މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކް (އެމްޑީއެން) ގެ ރިޕޯޓު ހއ ބާރަށު ކައުންސިލުންވެސް ކުށްވެރިކޮށްފި އެވެ.

އެމްޑީއެން އިން ޕްރިލިމިނަރީ އެސަސްމަންޓް އޮން ރެޑިކަލައިޓޭޝަން އިން ދަ މޯލްޑިވްސް" ގެ ނަމުގައި ނެރުނު ރިޕޯޓާއި ގުޅިގެން ބާރާށު ކައުންސިލުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ އިސްލާމްދީނުގެ އަސާސްތަކާއި، ގަދަކީރިތިވަންތަ މާތް ﷲ ގެ ކުޅަދުންވަންތަކަމާއިމެދު ޝައްކު އުފައްދާ ކީރިތި ޤުރުއާނުން ސާބިތުވާ ކަންތައްތަކަށް ކަނޑައެޅިގެން އިންކާރުކޮށް އަދި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމް އަށް ފުރައްސާރަކޮށް ފައިވާތީ، އެކަން ބާރަށު ރަތްއިތުންނާއި އެކައުންސިލްގެ ފަރާތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

Ad
mooomoo 1

މިއީ ޖަމްޢިއްޔާއިން ހިންގި ވަރަށް ދަށުދަރަޖައިގެ ޢަމަލެއްކަމަށާއި އަދި މުސްލިމުންގެ ގޮތުގައިތިބެ އެޖަމްޢިންއިން ކޮށްފައިވާ ފަސާދައިގެ ޢަމަލެއް ކަމަށްވެސް ބަޔާނުގައި ވެއެވެ.

ޖަމިއްޔާތަކާއިބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގައިވާ ފަދައިން އިސްލާމް ދީނަށް އިހާނެތިކޮށް ހިތުމަށް ނުވަތަ ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް ނުވަތަ އެކަމަށް އުނިކަމެއް ގެނައުމަށް ދިވެހިރާއްޖޭގައި ޖަވއްޔާތައް ހިންގުމަކީ މަނާކަމެއް ކަމަށާއި ޖަމިއްޔާތަކާބެހޭ ޤާނޫނާއި ޚިލާފް މިޢަމަލު އެމް.ޑީ.އެން އިން ކޮށްފައިވާތީ، އެފަރާތާއިމެދު ވަގުތުން ފިޔަވަޅު އެޅުމަށް ބާރަށު ކައުންސިލުން ވަނީ ގޮވާލާފައެވެ. އަދި މިހާރުން މިހާރަށް އެޖަމިއްޔާ ޢުވާލުމަށް ގޮވާލާފައި ވެއެވެ.

Ad
df

އެމްޑީއެންގެ މި ރިޕޯޓާއި ގުޅިގެން ބައެއް ފަރާތްތަކުން މިހާރު ފުލުހުންގެ ތަޙްޤީގަށް ހާޒިރު ކުރަން ފަށާފައިވާއިރު އަދިވެސް ގިނަ ކައުންސިލް ތަކާއި ރާއްޖޭގެ ދީނީ އިލްމުވެރިންނާއި އެތައް ރައްޔިތުންނެއް ދަނީ އެމްޑީއެން އުވާލުމަށް ގޮވާލަމުންނެވެ. ޔޫތު މިނިސްޓްރީން ވަނީ މައްސަލަ ތަހްގީގު ކުރަމުންދާތީވެ އެޖަމިއްޔާ ސަސްޕެންޑް ކޮށްފައެވެ.