ރައީސް ޑރ. މުހައްމަދު މުއިއްޒު، ސަޢޫދީ އަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން އާއި ބައްދަލުކުރައްވައިފިއެވެ.

ސައޫދީ އަރަބިއްޔާގެ މީޑިއާއިން ބުނިގޮތުގައި ހޮނިހިރު ދުވަހު ކުރިއަށް ގެންދެވި މި ބައްދަލުވުން އޮތީ މިނާ ގަނޑުވަރުގައެވެ. ވަލީއަހުދު މިނާގައި ހުންނެވީ އަހަރީ ޙައްޖު އަޅުކަމުގެ ކަންކަން ބެއްލެވުމުގެ ތެރެއިންނެވެ.

Ad
rt

ސައޫދީ މީޑިއާއިން ބުނީ ވަލީއަހުދާއި ދިވެހިރާއްޖޭގެ ރައީސް ޑރ. މުޢިއްޒު ކުރެއްވި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ގުޅުން މުރާޖަޢާކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އެއްބާރުލުން އިތުރުކުރެވިދާނެ ގޮތްތަކާމެދު މަޝްވަރާކުރެއްވި ކަމަށެވެ.

މީގެ އިތުރުން ދެ ބޭފުޅުން ޢީދުލް އަޟްޙާގެ ތަހުނިޔާވެސް ބަދަލުކުރެއްވި ކަމަށް ސައޫދީ މީޑިއާއިން ބުނެފަވެއެވެ.

ރައީސް މުޢިއްޒު މިވަގުތު ސައޫދީ ގައި ހުންނެވީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށެވެ.

ރައީސް މުޢިއްޒު ވަނީ އެކި ގައުމުތަކުގެ ވެރިންނާއި އިއްޒަތްތެރިންނާއި ރަސްގެފާނުގެ ހާއްސަ މެހެމާނުންގެ ގޮތުގައި ހައްޖަށް ވަޑައިގެންނެވި ބޭފުޅުންނާ އެކި ގައުމުތަކުގެ ހައްޖު މިޝަންތަކުގެ އިސްވެރިންގެ ޝަރަފްގައި ސައުދީ ރަސްގެފާނު އަދި ދެ ހަރަމްފުޅުގެ ވެރިޔާ ސަލްމާން ބިން އަބްދުލް އަޒީޒުގެ ފަރާތްޕުޅުން ވަލީ އަހުދު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވެސް ބައިވެރިވެވަޑައިގެންފައެވެ.