މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު Northern Atolls އަށް (15:00 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
Topic Archive

#މޯލްޑިވްސް ޕޮލިސް ސާވިސް

1,923 Stories filed
ކޯޓު އަމުރު އޮތަސް ތުހުމަތުކުރެވޭ ފަރާތުގެ އަންނައުނު ބާލުވައިގެން ފޮޓޯ ނުނަގާނެ: ފުލުހުން
Raajje

ކޯޓު އަމުރު އޮތަސް ތުހުމަތުކުރެވޭ ފަރާތުގެ އަންނައުނު ބާލުވައިގެން ފޮޓޯ ނުނަގާނެ: ފުލުހުން

ކޯޓު އަމުރެއް އޮތް ނަމަވެސް ތުހުމަތުކުރެވޭ ފަރާތުގެ އަންނައުނު ބާލުވައިގެން ފޮޓޯ ނެގުމަކީ ފުލުހުން ކުރާ ކަމެއް ނޫން ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ. ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖިނާއީ ތަޙުޤީޤަކަށް މީހެއްގެ ފޮޓޯ ނުވަތަ އަޑުގެ ސާމްޕަލް ނަގަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރެވޭނީ އެ ފަރާތުގެ ރުހުމާއެކު ނުވަތަ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އަދި މިފަދަ ސާމްޕަލްތައް ހިމެނެނީ ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލްގެ ގޮތުގައި ކަމަށް […]

ފުރާޅެއް މައްޗަށް ވެއްޓުނު ޒުވާން އަންހެނަކަށް ފަރުވާދެނީ
Raajje

ފުރާޅެއް މައްޗަށް ވެއްޓުނު ޒުވާން އަންހެނަކަށް ފަރުވާދެނީ

މާލޭ ހެންވޭރު ސަރަޙައްދުގައި ހުރި އިމާރާތެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުންގެ ޚިދުމަތުން ހާމަކުރި ގޮތުގައި، ވެއްޓިފައިވަނީ 21 އަހަރުގެ ދިވެހި އަންހެނެކެވެ. މި ހާދިސާގެ ރިޕޯޓު ފުހުންނަށް ހުށަހަޅާފައި ވަނީ ހެނދުނު 7:23 ހާއިރު އެވެ. ފުލުހުން ބުނިގޮތުގައި އެމް.އެން.ޑީ.އެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ އެހީތެރިކަމާއެކު އެ އަންހެން މީހާ ވަނީ އައި.ޖީ.އެމް. ހޮސްޕިޓަލަށް ގެންގޮސް، ފަރުވާ ދޭން ފަށާފައެވެ. މި...

ހުޅުމާލެއިން މަސްތުވާތަކެއްޗާއެކު ނިބޫ ދެބެން ހައްޔަރުކޮށްފި
Raajje

ހުޅުމާލެއިން މަސްތުވާތަކެއްޗާއެކު ނިބޫ ދެބެން ހައްޔަރުކޮށްފި

ހުޅުމާލޭގައި ދިރިއުޅެމުންދިޔަ ނިބޫން ދެބެން (ޓުވިންސް) މަސްތުވާތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ. މި ނިބޫން ހައްޔަރުކުރެވުނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް، ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓް ޓީމް އަދި ފޭސް 1 އިންވެސްޓިގޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައިކަމަށް ފުލުހުން ބުނެފައިވެ އެވެ. ހައްޔަރުކުރެވުނު ދެ މީހުންނަކީ މ. އަލިހަވާ / މާލެ އަދި މިހާރު ހުޅުމާލޭގެ ލޮޓެއްގައި ދިރިއުޅެމުންދާ ރާއިފް ޔޫސުފް (28 އަހަރު) އާއި ރާއިގް ޔޫސުފް (28 އަހަރު) އެވެ. މި ދެ މީހުން […]

ކުޅުދުއްފުށި ސިޓީ ބަނދަރުގައި ސީސީޓީވީ ކެމެރާ ހަރުކުރަން ސިޓީ ކައުންސިލަށް
Raajje

ކުޅުދުއްފުށި ސިޓީ ބަނދަރުގައި ސީސީޓީވީ ކެމެރާ ހަރުކުރަން ސިޓީ ކައުންސިލަށް

ހދ. ކުޅުދުއްފުށި ސިޓީ ބަނދަރުގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި ކުޅުދުއްފުށި ސިޓީ ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވުނީ މިއަދު ކުޅުދުއްފުށި ސިޓީ ކައުންސިލްގައެވެ. މި ރަސްމިއްޔާތުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރެއްވީ އަޕަރ ނޯތު ޕޮލިސް ކޮމާންޑަރު، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހީމް ޒުހުރީއެވެ. އަދި ކުޅުދުއްފުށި ސިޓީ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކުޅުދުއްފުށި ސިޓީގެ މ...

ފުލުހުންގެ އަހަރީ ދުވަހާ ގުޅިގެން މޭވާގަސް އިންދުމުގެ ޕްރޮގްރާމް ށ.އަތޮޅުގައި ފަށައިފި
Thiladhunmathi News

ފުލުހުންގެ އަހަރީ ދުވަހާ ގުޅިގެން މޭވާގަސް އިންދުމުގެ ޕްރޮގްރާމް ށ.އަތޮޅުގައި ފަށައިފި

ށ އަތޮޅުގެ ރަށްތައް ހިމެނޭހެން ދިވެހި ފުލުހުންގެ 92 ވަނަ އަހަރީ ދުވަހާ ގުޅިގެން ފުލުހުން ގާއިމުވެތިބި ރަށްރަށުގައި މޭވާ ގަސް އިންދުމުުގެ ހަރަކާތްތަކެއް ފަށައިފިއެވެ. ފުލުހުން ދިވާޅުވި ގޮތުގައި އަޕަރ ނޯތު ޕޮލިސް ގެ ހުރިހާ ރަށެއްގައި ވަރަށް ފުރިހަމަ އަށް މި ހަރަކާތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ކޮމަންޑޫ އާއި ފޯކައިދޫގެ އިތުރުން ފޭދޫ ގައިވެސް މި ހަރަކާތް ކުރިއަށްގެންގޮސްފައިވެއެވެ. އަދި ހަރަކާތުގައި ބައިވެރިވުމުުގެ ގޮތުން އެ ރަށެއްގައި މަސައްކަތްކުރާ ފުލުހުންނާއި […]

މާލޭގައި ނޭޕާލު މީހަކަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލައިފި
Raajje

މާލޭގައި ނޭޕާލު މީހަކަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލައިފި

މާލޭގައި ނޭޕާލު މީހަކަށް ވަޅިން ހަމަލާދީ ރޭ ޒަޚަމްކޮށްލައިފިއެވެ. ފުލުހުން ބުނިގޮތުގައި މާލޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއް އެ އިދާރާއަށް ރިޕޯޓްކޮށްފައި ވަނީ ރޭ 11:58 ހާއިރުއެވެ. މި މާރާމާރީ ހިނގާފައިވަނީ މާލޭގެ ކުރިކީލަ މަގުގައެވެ. ފުލުހުންގެ ޚިދުމަތުން ބުނާ ގޮތުގައި މި މާރާމާރީގައި އަނިޔާވެފައިވަނީ ނޭޕާލުގެ ފިރިހެނެކެވެ. އޭނާއަށް ލިބުނު އަނިޔާ އަށް ފަރުވާދިނުމަށްޓަކައި އައި.ޖީ.އެމް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، ހޮސްޕިޓަލުން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުނ...

ވަގަށް ނެގި ކާރެއް ހޯދައި ވެރިފަރާތާއި ހަވާލުކޮށްފި
Raajje

ވަގަށް ނެގި ކާރެއް ހޯދައި ވެރިފަރާތާއި ހަވާލުކޮށްފި

ހުޅުމާލެގައި ޕާކުކޮށްފައި އޮތް ކާރެއް ވަގަށް ނެގުމުން، ފުލުހުންގެ މަސައްކަތުން އެ ކާރު ފުލުހުން ހޯދައި، އޭގެ ވެރިފަރާތާ ހަވާލުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި، ހުޅުމާލެ ފިތުރޯނު މަގުގައި ރޭ 23:50 އެހާކަށްހާއިރު ޕާކުކުރި ކާރު، 1 ގަޑި އިރާއި 15 މިނެޓް ވަރު ފަހުން ކާރު ޕާކު ކުރި ސަރަހައްދުގައި ނެތުމުން ކާރު ތެރޭގައި ތަޅުދަނޑި ބޭއްވިފައިވާކަމަށް ބުނެ ކާރުގެ ވެރިމީހާ ވަގުތުން ފުލުހުންނަށް ރިޕޯޓް ކޮށްފައިވެއެވެ. ފުލުހުން މި މައްސަލަ ތަހުގީގުކޮށް ސީސީޓީވީ ކެމެރާ ފުޓޭޖުން ބެލި […]

ފޭދޫ ލިންކު ރޯޑުގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ
Raajje

ފޭދޫ ލިންކު ރޯޑުގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ

އައްޑޫ ސިޓީ ފޭދޫ ލިންކު ރޯޑުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 36 އަހަރުގެ ޒުވާނަކު ނިޔާވެއްޖެއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ މިރޭ 19:29 ހާއިރު ސައިކަލަކާއި ކާރެއް ޖެހިގެންކަމަށް ފުލުހުން މީޑިއާތަކަށް މަޢުލޫމާތުދީފައިވެއެވެ. ފުލުހުންގެ މަޢުލޫމާތު ދޭގޮތުގައި، މި އެކްސިޑެންޓުގައި ސައިކަލު ދުއްވަމުން ދިޔަ ފޭދޫ / އުލްފަތު އިބްރާހިމް ސިޔާދު (36 އަހަރު) ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. އޭނާ ވަގުތުން ސިއްޙީ މަރުކަޒަށް ގެންދެވުނު އިރުވެސް ނިޔާވެފައިވާ ކަމަށް ސިއްޙީ މަރުކަޒުން ފުލުހުންނަށ...

އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެ
Raajje

އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެ

ލާމު ލިންކް ރޯޑުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 30 އަހަރުގެ ޒުވާނަކު ނިޔާވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ 2025 އޭޕްރިލް 12 ވަނަ ދުވަހުގެ ފަތިހު 1:40 ހާއިރުއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ލ. މާންދޫ ބެންޑު ސަރަޙައްދުގައެވެ. އެކްސިޑެންޓްގައި އަނިޔާވި ފަރާތަކީ ލ. މާބައިދޫ، ސޫރަޖް ވިލާ، އިބްރާހިމް ނައުޒަމް (30 އަހަރު) އެވެ. އެކްސިޑެންޓް ހިނގާފައިވަނީ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސްގެންނެވެ. އަނިޔާވި ފަރާތް ވަގުތުން ހޮސްޕިޓަލަށް...

ސިހުރު ހަދާކަމުގެ ތުހުމަތުގައި ކެޔޮދޫ މީހަކު ހޯރަފުށިން ހައްޔަރުކޮށްފި
Thiladhunmathi News

ސިހުރު ހަދާކަމުގެ ތުހުމަތުގައި ކެޔޮދޫ މީހަކު ހޯރަފުށިން ހައްޔަރުކޮށްފި

ހއ. ހޯރަފުށީގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ސިހުރު ހެދުމުގެ ތުހުމަތުގައި ވ. ކެޔޮދޫ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގުނު މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ވ. ކެޔޮދޫ / ތިބުރޯޒުގެ، މުޙައްމަދު ޢަބްދުލްކަރީމް (34 އަހަރު) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިއަހަރުގެ އެޕްރީލް މަހުގެ 2 ވަނަ ދުވަހު ހޯރަފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައެވެ. މި މައްސަލައާ ގުޅިގެން މުޙައްމަދު ޢަބްދުލްކަރީމްގެ ބަންދާމެދު ގޮތެއް ނ...

މަޑުއްވަރީގައި ހިނގި މާރާމާރީއަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފި
Raajje

މަޑުއްވަރީގައި ހިނގި މާރާމާރީއަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

ރ. މަޑުއްވަރީގައި ހިނގި މާރާމާރީއަކާ ގުޅިގެން 35 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި، ރޭ 11:28 ހާއިރު ރ. މަޑުއްވަރީގައި ދެމީހެއްގެ ދެމެދު ހިނގި މާރާމާރީގެ މައްސަލައެއް ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ. މި މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ 35 އަހަރުގެ ދިވެހި ފިރިހެނަކު ރޭގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުންޏެވެ. މި މާރާމާރީގައި އަނިޔާވި މީހާއަށް އެ ރަށުގެ ސިއްޙީ މަރުކަޒުގައި ފަރުވާ ދީފައިވާކަމަށް ފު...

ކެފޭ އުސޫ އުސޫލުން ޑްރަގްގެ ވިޔަފާރިކުރާ 60 ތަނެއް، 14 ތަނެއް މިއަހަރު ބަންދުކޮށްފި
Raajje

ކެފޭ އުސޫ އުސޫލުން ޑްރަގްގެ ވިޔަފާރިކުރާ 60 ތަނެއް، 14 ތަނެއް މިއަހަރު ބަންދުކޮށްފި

މާލެ ސަރަހައްދުގައި ކެފޭގެ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން އަންނަކަމަށް 60 ތަނެއް ފާހަގަކުރެވިފައިވާކަމަށާއި، މިއަހަރުގެ މިހާތަނަށް 14 ތަނެއް ބަންދުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ. ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް، އަޙުމަދު ނާއިފް ވިދާޅުވެފައި ވަނީ މިއަހަރުގެ މާރިޗު 15 ވަނަ ދުވަހާ ހަމައަށް މަސްތުވާތަކެތީގެ ވިޔަފާރިކުރާ މިފަދަ 14 ތަނެއް ބަންދުކުރެވިފައިވާ ކަމަށެވެ. މިވަގުތު މާލޭގައި މިފަދަ 6 ތަނެއް އަދިވެސް އޮޕަރޭޓްވ...

މަންދީ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލައިގެ ތުހުމަތުވާ ޒުވާނަކު ހައްޔަރުކޮށްފި
Raajje

މަންދީ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލައިގެ ތުހުމަތުވާ ޒުވާނަކު ހައްޔަރުކޮށްފި

އިދިކޮޅު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އެކްޓިވިސްޓް، މަރިޔަމް ޒުބެއިރު (މަންދީ) ގެ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލައިގެ ތުހުމަތުގައި 20 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން މިއަދު ހާމަކުރި ގޮތުގައި، ގއ. ދާންދޫ / ސުލްޓާން ވިލާ، އަޙްމަދު ރިޝްމާ (20 އަހަރު) ވަނީ ކޯޓު އަމުރެއްގެ ދަށުން 2025 މާރިޗު 27 ވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް […]

ރައީސް، ފުލުހުންގެ އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި
Raajje

ރައީސް، ފުލުހުންގެ އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިއަދު ތަހުނިޔާ ފޮނުއްވައިފިއެވެ. މިއަދަކީ ދިވެހި ފުލުހުންގެ 92 ވަނަ އަހަރީ ދުވަހެވެ. ދިވެހިރާއްޖޭގައި ސިފައިންގެ ޚިދުމަތް ފެށިފައިވަނީ 1892 ވަނަ އަހަރުގެ އެޕްރީލް މަހުގެ 21 ވަނަ ދުވަހުއެވެ. ފުލުހުންގެ ޚިދުމަތް ފެށިފައިވަނީ އޭގެ 40 އަހަރު ފަހުން 1933 މާރިޗު 29 ވަނަ ދުވަހުއެވެ. ފުލުހުންގެ އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުއްވައި ރައީސް މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި […]

ފުލުހުންގެ އަހަރީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި
Raajje

ފުލުހުންގެ އަހަރީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

ދިވެހި ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ފުލުހުންގެ މަރުކަޒުތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ރަސްމިއްޔާތު މާލެ އާއި ރާއްޖޭގެ އެކި ރަށްރަށުގައި ހުންނަ ފުލުހުންގެ މަރުކަޒުތަކުގައި ބާއްވާފައިވާއިރު، މާލޭގައި ބޭއްވި ރަސްމިއްޔާތު އޮތީ ފުލުހުންގެ މައި މަރުކަޒު ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ކުރިމަތީގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިޙުސާނެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢ...