ހއ.ކެލާ، ހއ ބާރަށް އަދި ހދ.ވައިކަރަދޫގެ އިތުރުން 31 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ޑިޒައިންކުރުމާއި ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓަންސީ ހެދުމަށް ޝާހު ޓެކްނިކަލް ކޮންސަލްޓަންޓްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.
މިއަދު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާންސްޓްރަކްޗަރ ގެ ފަރާތުން ކުރި ޓްވީޓެއްގައި ފެނާ ނަރުދަމާ ހެދުމަށް ހަމަޖެހިފައިވާ 34 ރަށެއް ކަނޑައަޅާފައިވާއިރު ހއ ކެލާ އަދި ބާރަށުގައި ފެންޕްލާޓެއް ގާއިމް ކުރުމަށް މިވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ހދ.ވައިކަރަދޫގައި ފެނާއި ނަރުދާމާ ނިޒާމު ގާއިމްކުރުމަށް މި ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!