މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ސައޫދީ އަރަބިއްޔާ

131 Stories filed
ޢުދުވާނާ ދެކޮޅަށް ޤަޠަރުގެ ދިފާޢުގައި ސައޫދީން ދެމިތިބޭނެ: ވަލީޢަޙުދު މުޙައްމަދު
International

ޢުދުވާނާ ދެކޮޅަށް ޤަޠަރުގެ ދިފާޢުގައި ސައޫދީން ދެމިތިބޭނެ: ވަލީޢަޙުދު މުޙައްމަދު

އިސްރާއީލުގެ ޢުދުވާނާ ގުޅިގެން ޤަޠަރު ސަރުކާރުން އަޅާނެ ހުރިހާ ފިޔަވަޅެއްގައި، އެއްވެސް އިމެއްނެތި ސަޢޫދީ ޢަރަބިއްޔާ ޤަޠަރުގެ ދިފާޢުގައި ދެމިތިބޭނެ ކަމަށް، ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަޙުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ވިދާޅުވެއްޖައެވެ. ވަލީއަހުދު މިކަން ހާމަކުރެއްވީ ބުދަ ދުވަހު ރިޔާޟްގައި، ދެ ހަރަމްފުޅުގެ ޚާދިމް ކިންގް ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ފަރާތްޕުޅުން ޝޫރާ ކައުންސިލްގެ 9 ވަނަ ދައުރުގެ ދެވަނަ އަހަރުގެ ޙަރަކާތްތައް އިފްތިތާޙުކުރައްވަމުންނެވެ. ޝޫރާ ކައުންސިލްގައި ދެއްވި އަހަރީ...

ސަޢޫދީ ފަންޑުގެ ވެރިޔާ ރައީސް މުޢިއްޒު އާއި ބައްދަލުކުރަށްވައިފި
Raajje

ސަޢޫދީ ފަންޑުގެ ވެރިޔާ ރައީސް މުޢިއްޒު އާއި ބައްދަލުކުރަށްވައިފި

ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އެސް.އެފް.ޑީ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ، ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އާއި މިއަދު ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ރައީސް އޮފީހުގައި މިނިވަންދުވަހުގެ އިޙްތިފާލުތަކާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް އިފްތިތާޙުކުރެއްވުމާ ދިމާކޮށެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް މުޙައްމަދު މުޢިއްޒު ވަނީ، ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓުގ...

ސަޢޫދީގެ އައު ސަފީރު ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
Raajje

ސަޢޫދީގެ އައު ސަފީރު ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

ސަޢޫދީ ޢަރަބިއްޔާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސަލަންސީ ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ. މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ރަސްމީ އިއްޒަތުގައި، ހަތްކޮޅުގައި، ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރުގެ ތެރޭގައި ހުންނަވައިގެން ހިންގަވާފައެވެ....

ޙައްޖާޖީންނަށް އެހީވުމަށް ލައްކައަކާ ގާތްކުރާ އަދަދެއްގެ މީހުން މިއަހަރު މަސައްކަތް ކުރި
International

ޙައްޖާޖީންނަށް އެހީވުމަށް ލައްކައަކާ ގާތްކުރާ އަދަދެއްގެ މީހުން މިއަހަރު މަސައްކަތް ކުރި

މިއަހަރު ޙައްޖާޖީންނަށް އެހީވުމަށް ޙައްޖާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ލައްކައަކާ ގާތްކުރާ އަދަދެއްގެ މީހުން މަސައްކަތް ކުރި ކަމަށް ސައުދީއަރަބިއްޔާއިން ރިޕޯޓް ކޮށްފިއެވެ. ސައުދީގެ ޙައްޖު އެންޑް އުމްރާ މިނިސްޓްރީން ބުނެފައިވާ ގޮތުގައި 94000 އަށްވުރެ ގިނަ އެހީތެރިން މިއަހަރުގެ ޙައްޖުގައި މަސައްކަތް ކުރިއެވެ. މިއީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީއަށްދާ ފަރާތްތަކަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ނަތީޖާއެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ. ޙަ...

ހައްޖު މޫސުމުގެ ހުރިހާކަމެއް ވެސް ކާމިޔާބު: ސައޫދީ
International

ހައްޖު މޫސުމުގެ ހުރިހާކަމެއް ވެސް ކާމިޔާބު: ސައޫދީ

1446 ވަނަ އަހަރުގެ ޙައްޖު މޫސުން ކާމިޔާބުކަމާއެކު އެއްވެސް ހާދިސާއެއް ނެތި ނިމުނުކަން ސަޢޫދީ ޢަރަބިއްޔާއިން އިޢުލާނުކޮށްފިއެވެ. ސައޫދީ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މައްކާ ސަރަޙައްދުގެ ޑެޕިއުޓީ އަމީރު އަދި ދާއިމީ ޙައްޖު އަދި ޢުމްރާ ކޮމިޓީގެ ނައިބު ރައީސް، އަމީރު ސަޢުދު ބިން މިޝްޢަލް ވަނީ 1446 ވަނަ އަހަރުގެ ޙައްޖު މޫސުން ސަލާމަތްތެރިކަމާއި، ސިއްޙީ އަދި ޚިދުމަތްތަކާ ގުޅޭ އެއްވެސް ހާދިސާއެއް ނެތި ކާމިޔާބުކަމާއެކު ނިމުނުކަން އިޢުލާނުކުރައްވާފައެވެ. މިނާގައި ހުންނަ ގަވަރނަރޭޓްގެ މައި މަރުކަޒުނ...

ރައީސް މުއިއްޒު، ސައުދީގެ ވަލީ އަހުދާ ބައްދަލުކުރައްވައިފި
Raajje

ރައީސް މުއިއްޒު، ސައުދީގެ ވަލީ އަހުދާ ބައްދަލުކުރައްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު، ސަޢޫދީ އަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން އާއި ބައްދަލުކުރައްވައިފިއެވެ. ސައޫދީ އަރަބިއްޔާގެ މީޑިއާއިން ބުނިގޮތުގައި ހޮނިހިރު ދުވަހު ކުރިއަށް ގެންދެވި މި ބައްދަލުވުން އޮތީ މިނާ ގަނޑުވަރުގައެވެ. ވަލީއަހުދު މިނާގައި ހުންނެވީ އަހަރީ ޙައްޖު އަޅުކަމުގެ ކަންކަން ބެއްލެވުމުގެ ތެރެއިންނެވެ. ސައޫދީ މީޑިއާއިން ބުނީ ވަލީއަހުދާއި ދިވެހިރާއްޖޭގެ ރައީސް ޑރ. މުޢިއްޒު ކުރެއްވި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ގުޅުން މުރާޖަޢާކުރައްވައި، ދެ ޤައުމުގެ...

1300 ހާޖީންނަށް ސައުދީ ރަސްގެފާނު މެހްމާންދާރީ ދެއްވަނީ
International

1300 ހާޖީންނަށް ސައުދީ ރަސްގެފާނު މެހްމާންދާރީ ދެއްވަނީ

މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީއަށްދާ 100 ގައުމަކުން 1300 މީހުންނަށް ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް، މެހެމާންދާރީ އަދާކުރެއްވުމަށް އަމުރު ކުރައްވައިފިއެވެ. މިއީ ކޮންމެ އަހަރަކު ކުރިއަށްގެންދާ “ގެސްޓްސް އޮފް ދަ ކަސްޓޯޑިއަން އޮފް ދަ ޓޫ ހޯލީ މޮސްކްސް ޕްރޮގްރާމް ފޮރ ހައްޖު، އުމްރާ އެންޑް ވިޒިޓް” ގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ. މި އިސްނެގުން ހިންގަނީ ސައުދީގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދައުވާ އެންޑް ގައިޑެންސް އިންނެވެ. މިކަމާ […]

ދިވެހި ހައްޖުވެރިން ތިބޭ ހޮޓަލުގައި ހާއްސަ ކްލިނިކެއް
Raajje

ދިވެހި ހައްޖުވެރިން ތިބޭ ހޮޓަލުގައި ހާއްސަ ކްލިނިކެއް

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައޫދީ އަށް ގޮސް ދިވެހި ހައްޖުވެރިން މައްކާގައި ތިބޭ ހޮޓަލްގައި ހައްޖާޖީންނަށް ޚާއްޞަކޮށް ކްލިނިކެއް ހުޅުވައިފިއެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި މި ކްލިނިކް ހުޅުވާފައިވާކަމަށް ވަނީ ވިދާޅުވެފައެވެ. ވަޒީރު ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގެ ހައްޖުވެރިންނަށްޓަކައި ހައްޖު މޫސުމުގައި ޚާއްޞަ ކްލިނިކެއް ހެދުމަށް ސައުދީ ސަރުކާރުންވަނީ ދިވެހި ހައްޖުމިޝަންއަށް ރަސްމީކޮށް ހުއްދަ ދ...

ޙައްޖު ހުއްދަ ނެތް 22 މީހަކު މައްކާއަށް އެތެރެކުރަން އުޅުނު އިންޑިއާ މީހަކު ހައްޔަރުކޮށްފި
International

ޙައްޖު ހުއްދަ ނެތް 22 މީހަކު މައްކާއަށް އެތެރެކުރަން އުޅުނު އިންޑިއާ މީހަކު ހައްޔަރުކޮށްފި

ޙައްޖު ހުއްދަ ނެތް 22 މީހަކު މައްކާއަށް އެތެރެކުރަން މަސައްކަތްކުރި އިންޑިއާ އަށް ނިސްބަތްވާ މީހަކު ހައްޔަރުކޮށްފިއެވެ. ސައޫދީ ދައުލަތުގެ މީޑިއާއިން ބުނެފައިވާ ގޮތުގައި ޙައްޖު ހުއްދަ ނެތް 22 ވިސާ ހޯލްޑަރުން އުފުލުމުގެ ކުށުގައި އިންޑިއާގެ ރައްޔިތެއް ޙައްޖު ސެކިއުރިޓީ ފޯސްއިން ވަނީ ހައްޔަރުކޮށްފައެވެ. ޙައްޖު ޤަވާޢިދުތަކާއި ޚިލާފްވާ މީހުންނަށް ކަނޑައެޅިފައިވާ އަދަބު މި އިންޑިއާ މީހާގެ މައްޗަށް ކަނޑައެޅުމަށްޓަކައި ކަމާބެހޭ ފަރާތަށް ފޮނުވާފައިވާކަމަށް ވެސް ސައޫދީ ދައުލަތުގެ މީޑިއާއިން ބުންޏެވެ. އެޕްރ...

ސައޫދީގެ އާމްދަނީގެ 50 އިންސައްތަ ދެން ހިއްސާކުރާނީ ތެޔޮ ނޫން ވަސީލަތްތައް: ޓްރަމްޕް
International

ސައޫދީގެ އާމްދަނީގެ 50 އިންސައްތަ ދެން ހިއްސާކުރާނީ ތެޔޮ ނޫން ވަސީލަތްތައް: ޓްރަމްޕް

ސައޫދީ އަރަބިއްޔާގެ މުސްތަގުބަލުގައި ލިބޭ އާމްދަނީގެ 50 އިންސައްތަ ހިއްސާކުރާނީ ތެޔޮ ނޫން ވަސީލަތްތައް ކަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ އަންނަ އަހަރުތަކުގައި ސައުދީ އަރަބިއްޔާގެ އާމްދަނީގެ 50 އިންސައްތަ އަންނާނީ ތެލުން ނޫން އެހެން ވަސީލަތްތަކުން ކަމަށެވެ. މިހެން އޭނާ ވިދާޅުވެފައިވަނީ ފޮކްސް ނިއުސްއަށް ދެއްވި ޓެލެވިޜަން އިންޓަވިއުއެއްގައި، ސައުދީ އަރަބިއްޔާއާއި އެހެން ދެ ގަލްފު ޤައުމަކަށް ފަހުން ކުރެއްވި ދަތުރުފުޅާ...

ސައޫދީން ހައްޖުގެ ސިއްހީ އިރުޝާދުތައްދޭ ކިޓެއް 8 ބަހަކުން ނެރެފި
International

ސައޫދީން ހައްޖުގެ ސިއްހީ އިރުޝާދުތައްދޭ ކިޓެއް 8 ބަހަކުން ނެރެފި

ސައޫދީ އަރަބިއްޔާގެ ހެލްތް މިނިސްޓްރީން 8 ބަހަކުން ތައްޔާރުކޮށްފައިވާ 1446 ވަނަ އަހަރުގެ ހައްޖު މޫސުމަށް ސިއްހީ ހޭލުންތެރިކުރުމުގެ ޚާއްސަ ކިޓެއް ނެރެފިއެވެ. ސައޫދީ ހެލްތް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި މަސައްކަތަކީ ޙައްޖު މޫސުމުގައި ޢާންމު ޞިއްޙަތާއި ބަލިތަކުން ރައްކާތެރިވުމާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް އެހީތެރިވެދޭ އަދި ޞިއްޙީ ދާއިރާ ތަރައްޤީކުރުމުގެ ޕްރޮގްރާމާއި ޙައްޖުވެރިންގެ ތަޖުރިބާ ރަނގަޅުކުރުމުގެ ޕްރޮގްރާމުގެ މަޤްޞަދުތަކާ އެއްގޮތްވާ މަސައްކަތެކެވެ...

ސައޫދީ ދަރިވަރުން އޮހާޔޯގެ އައިއެސްއީއެފްގައި 23 އެވޯޑް ހޯދައިފި
International

ސައޫދީ ދަރިވަރުން އޮހާޔޯގެ އައިއެސްއީއެފްގައި 23 އެވޯޑް ހޯދައިފި

ސައުދީ އަރަބިއްޔާގެ ޤައުމީ ޓީމުން ރީޖެނެރޮން އިންޓަރނޭޝަނަލް ސައިންސް އެންޑް އިންޖިނިއަރިންގ ފެއަރ (އައިއެސްއީއެފް 2025) އިން 23 އެވޯޑެއް ހޯދައިފިއެވެ. މީގެ ތެރޭގައި 14 ގްރޭންޑް ޕްރައިޒާއި 9 ސްޕެޝަލް އެވޯޑު ހިމެނެއެވެ. މި މުބާރާތް ބޭއްވާފައި ވަނީ މެއި 10 އިން 16 އަށް އޮހައިއޯގެ ކޮލަމްބަސްގައެވެ. 70 ޤައުމަކުން 1،700 އަށްވުރެ ގިނަ ބައިވެރިން ވާދަކުރި މި މުބާރާތުގައި ސައުދީގެ ތިން ދަރިވަރަކު ދެވަނަ ހޯދައި، ފަސް ދަރިވަރަކު ތިންވަނަ ހޯދައި، އަދި […]

ޙައްޖު ހުއްދަ ނެތި މައްކާއަށް މީހުން އެތެރެކުރަން އުޅުނު ބަޔަކު ހައްޔަރުކޮށްފި
International

ޙައްޖު ހުއްދަ ނެތި މައްކާއަށް މީހުން އެތެރެކުރަން އުޅުނު ބަޔަކު ހައްޔަރުކޮށްފި

ޙައްޖު މޫސުމަށް ތައްޔާރުވުމުގެ ގޮތުން ސަޢޫދީ ޢަރަބިއްޔާއިން ޙައްޖު ޤަވާޢިދުތައް ހަރުދަނާކުރުމުގެ މަސައްކަތް ފެށުމާއެކު، ޙައްޖު ހުއްދަ ނެތި މައްކާއަށް މީހުން އެތެރެކުރަން މަސައްކަތްކުރި ދެ ބިދޭސީން ހައްޔަރުކޮށްފިއެވެ. މިދިޔަ ހަފްތާގައި ހިނގި ވަކިވަކި ހާދިސާތަކުގައި، ޙައްޖު ހުއްދަ ނެތި މީހުން އުފުލަން މަސައްކަތްކުރި ދެ މީހަކު ސެކިއުރިޓީ ބާރުތަކުން ހައްޔަރުކޮށްފައިވާއިރު، މި ޢަމަލުތަކަކީ އަހަރީ ޙައްޖު އަޅުކަން ރައްކާތެރިކަމާއި އިންތިޒާމާއެކު ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވާ ޤަވާޢިދުތަކާ ޚިލާފު...

ޣައްޒާގެ ހޮސްޕިޓަލަށް އިސްރާއީލުން ދިން ހަމަލާ ސައޫދީން ކުށްވެރިކޮށްފި
International

ޣައްޒާގެ ހޮސްޕިޓަލަށް އިސްރާއީލުން ދިން ހަމަލާ ސައޫދީން ކުށްވެރިކޮށްފި

ޣައްޒާގެ އަލް-މަމަދާނީ ހޮސްޕިޓަލަށް އިސްރާއީލުގެ އޮކިއުޕޭޝަން ބާރުތަކުން ދިން ހަމަލާ ސަޢޫދީ ޢަރަބިއްޔާއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މި ކަން ހާމަކޮށްފައިވަނީ ސަޢޫދީ ޢަރަބިއްޔާގެ ފޮރިން މިނިސްޓްރީންނެވެ. މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ ބައިނަލްއަޤްވާމީ ހުރިހާ ޤާނޫނުތަކާއި އުސޫލުތަކާ ޚިލާފު ޢަމަލެއް ކަމަށެވެ. އަދި ޚާއްޞަކޮށް ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނާ ޚިލާފު ކަމެއް ކަމަށް ފާހަގަކޮށްފައިވެއެވެ. މި ހަމަލާއާ ގުޅިގެން ސަޢޫދީ ޢަރަބިއްޔާއިން ވަނީ ބައިނަލްއަޤްވާމީ މ...

ސަޢޫދީ ފަންޑްގެ ވެރިޔާ، ރައީސް މުޢިއްޒާ ބައްދަލުކުރައްވައިފި
Raajje

ސަޢޫދީ ފަންޑްގެ ވެރިޔާ، ރައީސް މުޢިއްޒާ ބައްދަލުކުރައްވައިފި

ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓް (ސައޫދީ ފަންޑް)ގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ، ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއި މިއަދު ބައްދަލުކުރަށްވައިފިއެވެ. ރައީސް އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދަށް ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް ޤަބޫލުކުރެއްވި ކަމަށްޓަކައި މަރުޙަބާ ދަންނަވާފައެވެ. މި ޝަރަފު އެ މަނިކުފާނަށް އެރުވުނީ، އެ މަނިކުފާނުގެ […]