ރ. މަޑުއްވަރީގައި ހިނގި މާރާމާރީއަކާ ގުޅިގެން 35 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި، ރޭ 11:28 ހާއިރު ރ. މަޑުއްވަރީގައި ދެމީހެއްގެ ދެމެދު ހިނގި މާރާމާރީގެ މައްސަލައެއް ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.

Ad
rt

މި މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ 35 އަހަރުގެ ދިވެހި ފިރިހެނަކު ރޭގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުންޏެވެ.

މި މާރާމާރީގައި އަނިޔާވި މީހާއަށް އެ ރަށުގެ ސިއްޙީ މަރުކަޒުގައި ފަރުވާ ދީފައިވާކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް، އަނިޔާގެ ކުޑަބޮޑުމިން އަދި އިތުރު ތަފްސީލުތައް ހާމައެއް ނުކުރެއެވެ.

މި މައްސަލަ އިތުރަށް ތަޙުޤީޤުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މައުލޫމާތު ލިބޭގޮތުގައި މި މާރާމާރީ ހިނގާފައި ވަނީ މީގެ ފަސް އަހަރު ކުރިން ދޯންޏެއްގައި މީހަކަށް ވަޅިން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލި މައްސަލައިގައި 10 އަހަރަށް ޖަލަށްލި މީހެއްކަމަށްވާ އިސްމާއިލް އާސިފް އާއި އޭނާގެ ބޭބެ އާއި ދެމެދުއެވެ. މި ހާދިސާގައި އިސްމާއިލް އާސިފް ވަނީ އޭނާގެ ބޭބެއަށް ވަޅިން ހަމަލާދީފައިކަމަށް ވެސް މައުލޫމާތު ލިބެއެވެ. ނަމަވެސް ހަމަލާދިން މީހާގެ ވަނަވަރު އަދި ފުލުހުން އާންމެން ނުކުރެއެވެ.