މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު Northern Atolls އަށް (15:00 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
Topic Archive

#މޯލްޑިވްސް ޕޮލިސް ސާވިސް

1,923 Stories filed
ކޭއެފްސީގެ ބިއްލޫރިގަނޑު ތަޅާލިކަމަށް ތުހުމަތުވާ މީހާގެ ބަންދަށް 30 ދުވަސް
Raajje

ކޭއެފްސީގެ ބިއްލޫރިގަނޑު ތަޅާލިކަމަށް ތުހުމަތުވާ މީހާގެ ބަންދަށް 30 ދުވަސް

މާލޭގައި ހުންނަ ކޭއެފްސީ ރެސްޓޯރެންޓްގެ ބިއްލޫރިގަނޑު ތަޅާލިކަމަށް ތުހުމަތުވާ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 30 ދުވަސް ޖަހައިފިއެވެ. މި މަހުގެ 15 ވަނަ ދުވަހުގެ ރޭ ކޭއެފްސީ ރެސްޓޯރަންޓްގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައިގެ ތުހުމަތުގައި ފުލުހުން އިއްޔެ ވަނީ 48 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ. ފުލުހުން މިއަދު ބުނީ، އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޟިރުކުރުމުން އެމީހާ 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. ކޭއެފްސީ ރެސްޓޯރަންޓްގެ ބިއްލޫ...

ޓިކްޓޮކްގައި ހިނގި ދެބަސްވުމަކާއި ގުޅިގެން ގެއަކަށް ވަދެ ހަމަނުޖެހުން ހިންގަން އުޅެފި
Raajje

ޓިކްޓޮކްގައި ހިނގި ދެބަސްވުމަކާއި ގުޅިގެން ގެއަކަށް ވަދެ ހަމަނުޖެހުން ހިންގަން އުޅެފި

ޓިކްޓޮކް ލައިވްއެއްގައި ހިނގި ދެބަސްވުމަކާއި ގުޅިގެން މާލޭގެ ގެއަކަށް ވަދެ ހަމަނުޖެހުން ހިންގަން އުޅުނު މައްސަލައަކަށް އެޓެންޑްވެފައިވާކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ފުލުހުން ބުނީ، ޓިކްޓޮކް ލައިވްއެއްގައި ހިނގި ދެބަސްވުމަކާއި ގުޅިގެން މިއަދު ހެނދުނު މާލޭގެ މާފަންނުގައި ހުންނަ ގެއަކަށް ވަދެ ދެ މީހަކު ހަމަނުޖެހުން ހިންގަން އުޅުނު މައްސަލައެއް އެ އިދާރާއަށް ހުށަހެޅުނު ކަމަށެވެ. އެ މައްސަލައާއި ގުޅިގެން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެމީހުން މިހާރ...

މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަނީ
Raajje

މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަނީ

ފުލުހުން ތަހުގީގު ކުރަމުންދާ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ބަންގްލަދޭޝް ރައްޔިތަކު ހޯދުމަށް ފުލުހުން އިޢުލާންކޮށްފި އެވެ. މި މައްސަލައާ ގުޅިގެން ހޯދަމުންދަނީ 23 އަހަރުގެ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ޓަފްޖޮލް މިޔާ ނަމަކަށް ކިޔާ ޒުވާނެކެވެ. ޓަފްޖޮލް މިޔާ ހޯދަމުންދަނީ 2024 ޖުލައި 18 ވަނަ ދުވަހުގެ ވަގުތެއްގައި ހުޅުމާލެ ފޭސް 2 ވިނަރެސް ފްލެޓް ކައިރީ އޮތް ހުސްބިމުގައި ބާއްވާފައި އޮތް ކާރަކުން ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 6 ކޭސް ފެނިފައިވާ މައްސަލައާ ގުޅިގެން ހައްޔަރުކުރުމަށްޓަކ...

އަނެއްކާ ވެސް ކޭއެފްސީގެ ބިއްލޫރިގަނޑު ތަޅާލައިފި
Raajje

އަނެއްކާ ވެސް ކޭއެފްސީގެ ބިއްލޫރިގަނޑު ތަޅާލައިފި

އަނެއްކާ ވެސް މާލޭގައި ހުންނަ ކޭއެފްސީ ރެސްޓޯރެންޓްގެ ބިއްލޫރިގަނޑު ތަޅާލައިފިއެވެ. މާލޭ އަމީނީ މަގުގައި ހުންނަ އެ ރެސްޓޯރެންޓްގެ ބިއްލޫރިގަނޑު މި މަހުގެ 15 ވަނަ ދުވަހުގެ ރޭ ފަތިހު ވެސް ވަނީ ތަޅާލާފައެވެ. ފުލުހުން މިއަދު ބުނީ، ކޭއެފްސީ ރެސްޓޯރެންޓްގެ ބިއްލޫރިގަނޑު ރޭ ފަތިހު 4:32 ހާއިރު، ގާބުރިއަކުން ޖަހާ ތަޅާލާފައިވާ ކަމަށް އެ އިދާރާ އަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި މައްސަލާގައި އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށާއި، މި މައްސަލަ ބަލަމުން އަންނަކަމަށް […]

މަކަރާއި ހީލަތުން ޑޮލަރު ވިޔަފާރިކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި
Raajje

މަކަރާއި ހީލަތުން ޑޮލަރު ވިޔަފާރިކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

މަކަރާއި ހީލަތުން ޑޮލަރު ވިޔަފާރިކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ، މަކަރާއި ހީލަތުން ޑޮލަރު ވިޔަފާރިކުރަން އުޅުނު މީހެއްގެ މައްސަލަ އެ އިދާރާއަށް އިއްޔެ ހުށަހެޅުނު ކަމަށެވެ. މި މައްސަލައާއި ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަވެއެވެ. އުމުރުން 46 އަހަރުގެ މި މީހާގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިޔުމުން އެމީހާގެ ބަންދަށް ވަނީ 10 ދުވަސް ޖަހާފައެވެ. މަކަރާއި ހީލަތުން އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް […]

މީހަކު ރަހީނުކުރި މައްސަލައެއް، ތިން މީހަކު ހައްޔަރުކޮށްފި
Raajje

މީހަކު ރަހީނުކުރި މައްސަލައެއް، ތިން މީހަކު ހައްޔަރުކޮށްފި

މާލޭގައި މީހަކު ރަހީނުކުރި މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ، މާލޭގެ ގެއެއްގައި ދިވެހި ފިރިހެނަކު ރަހީނުކޮށްގެން ގެންގުޅުނު މައްސަލައެއް އިއްޔެގެ ވަގުތެއްގައި އެ އިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި މައްސަލައާއި ގުޅިގެން ތިން ދިވެހިން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ. ހައްޔަރުކޮށްފައި ވަނީ 22 އަހަރުގެ މީހަކާއި، 27 އަހަރުގެ މީހަކާއި އަދި 30 އަހަރުގެ މީހެކެވެ. މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޟިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރު...

ފަރުވާދެމުންދާ ދެ ދަރިވަރުންގެ ހާލު އަންނަނީ ރަނގަޅުވަމުން، އެހީތެރިވި ފަރާތްތަކަށް ފުލުހުންގެ ޝުކުރު
Raajje

ފަރުވާދެމުންދާ ދެ ދަރިވަރުންގެ ހާލު އަންނަނީ ރަނގަޅުވަމުން، އެހީތެރިވި ފަރާތްތަކަށް ފުލުހުންގެ ޝުކުރު

އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (ޕޮލިސް ކޮލެޖު)ގައި ކިޔަވަމުން އަންނަ ދަރިވަރުންތަކެއް ކާނާ ވިހަވުމުގެ ހާދިސާއާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް ދިވެހި ފުލުހުންގެ ޚިދުމަތުން ޝުކުރު އަދާކޮށްފިއެވެ. މި ހާދިސާގައި ޖުމްލަ 32 ދަރިވަރަކު އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަކަމަށް ފުލުހުން ހާމަކުރީ ރޭގެ ވަގުތެއްގައެވެ. އޭގެ ތެރެއިން 5 ދަރިވަރަކަށް އައިސީޔޫގައި ފަރުވާދީފައިވާއިރު، އައިސީޔޫގައި ފަރުވާދެމުންދާ 2 ދަރި...

ޕޮލިސް ކޮލެޖުގެ ފަސް ދަރިވަރަކު އައިސީޔޫގައި، އެއް ކުއްޖެއްގެ ހާލު ސީރިއަސް
Raajje

ޕޮލިސް ކޮލެޖުގެ ފަސް ދަރިވަރަކު އައިސީޔޫގައި، އެއް ކުއްޖެއްގެ ހާލު ސީރިއަސް

އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (ޕޮލިސް ކޮލެޖު)ގައި ކިޔަވަމުން އަންނަ ފަސް ދަރިވަރަކަށް އައިސީޔޫގައި ފަރުވާދެމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މިރޭ ބުނީ އައްޑޫގައި ހުންނަ ޕޮލިސް ކޮލެޖުއި ކިޔަވަމުން އަންނަ ގިނަ ދަރިވަރުންތަކެއް ބަލިވެ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާދެމުން އަންނަކަމަށެވެ. އޭގެތެރެއިން ފަސް ދަރިވަރަކަށް އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. ”އެއް ދަރިވަރެއްގެ ހާލު ސީރިއަސް” ފުލުހުން...

ޕޮލިސް ކޮލެޖުގެ ގިނަ ދަރިވަރުންތަކެއް ބަލިވެގެން ފަރުވާދެނީ
Raajje

ޕޮލިސް ކޮލެޖުގެ ގިނަ ދަރިވަރުންތަކެއް ބަލިވެގެން ފަރުވާދެނީ

އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (ޕޮލިސް ކޮލެޖު)ގައި ކިޔަވަމުން އަންނަ ގިނަ ދަރިވަރުންތަކެއް ބަލިވެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށް ފުލުހުން މިރޭ ބުނެފިއެވެ. ފުލުހުން ބުނީ، ޕޮލިސް ކޮލެޖުގެ ގިނަ ދަރިވަރުންތަކެއް ބަލިވެ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި މިވަގުތު އެނދުމަތިކޮށް ފަރުވާދެމުން އަންނަކަމަށެވެ. މިކަން ދިމާވި ސަބަބު ހޮސްޕިޓަލް މެދުވެރިކޮށް ބަލަމުން އަންނަކަމަށް ފުލުހުން ބުންޏެވެ. ފުލުހުން އިތުރަށް ބުނިގޮތުގައި ޝައްކުކުރެވެނީ މިކަން ދިމާވި ކާނާ...

48 ދަޅާއި 13 ފުޅި ބަނގުރަލާއިއެކު ހުޅުމާލެއިން ބިދޭސީއަކު ހައްޔަރުކޮށްފި
Raajje

48 ދަޅާއި 13 ފުޅި ބަނގުރަލާއިއެކު ހުޅުމާލެއިން ބިދޭސީއަކު ހައްޔަރުކޮށްފި

48 ދަޅާއި 13 ފުޅި ބަނގުރަލާއިއެކު ހުޅުމާލެއިން ބިދޭސީ ފިރިހެނަކު ބަނގުރަލުގެ މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ. ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ރީތިގަސްމަގުން ދުއްވަމުންދިޔަ ވޭނެއް ހުއްޓުވައި ބަލައިފާސްކުރުމުން 48 ދަޅު ބަނގުރަލާއި 13 ފުޅި ބަނގުރާ ފެނިފައިވާކަމަށެވެ. ފުލުހުން ބުނީ، މި ވޭނުގައި ދުއްވަމުންދިޔަ 29 އަހަރުގެ މީހާއާމެދު ތުހުމަތުކުރެވިގެން އޭނާ ހައްޔަރުކޮށްފައިވާކަމަށެވެ. މީގެއިތުރުން، މި މަހުގެ 5 ވަނަ ދުވަހު ހުޅުމާލެ ކަންނެލި ޖެޓީގައި ހިނގި އެހެން ހާދިސާއެއްގައި 120 ދަޅު ބ...

ވިޔަފާރިވެރިންގެ މިސްކިތުން ފެންކޭސްތަކެއް ވަގަށް ނަގައިފި
Raajje

ވިޔަފާރިވެރިންގެ މިސްކިތުން ފެންކޭސްތަކެއް ވަގަށް ނަގައިފި

މާލޭގެ ވިޔަފާރިވެރިންގެ މިސްކިތުން ފެން ކޭސްތަކެއް ވަގަށް ނަގައިފިއެވެ. ފުލުހުން ބުނިގޮތުގައި، މާލޭގެ ވިޔަފާރިވެރިންގެ މިސްކިތުން ފެން ކޭސްތަކެއް ވަގަށްނެގި މައްސަލައެއް އެ އިދާރާ އަށް ވަނީ ހުށަހެޅިފައެވެ. އިއްޔެ ރިޕޯޓުކުރި މި މައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު އަދި ހައްޔަރުނުކުރާކަމަށް ފުލުހުން ވަނީ ބުނެފައެވެ. ވިޔަފާރިވެރިންގެ މިސްކިތް ހިމެނޭހެން މާލޭގެ މިސްކިތްތަކުން ވައްކަންކުރުން ވަނީ އާންމުވެފައެވެ. މިގޮތުން ވިޔަފާރިވެރިންގެ މިސްކިތުން ވެސް އެހެން ބައެއް މިސްކިތްތަކުން ވެސް ފައިވާން ވ...

ފުލުހުންނަށް ދިން ޕްރޮމޯޝަން ހުއްޓުވަން އޭސީސީއަކަށް ނޭންގޭނެ: އޭޖީ
Raajje

ފުލުހުންނަށް ދިން ޕްރޮމޯޝަން ހުއްޓުވަން އޭސީސީއަކަށް ނޭންގޭނެ: އޭޖީ

ފުލުހުންނަށް ޕްރޮމޯޝަން ދިނުން މަޑުޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިދިޔަ އަހަރު އެންގި ނަމަވެސް އެގޮތަށް ބާރު އެ ކޮމިޝަނަށް ނޯންނާނެ ކަމަށް ދައުލަތުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ. ފުލުހުންނަށް ޕްރޮމޯޝަން ދިނުން މަޑުޖައްސާލަން އޭސީސީ އިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެންގި އެންގުމަށް ފުލުހުން އަމަލު ނުކުރުމުން އެ ކޮމިޝަނުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އެ ކޮމިޝަންގެ އެންގުމަށް އަމަލު ކުރަންޖެހޭނެ ކަމަށް ބުނެ އެވެ. އެ […]

ޖަޕާނުން ދިވެހި ފުލުހުންނަށް އެއްގަމު އުޅަނދު ހަދިޔާކޮށްފި
Raajje

ޖަޕާނުން ދިވެހި ފުލުހުންނަށް އެއްގަމު އުޅަނދު ހަދިޔާކޮށްފި

ޖަޕާން ސަރުކާރުން ދިވެހި ފުލުހުންގެ ޚިދުމަތަށް އެއްގަމު އުޅަނދު މިއަދު ހަދިޔާކޮށްފިއެވެ. މިކަމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ފުލުހުންގެ މަރުކަޒު، އިސްކަންދަރު ކޮށީގައެވެ. މި ރަސްމިޔާތުގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މި އުޅަނދުތަކާ ހަވާލުވެލެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއުއެވެ. ޖަޕާން ސަރުކާރުގެ ފަރާތުން މިތަކެތި ހަވާލުކޮށްދެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗީ މިދޮރީއެވެ. ޖަޕާން ސަރުކާރުން ދިވެހި ފުލުހުންގެ ޚިދުމަތަށް މިއަދު ހަ...

ކޮއްޓެއްގައި ދެ މީހަކު ރަހީނުކުރި މައްސަލަ ފުލުހުން ބަލަނީ
Raajje

ކޮއްޓެއްގައި ދެ މީހަކު ރަހީނުކުރި މައްސަލަ ފުލުހުން ބަލަނީ

ކޮއްޓެއްގައި ދެ މީހަކު ރަހީނުކުރި މައްސަލައެއް ބަލަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ. މީސްމީޑިއާގައި ވަނީ ދެ މީހަކު ދޫނިކޮށްޓެއްގައި ރަހީނުކޮށްފައި ތިބޭ މަންޒަރު ފެންނަ ވީޑިއޯތަކެއް އާންމުވެފައެވެ. އެ ވީޑިއޯތަކުގައި ދެ މީހަކު ދޫނިކޮށްޓެއްގައި ބަންދުކޮށްފައި ތިބޭއިރު، ފައިސާގެ މުއާމަލާތެއްގެ ވާހަކަ ދައްކާ އަޑު އެއް ވީޑިއޯއިން އިވެއެވެ. ޓިކްޓޮކްގައި އާންމުކޮށްފައިވާ މި ދެ ވީޑިއޯތަކުގައި ކޮށީގައި ހުންނަ އެކަކު ފައިސާ ހޯދައިދޭނެކަމުގެ ޔަގީންކަން ދޭ އަޑުވެސް އިވެއެވެ. ފުލުހުން މިއަދު ބުނީ އެ ވީޑި...

ސިހުރުގެ މައްސަލައެއްގައި ހައްޔަރުކުރި ޝަމްނާޒާއި ކޮއްކޮ ދޫކޮށްލައިފި
Raajje

ސިހުރުގެ މައްސަލައެއްގައި ހައްޔަރުކުރި ޝަމްނާޒާއި ކޮއްކޮ ދޫކޮށްލައިފި

ސިހުރުގެ މައްސަލައިގައި ހައްޔަރުކުރި އެންވަޔަރަމަންޓް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ އާއި އޭނާގެ ކޮއްކޮ ހައްވާ ސަނާ ސަލީމް މިއަދު ދޫކޮށްލައިފިއެވެ. ފުލުހުން ބުނީ ޖޫން 23 ވަނަ ދުވަހު ފުލުހުން ތަހުގީގު ކުރަން ފެށި މައްސަލައާ ގުޅިގެން ހައްޔަރު ކުރި 40 އަހަރުގެ އަންހެން މީހާއާއި 26 އަހަރުގެ އަންހެން މީހާ އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނާތީ ދޫކޮށްލާފައިވާ ކަމަށެވެ. އެއީ ޝަމްނާޒާއި އޭނާގެ ކޮއްކޮއެވެ. ޝަމްނާޒާއި އިތުރު ދެ މީހުން […]