މިއަހަރު ޙައްޖާޖީންނަށް އެހީވުމަށް ޙައްޖާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ލައްކައަކާ ގާތްކުރާ އަދަދެއްގެ މީހުން މަސައްކަތް ކުރި ކަމަށް ސައުދީއަރަބިއްޔާއިން ރިޕޯޓް ކޮށްފިއެވެ.

ސައުދީގެ ޙައްޖު އެންޑް އުމްރާ މިނިސްޓްރީން ބުނެފައިވާ ގޮތުގައި 94000 އަށްވުރެ ގިނަ އެހީތެރިން މިއަހަރުގެ ޙައްޖުގައި މަސައްކަތް ކުރިއެވެ. މިއީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީއަށްދާ ފަރާތްތަކަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ނަތީޖާއެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

Ad
rt

ޙައްޖުގެ ކަންކަން ކުރިއަށްދާގޮތް ބެލުމަށް ޙައްޖު އެންޑް އުމްރާ މިނިސްޓްރީން ވަނީ 70،000 އަށްވުރެ ގިނަ ފީލްޑް އިންސްޕެކްޝަން ކުރިއަށްގެންގޮސްފައެވެ. އެގޮތުން، ޙައްޖާޖީންނާއި ޙައްޖުވެރިން ތިބޭ ތަންތަނާއި ކޭމްޕުތަކާއި ބަދިގެތައް އަދި އެކި އޮޕަރޭޝަނަލް ފެސިލިޓީތައް ބަލާފައިވާ ކަމަށަ ބުނެއެވެ.

ސައުދީގެ “ނުސުކް ކެއާ” ގެ ދަށުން 845000 އަށްވުރެ ގިނަ ފަރާތަކަށް ޚިދުމަތް ވަނީ ދީފައެވެ. މީގެ ތެރޭގައި ސިއްޙީ ގޮތުންނާއި ނަފްސާނީ އެހީތެެރިކަމާއި ބަސް ދޭހަކޮށްދިނުން ފަދަ ޚިދުމަތް ހިމެނެއެވެ.

މިއަހަރުގެ ޙައްޖުގައި ޙައްޖާޖީންނަށް އެހީވި މީހުންގެ ތެރޭގައި ހިލޭ ސާބަހަށް 3000 މީހުން މަސައްކަތް ކުރި ކަމަށްވެސް ޙައްޖު އެންޑް އުމްރާ މިނިސްޓްރީން ބުނެއެވެ.