‎إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ‎

https://thiladhun.com/8657

Ad
rt

ފުރާވަރު އުމުރުގައި ކޮންމެ ކުއްޖަކު ވެސް ރައްޓެހިންނާއެކު ކުޅެ ސަކަރާތް ޖަހަން ބޭނުން ވާނެއެވެ. ސްކޫލުގައި މޮޅަށް ކިިޔަވައި މައިބަފައިން ފަހުރުވެރިކޮށްދޭން ބޭނުން ވާނެއެވެ. ނަމަވެސް ހއ. ބާރަށަށް އުފަން ރާސިހު މުހައްމަދު މިއަދު މިވަނި މިހުރިހާ ކަމަކުން މަހްރޫމްވެފައެވެ. ލެއަށް ކެންސަރުޖެހި މަރާއި ހަނގުރާމަ ކުރަންޖެހިފައެވެ.

މީގެ މަހެއްހަ ދުވަސް ކުރީގެ ވާހަކައެކެވެ. އުމުރުން 14 އަހަރުގެ ރާސިހަކީ އާންމުކޮށް ސްކޫލަށްދާން ބޮޑާ ހާކާ ކުއްޖެއް ނޫނެވެ. ނަމަވެސް ފަހަކަށް އައިސް ބޮލުގައި ރިއްސާ ބަނޑުގައި ރިއްސާކަމަށް ބުނެ އޭނާ ސްކޫލަށްދާން ދެކޮޅު ހަދާ ކަމަށް އޭނާގެ މައިންބަފައިން ބުންޏެވެ. އަދި ދުވަހެއް ދުވަހަކަށް ރާސިހުގެ ހާލަތު ގޯސްވެ ނޭފަތުންނާއި އަނގައިން ލޭ އިތުރުވާން ފެށިއެވެ.

ރާސިހުގެ ބައްޕަ މުހައްމަދު ރަފީގު "ތިލަދުން" އާ ވާހަކަ ދައްކަމުން ބުނީ ރާސިހު ހާލު ގޯސްވާން ފެށުމުން ބާރަށު ސިއްހީ މަރުކަޒަށް ގެންގޮސް ޓެސްޓުތަކެއް ހެދިކަމަށެވެ. އަދި ލެޔަށް ކެންސަރު ޖެހިފައިވާ ކަމަށް ލަފާ ކުރެވޭ ކަމަށް ބުނެ ދިއްދޫ އަތޮޅު ހޮސްޕިޓަލަށް ފޮނުވާލި ކަމަށެވެ. ދިއްދޫ ހޮސްޕިޓަލުން ފޮނުވާލީ މާލޭ އައިޖީއެމްއެޗް ހޮސްޕިޓަލަށެވެ.

"އައިޖީއެމްއެޗަށް އަށް ގެންދެވުނީ އެ ދުވަހުގެ ރޭގަނޑު 7:00 ހާއިރު. އެތަނުން ވެސް އެއްވެސް ޓެސްޓެއް ހެދިކަމަކަސް ނުބުނޭ. އެ މީހުން ވެސް ރަށުން ހެދި ޓެސްޓުތަކަށް ބަލާފައި ބުނީ ކެންސަރު ހެނޭ ހީވަނީ. އަވަހަށް ރާއްޖެއިން ބޭރަށް ގެންދާށޭ. ޑޮކްޓަރު ލަފަ ދިނީ ކޮޗިންގެ އަމްރިތާ ހޮސްޕިޓަލަށް ގެންދަން. ދެން އަޅުގަނޑުމެން އަވަސްވެގަތީ އާސަންދަ ހޯދައިގެން ބޭރަށް ފުރަން." ރަފީގު ބުންޏެވެ.

އޭނާ ބުނީ ޑޮކްޓަރ ބޭރަށް ފުރަން ލަފާ ދިންތާ 24 ގަޑިއިރުގެ ތެރޭގައި ފުރުމުގެ ހުރިހާ އިންތިޒާމެއް ހަމަޖެހިއްޖެ ކަމަށެވެ. ރާސިހު އާއެކީ ކޮޗިން އަށް ދިޔައީ އޭނާގެ އެއްބަނޑު އެއްބަފާ ދެ ބޭބެއެވެ. އަމްރިތާ ހޮސްޕިޓަލުން ހެދި ޓެސްޓުތަކުން ލެޔަށް ކެންސަރު ޖެހިފައިވާ ކަން ކަށަވަރުވިއެވެ. އަދި އަވަހަށް ކީމޯތެރަކީ ދޭން ފެށިއެެވެ.

ރަފީގު ބުނީ މިހާރު ހަތް ކީމޯ ރާސިހު އަށް ދީފައިވަ ކަމަށެވެ. އަދި އޭގެ ފަހުން އޭނާގެ ހާލު ރަނގަޅުވަމުން އައިސް ކުއްލިއަކަށް މޭގައި ރިއްސަން ފެށިކަމަށެވެ. މިކަމާއި ގުޅިގެން މިހާރު ޓެސްޓުތަކެއް ހަދަމުންދާ ކަމަށް އޭނާ ބުންޏެވެ. ބޮޑަށް ލަފާކުރެވެނީ މޭގައި ފެން އުފެދުނީ ކަމަށް ޑޮކްޓަރު ބުނެއެވެ.

ރަފީގު ބުނީ ބޭސްފަރުވާ އަށް އާސަންދަ ލިބުނު ނަމަވެސް އެހީވާން ދިޔަ ދެ ބޭބެގެ ހުރުމާއު ކެއުމަށް ގިނަ އަދަދަކަސް ފައިސާ ހަރަދުވާ ކަމަށެވެ. އެހެންކަމުން ރަފީގު އެދެނީ ވީހާވެސް ގިނަ ފަރާތްތަކުން އެ އާއިލާ އަށް ވީ މިންވަރަކުން އެހީތެރިކަން ފޯރުކޮށްދިނުމެވެ. އެ އާއިލާގެ އެދުމަކީ ތިޔަ އެންމެހާ ފަރާތްތަކުން ރާސިހު އަށް ހެޔޮ ދުއާ ކޮށްދިނުމެވެ01

އިތުރު މައުލޫމާތު:9662055- މުހައްމަދު ރަފީގު(ރާސިހުގެ ބައްޕަ)