ކެލާ، ވަށަފަރު، ފިއްލަދޫ، ބާރަށް އަދި ހަނިމާދޫ އިން ކުޅުދޫފުއްޓަށް އެމްޓީސީސީގެ ލޯންޗް ފެރީގެ ހިދުމަތްތައް ފަށައިފި އެވެ.
ދަތުރުތައް އޮންނާނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރާއި އާދިއްތަ ދުވަހާއި އަންގާރަ އަދި ބުރާސްފަތި ދުވަހު އެވެ.
ދެކޮޅަށް ދަތުރުތައް އޮންނައިރު، ދަތުރު ރޫޓާއި ގަޑިތަކާއި އަގުތައްވެސް އެމްޓީސީސީން ވަނީ އިއުލާންކޮށްފަ އެވެ. ކެލާއިން ކުޅުދުއްފުއްޓަށް ހެނދުނު 6:30 ގައި ދަތުރުތައް ފަށާއިރު، ކުޅުދުއްފުށިން ކެލާއަށް ދަތުރުތައް އޮންނާނީ މެންދުުރުފަހު 2:30ގައި އެވެ. މި ރޫޓުގެ އަގުތައް އުޅެނީ 75 ރުފިޔާއިން 250 ރުފިޔާއާ ދެމެދުގައި އެވެ.
MTCC's north speed ferry route S105's schedule. This route connects islands from Ha. Kelaa to H.dh. Kulhudhuffushi. pic.twitter.com/F8rsMI8PFt
— MTCC Plc (@MTCCPlc) October 5, 2019
ކެލާއިން ކުޅުދުއްފުއްޓަށް އަދި ކުޅުދުއްފުށިން ކެލާއަށް ފުރާ ގަޑިތައް:
- 6:30 ގައި ކެލާއިން ވަށަފަރަށް
- 6:45 ގައި ވަށަފަރުން ފިއްލަދޫއަށް
- 7:00 ގައި ފިއްލަދޫއިން ބާރަށަށް
- 7:15 ގައި ބާރަށުން ހަނިމާދޫއަށް
- 7:30 ގައި ހަނިމާދޫ އިން ކުޅުދުއްފުއްޓަށް
- 2:30 ގައި ކުޅުދުއްފުށިން ހަނިމާދޫއަށް
- 2:55 ގައި ހަނިމާދޫ އިން ބާރަށަށް
- 3:10 ގައި ބާރަށުން ފިއްލަދޫއަށް
- 3:25 ގައި ފިއްލަދޫއިން ވަރަފަރަށް
- 3:40 ގައި ވަރަފަރުން ކެލާއަށް
ލޯންޗް ފެރީގެ ދަތުރުތައް ފެށުން އިފްތިތާހް ކޮށްދެއްވާފައިވަނީ މިއަދު ކެލާގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ސީއީއޯ ހުސެއިން ޝާހްއެވެ.
ޝާހް ވިދާޅުވީ ފެރީގެ ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށް ފެރީތައް އަޕްޑޭޓް ކުރަންޖެހޭ ކަމަށާއި ހިދުމަތްތައް ފުޅާކޮށް ދަތުރުތައްވެސް އެކި ހިސާބުތަކަށް ފުޅާކުރަންޖެހޭ ކަމަށެވެ.
އެމްޓީސީސީގެ ނޯތު ސްޕީޑް ފެރީ ރޫޓް S105 ގެ ދަތުރުފަތުރުގެ ތާވަލު: މި ރޫޓަކީ ހއ. ކެލާ އިން ފެށިގެން ހދ. ކުޅުދުއްފުށްޓާއި ހަމަޔަށް ގުޅުވައިދޭ ސްޕީޑް ފެރީ ރޫޓް pic.twitter.com/K8CmrahSst
— MTCC Plc (@MTCCPlc) October 5, 2019
ޓިކެޓް ފުރާ ދުވަހުގެ އެއްދުވަސް ކުރިން ނަގަންޖެހޭނެ ކަމަށާއި ކޮންމެ ދުވަހެއްގެވެސް ހެނދުނު 8:00 އާއި ރޭގަނޑު 10:00 އާ ދެމެދު ޓިކެޓް ނެގޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
ޓިކެޓް ނަގަން ބޭނުންވާ ފަރާތްތަކުން 3001462، 3001463 ނަމްބަރާ ގުޅުވުމުން ޓިކެޓް ލިބޭނެކަމަށް އެމްޓީސީސީން މައުލޫމާތުދެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!