެރަށަށް ދިޔަ ޓީމުގެ މަސައްކަތް ނިންމާލައިފިއެވެ. ތިން މީހުންގެ މައްޗަށް އެކުލެވޭ އެ ޓީމު ނޭކުރެންދޫގައި ދެ ދުވަސް ހޭދަކޮށްފައިވެއެވެ. މިޓީމު ވަނީ ނޭކުރެންދޫ ކަނޑޫފަލުގައި، އެ ކަނޑޫފަލުގެ ގިނަ ޢަދަދެއްގެ ކަނޑޫގަސްތައް މަރުވަމުންދާ ސަބަބު ހޯދުމުގެ ދިރާސާތައް ކޮށްފައެވެ. ނޭކުރެންދޫ ކައުންސިލްގެ ރައީސް ޢަލީ އާދަމް “ތިލަދުން”އަށް ވިދާޅުވީ ސަރުކާރުން އެރަށަށް ޒިޔާރަތްކުރި ޓީމުން އެ ރަށުގެ ކަނޑޫފަލު...

ނޭކުރެންދޫ ކަނޑޫފާ ހިމާޔަތް ކުރުމަށް، ކަމާގުޅުން ހުރި އިދާރާ ތަކާއި އެކު ރާޢީ މަޝްވަރާކޮށްފި
Thiladhunmathi News

ނޭކުރެންދޫ ކަނޑޫފާ ހިމާޔަތް ކުރުމަށް، ކަމާގުޅުން ހުރި އިދާރާ ތަކާއި އެކު ރާޢީ މަޝްވަރާކޮށްފި

ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު ކަނޑޫފާ ކަމުގައިވާ ހދ.ނޭކުރެންދޫ ކަނޑޫފަލުން ގިނައަދަދެއްގެ ކަނޑޫގަސްތައް މަރުވަމުންދާތީ އެ ކަނޑޫފާއަށް ދިމާވެފައިވާ މައްސަލަތައް ދެނެގަނެ އެކަމަށް ހައްލު ހޯދުމުގެ ގޮތުން ކަމާގުޅުންހުރި ސަރުކާރުގެ އިދާރާތަކާއި މަކުނުދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރު މުހައްމަދު ރާއީ މަޝްވަރާ ކުރައްވައިފިއެވެ. މިކަން ހާމަކުރައްވައި ރާއީ މިރޭ ކުރައްވާފައިވާ ޓްވީޓްގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށާއި އަދި އެންވަޔަރމެންޓް މިނިސްޓަރ އަދި ފިޝަރީޒް އެންޑް އ...

ކެލާ އާއި ނޭކުރެންދޫގެ ކަނޑޫގަސްތައް މަރުވާ ސަބަބު ހޯދުމަށް ސަރުކާރުގެ ޓީމެއް އުތުރަށް
Raajje

ކެލާ އާއި ނޭކުރެންދޫގެ ކަނޑޫގަސްތައް މަރުވާ ސަބަބު ހޯދުމަށް ސަރުކާރުގެ ޓީމެއް އުތުރަށް

ހއ. ކެލާ އަދި ހދ. ނޭކުރެންދޫގެ ކަނޑޫފަލުން ގިނަ ޢަދަދެއްގެ ކަނޑޫ ގަސްތައް މަރުވާ ސަބަބު ދެނެގަތުމަށްޓަކައި ސަރުކާރުގެ ޓީމެއް އުތުރަށް ދަތުރުކޮށް، މަސައްކަތް ފަށައިފިއެވެ. މި ދެރަށުގެ ކަނޑޫފަލުގެ ކަނޑޫ ގަސްތައް މަރުވާ ސަބަބު ދެނެގަތުމަށް އުތުރަށް ދަތުރުކުރި ޓީމުގައި ހިމެނެނީ އީޕީއޭއާއި، ފިޝަރީޒް މިނިސްޓްރީގެ އޮފިޝަލުންނެވެ. މި ޓީމު މިހާރު ވަނީ ކެލާއަށް ގޮސް މަސައްކަތް ފަށާފައެވެ. ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ ކެލާ އާއި ނޭކުރެންދޫ ކަނޑޫފަލުން ގިނަ ޢަދަދެއްގެ ކަނޑޫގަސްތައް މަރުވަމުން ދާތީ، […]

ނޭކުރެންދޫއިން ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކުގެ މަޢުލޫމާތު ހޯދަނީ
Thiladhunmathi News

ނޭކުރެންދޫއިން ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކުގެ މަޢުލޫމާތު ހޯދަނީ

ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫއިން ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުމުގެ މަސައްކަތަށް ބޭނުންވާ މަޢުލޫމާތު ނޭކުރެންދޫ ކައުންސިލުގެ އިދާރާއިން ހޯދަން ފަށައިފިއެވެ. މިކަމާއި ގުޅިގެން މިއަދު އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ ނޭކުރެންދޫއިން ބަންޑާރަގޯތި ބޭނުންވާ ފަރާތްތަކުގެ މަޢުލޫތު ހޯދުމަށް ބޭނުންވާތީ ގޯތި ބޭނުންވާ ފަރާތްތަކުން 04 އޮގަސްޓް 2020 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން އެއިދާރާއަށް ދުރުވެ ނަންނޯޓް ކުރައްވަމުން ގެންދިއުމަށް އެދޭކަމަށެވެ. އެރަށުން ގޯތި ބޭނުންވާ ފަރާ...