ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިއަދު ތަހުނިޔާ ފޮނުއްވައިފިއެވެ.

މިއަދަކީ ދިވެހި ފުލުހުންގެ 92 ވަނަ އަހަރީ ދުވަހެވެ. ދިވެހިރާއްޖޭގައި ސިފައިންގެ ޚިދުމަތް ފެށިފައިވަނީ 1892 ވަނަ އަހަރުގެ އެޕްރީލް މަހުގެ 21 ވަނަ ދުވަހުއެވެ. ފުލުހުންގެ ޚިދުމަތް ފެށިފައިވަނީ އޭގެ 40 އަހަރު ފަހުން 1933 މާރިޗު 29 ވަނަ ދުވަހުއެވެ.

Ad
rt

ފުލުހުންގެ އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުއްވައި ރައީސް މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޤައުމީ ޚިދުމަތުގައި، ރެޔާދުވާލު، ދިވެހި ފުލުހުން ޒިންމާދާރުކަމާއިއެކު ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރައްވާކަމުގައި ވަނީ ވިދާޅުވެފައެވެ.

މިއާއިއެކު ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ، ދިވެހި އެންމެހައި ފުލުހުންނަށާއި އެފަރާތްތަކުގެ ޢާއިލާތަކަށް ރައީސް ވަނީ ފޮނުއްވާފައެވެ.

ލުހުންގެ ޚިދުމަތް 1933 މާރިޗު 29 ވަނަ ދުވަހު ފެށުނު ނަމަވެސް ފުރަތަމަ ފުލުހުން އުފެދިގެން އައިސްފައިވަނީ ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުގައި އޭރު ތިއްބެވި ބޭފުޅުންނާއި މަޝްވަރާކުރެވި ފުލުހުންނާއި ބެހޭ ޤާނޫނެއް އެކަށައެޅުމުންނެވެ. އަދި މިޤާނޫނު ކީރިތި މަހާރަދުން (އައްސުލްތާން މުހައްމަދު ޝަމްސުއްދީން 3) ގެ ހިރިޔާ ފާތުރާދަށަށް 30 ޛުލްޤައިދާ 1351 ގައި ހުށަހެޅި މިޤާނޫނު 2 ޛުލްޙިއްޖާ 1351 ގައި ރަދުން ދަޞްދީޤު ކުރެއްވުމުންނެވެ.

ދިވެހިރާއްޖޭގެ ތާރީޚްގައި ފުރަތަމަ ފަހަރަށް ގާނޫނު އަސާސީ އެއް އިޢުލާނު ކުރެއްވީ 22 ޑިސެންބަރު 1932 ގައި ޝަމުސުއްދީން ރަސްކަމުގައި އެރަސްގެފާނު ގެ އަމުރުފުޅަށެވެ. 2 ޛުލްޙިއްޖާ 1351 ގައި ރަދުން މިޤާނޫނު ދަޞްދީޤު ކުރެއްވި ނަމަވެސް މިޤާނޫނު އަސާސީ ފުރަތަމަ ފަހަރަށް އިޢުލާން ކުރެވުނީ 2 ޝަޢުބާން 1351 ގައެވެ. ރަދުން މިޤާނޫނު ދަޞްދީޤު ކުރެއްވުމާއިގުޅިގެން 29 މާރިޗު 1933 ގައި ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގައި ފުލުހުންގެ ޙިދުމަތް ތަޢާރަފުވެގެން ދިޔައެވެ.

ފުލުހުންގެ ޚިދުމަތާބެހޭ މައުލޫމާތު ނެގީ: ފުލުހުންގެ ރަސްމީ ވެބްސައިޓުން