•  
  •  
  •  
  •  
  •  
  •  

ހއ.ބާރަށުގެ ”މަސްޖިދުލްޢަމަލު“ މިސްކިތުގައިވާ އޭސީ ތައް ބޭނުންކުރެވޭނެ ގޮތް ހެދުމަށްޓަކައި މިސްކިތުގެ ބޭރުން ވަށައިގެންވާ ދޮރުތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކޮށްފިއެވެ.

އެގޮތުން މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށް އެއިދާރާއަށް ހާޒިރުވާނީ 21 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުގެ 13:00 އަށް ކަމަށާއި އަދި 24 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުމަށް އެފަރާތުގެ އިޢުލާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން މަޢުލޫމާތު ސާފުކުރެއްވުމަށް އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ޖެހޭނެކަމަށާއި އަދި މައުލޫމާތު ސާފުކުރަން ޙާޟިރު ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެކަމަށް ވެސް އެފަރާތުގެ އިއުލާނުގައި ވަނީ ބުނެފައެވެ.

ޚިޔާލު

Your email address will not be published.