މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު Northern Atolls އަށް (15:00 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
Topic Archive

#މޯލްޑިވްސް ޕޮލިސް ސާވިސް

1,923 Stories filed
ޑްރަގް ވިޔަފާރީގައި އުޅުނު ތިން ބިދޭސީއަކު ހައްޔަރުކޮށްފި
Raajje

ޑްރަގް ވިޔަފާރީގައި އުޅުނު ތިން ބިދޭސީއަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ތިން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައިވާ ތިން މީހުންނަކީ އެމްޑީ މެހެދި ހަސަން (29އ) އާއި، އަބު ތަލެބް (47އ) އާއި، އެމްޑީ ސަލާމް މިއާ (41އ) އެވެ. ފުލުހުން ބުނީ މި މަހު 22 ވަނަ ދުވަހު ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ގަލޮޅު […]

ފޭކް ސްލިޕް ފޮނުވައި މަކަރު ހެދި މީހަކު ހައްޔަރުކޮށްފި
Raajje

ފޭކް ސްލިޕް ފޮނުވައި މަކަރު ހެދި މީހަކު ހައްޔަރުކޮށްފި

ފައިސާ ދެއްކި ކަމަށް ބުނެ އަސްލު އޮޅުވާލައިގެން ސައްހަ ނޫން ސްލިޕްތަކެއް ހަދައިގެން މަކަރު ހެދި މައްސަލައެއްގައި މީހަކު ހައްޔަރު ކޮށްފައިވާ ކަމުގައި ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ “ފުޑީސް ޑެލިވަރީ” އަށް ކާބޯތަކެއްޗަށް އޯޑަރުކޮށް، ހިދުމަތް ހޯދުމަށްފަހު ފައިސާ ދެއްކި ކަމަށް ބުނެ އަސްލު އޮޅުވާލައިގެން ސައްހަ ނޫން ސްލިޕްތަކެއް ހަދައި ފޮނުވާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މައްސަލާގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ ގ. ސިނަމާލެ 1 05-13 / […]

ސްޓެލްކޯގެ ކަރަންޓް ކޭބަލްތަކެއް ބުރިކޮށްލި މީހަކު ހައްޔަރުކޮށްފި
Raajje

ސްޓެލްކޯގެ ކަރަންޓް ކޭބަލްތަކެއް ބުރިކޮށްލި މީހަކު ހައްޔަރުކޮށްފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސްޓެލްކޯ)ގެ ކަރަންޓް ޑިސްޓްރިބިއުޝަން ޕެނަލެއްގެ ކޭބަލްތައް ބުރިކޮށް ގެއްލުންދީފައިވާ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިރޭ ބުނީ، ސްޓެލްކޯގެ ކަރަންޓް ޑިސްޓްރިބިއުޝަން ޕެނަލެއްގެ ކޭބަލްތައް ބުރިކޮށް ގެއްލުންދީފައިވާ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަމުން އަންނަކަމަށެވެ. މި މައްސަލައިގެ ތުހުމަތުގައި ނަސީމީވިލާ / ށ.މިލަންދޫ، އިސްމާޢީލް ސަމީމް (29އ) ވަނީ ކުށުގެ ވެށިން ހައްޔަރުކޮށްފައިވާކަމަށް ވެސް ފުލުހުން ބުނ...

ރައުދު އަނެއްކާވެސް ހައްޔަރުކޮށްފި
Raajje

ރައުދު އަނެއްކާވެސް ހައްޔަރުކޮށްފި

މާލޭގެ އިމާރާތެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މަރުގެ މައްސަލާގައި ތުހުމަތުކުރެވޭ ރައުދު އަހްމަދު ޒިލާލް އަނެއްކާވެސް ހައްޔަރުކޮށްފިއެވެ. ރައުދު ވަނީ މިއަދު ހެނދުނު ބަންދުން ދޫކޮށްލާފައެވެ. އޭނާ ދޫކޮށްލި ސަބަބެއް އޮތީ ސާފުނުވެއެވެ. މައުލޫމާތު ލިބޭގޮތުގައި ކޯޓު އަމުރެއްގެ ދަށުން އަލުން އަނެއްކާ ވެސް ރައުދު މިއަދު ވަނީ ހައްޔަރުކޮށްފައެވެ. މިދިޔަ މަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ މަތިން ވެއްޓުނު ޔުމްނުގެ މަރުގެ މައްސަލާގައި، އޭނާއާއެކު އެންމެފަހުން އުޅުނު ކަމަށް ބެލެވޭ […]

ބަންދު މުއްދަތު ހަމަނުވަނީސް ރައުދު ދޫކޮށްލައިފި
Raajje

ބަންދު މުއްދަތު ހަމަނުވަނީސް ރައުދު ދޫކޮށްލައިފި

މާލޭގެ އިމާރާތެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ ރައުދު އަހްމަދު ޒިލާލް ބަންދުން ދޫކޮށްލައިފި އެވެ. މިދިޔަ މަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ މަތިން ވެއްޓުނު ޔުމްނުގެ މައްސަލާގައި, އޭނާއާއެކު އެންމެފަހުން އުޅުނު ރައުދު ހައްޔަރުކޮށް, އޭނާގެ ބަންދު މުއްދަތު ތިން ފަހަރަށް އިތުރުކުރި އެވެ. އޭނާ މިއަދު ހެނދުނު ބަންދުން ދޫކޮށްލީ އޭނާގެ ބަންދަށް އެންމެ ފަހުން ކްރިމިނަލް ކޯޓުން އިތުރުކުރި 20 ދުވަސް ހަމަނުވަނީހެވެ. ނަމަވެސް އޭނާ […]

މަކަރާއި ހީލަތުން އެއް ހަފްތާގެ ތެރޭގައި 480,000 އަށްވުރެ ގިނަ ރުފިޔާ އަތުލައިފި
Raajje

މަކަރާއި ހީލަތުން އެއް ހަފްތާގެ ތެރޭގައި 480,000 އަށްވުރެ ގިނަ ރުފިޔާ އަތުލައިފި

ފާއިތުވި ހަފްތާގެ ތެރޭގައި މަކަރާއި ހީލަތުން 480,000 ރުފިޔާއަށްވުރެ ގިނަ ރުފިޔާ އަތުލައިފައިވާކަމަށް ދިވެހި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެންޓި ސްކޭމް ސެންޓަރުން ހިއްސާކޮށްފައިވާ މަޢުލޫމާތުގައިވާ ގޮތުން، މި މަހުގެ 13 ވަނަ ދުވަހުން 19 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 481,520.67 ރުފިޔާ ގެއްލިފައިވެއެވެ. ނަމަވެސް މީގެ ތެރެއިން 383,610.08 ރުފިޔާ ވަނީ އަނބުރާ ހޯދާފައެވެ. މިއީ ގެއްލުނު ފައިސާގެ 80 އިންސައްތައެވެ. މި މުއްދަތުގެ ތެރޭގައި އެންޓި ސްކޭމް ސެންޓަރަށް […...

މާރާމާރީ ހިންގި ޒުވާނަކު ޝަރީއަތް ނިމެންދެން ވާނުވާ ބަންދަށް
Raajje

މާރާމާރީ ހިންގި ޒުވާނަކު ޝަރީއަތް ނިމެންދެން ވާނުވާ ބަންދަށް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތައް ކައިރީގައި ހިންގި މާރާމާރީއަކާ ގުޅިގެން ހައްޔަރުކުރެވުނު 18 އަހަރުގެ ޒުވާނަކު ތަހުޤީގު އަދި ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ. މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރެވުނު މއ. ޝެލްޓާ، މުހައްމަދު ރައިހާން ހުސައިން (18 އަހަރު) ވަނީ ރޭ 11:30 ހާއިރު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރެވިފައެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ތަހުގީގާއި ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް (ވާނ...

ލޯންޗް ބުރަފަތިން ޖެހި ބުރިވި އަތް ނުފެނުނު، ތަހްގީގު ފުރިހަމަވުމުން ފިޔަވަޅު އަޅާނަން: ފުލުހުން
Raajje

ލޯންޗް ބުރަފަތިން ޖެހި ބުރިވި އަތް ނުފެނުނު، ތަހްގީގު ފުރިހަމަވުމުން ފިޔަވަޅު އަޅާނަން: ފުލުހުން

ނ. އަތޮޅުގެ ރިސޯޓެއްގެ ނެރު ކައިރީގައި ފީނަން އުޅުނު ބަންގްލަދޭޝް މީހެއްގެ ގައިމަތިން ދިޔަ ލޯންޗެއްގެ ބުރަފަތިން ޖެހި އެ މީހާގެ އަތް ބުރިވި އެކްސިޑެންޓްގައި ބުރިވި އެމީހާގެ އަތް ފެނިފައިނުވާކަމަށް ފުލުހުން ބުނެފިއެވެ. މި ހާދިސާ ހިނގާފައި ވަނީ މި މޭމަހުގެ 12 ވަނަ ދުވަހުގެ ރޭ 10:30 ހާއިރުއެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހާދިސާ ހިނގި ސަރަޙައްދު ދެ ފަހަރެއްގެ މަތިން ބަލައި ފާސްކޮށްފައިވާ ކަމަށެވެ. ނަމަވެސް، އަނިޔާ ލިބުނު މީހާގެ […]

ޑިންގީ އެއްގައި ލޯންޗެއް ޖެހި ފަސް މީހަކަށް އަނިޔާވެއްޖެ، އެކަކުގެ ހާލު ސީރިއަސް
Raajje

ޑިންގީ އެއްގައި ލޯންޗެއް ޖެހި ފަސް މީހަކަށް އަނިޔާވެއްޖެ، އެކަކުގެ ހާލު ސީރިއަސް

ޅ. ގާއެރި ފަޅު ކައިރީގައި ފީނަން ނުކުމެ އުޅުނު ބަޔަކު ތިބި ޑިންގީއެއްގައި ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ފަސް މީހަކަށް އަނިޔާވެއްޖެއެވެ. ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ލިބިފައި ވަނީ ރޭ މެންދަމު 12:33 ހާއިރު ކަމަށެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި، މި އެކްސިޑެންޓްގައި ޑިންގީގައި ތިބި ފަސް މީހުންނަށް އެކި ވަރުގެ އަނިޔާތައް ވެފައިވެއެވެ. އޭގެ ތެރެއިން އެކަކަށް ވަނީ ސީރިއަސް އަނިޔާތަކެއް ވެފައެވެ. އަނިޔާވި މީހުންނަށް މިހާރު ވަނީ […]

ކިލޯއެއްގެ ޑްރަގާއި ފައިސާތަކަކާއެކު ދެ މީހަކު ހައްޔަރުކޮށްފި
Raajje

ކިލޯއެއްގެ ޑްރަގާއި ފައިސާތަކަކާއެކު ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ގެންގުޅެ، ވިއްކައި ވިޔަފާރިކޮށް، އަދި ބޭނުންކުރާކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފައިވާ ގޮތުގައި، މި އޮޕަރޭޝަން ހިންގާފައިވަނީ އެ މުއައްސަސާގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެންނެވެ. މި އޮޕަރޭޝަނުގައި މައްޗަންގޮޅީގެ ގެއަކާއި ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށްފައިވެއެވެ. ފުލުހުން ބުނާ ގޮތުގައި، މި ބަލައި ފާސ...

ޑްރަގް ވިޔަފާރިކުރަމުންދިޔަ ބަޔަކު ގިނަ އަދަދެއްގެ ފައިސާއާއި، ޑޮލަރާއި، ޑްރަގާއެކު ހައްޔަރުކޮށްފި
Raajje

ޑްރަގް ވިޔަފާރިކުރަމުންދިޔަ ބަޔަކު ގިނަ އަދަދެއްގެ ފައިސާއާއި، ޑޮލަރާއި، ޑްރަގާއެކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި މާލެއާއި ހުޅުމާލެއިން ތަންތަން ބަލާ ފާސްކޮށް 6 މީހަކު ހައްޔަރުކޮށްފައެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މި މެއި މަހުގެ 13 އަދި 14 ވަނަ ދުވަހު މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލެއާއި ހުޅުމާލެ ހިމެނޭ ގޮތަށް 7 ތަނެއް ބަލާ ފާސްކޮށް އޮޕަރޭޝަނެއް ހިންގާފައިވާކަމަށެވެ. މި އޮޕަރޭޝަނުގައި، 2 ކިލޯއާއި ގާތްކުރާ އަދަދެއްގެ މަސްތުވާތަކެއްޗާއި، 90،000 އަށްވުރެއް ގި...

ކުޑަކުއްޖަކު ގޮވައިގެން މަގު ހުރަސްކުރަނިކޮށް ސައިކަލުން ޖެހި އެކްސިޑެންޓެއް
Raajje

ކުޑަކުއްޖަކު ގޮވައިގެން މަގު ހުރަސްކުރަނިކޮށް ސައިކަލުން ޖެހި އެކްސިޑެންޓެއް

މިއަދު ހެނދުނު ހުޅުމާލޭގެ ނިރޮޅުމަގުން ކުޑަކުއްޖަކު ގޮވައިގެން މަގު ހުރަސްކުރަމުންދިޔަ މީހެއްގެ ގަޔަށް ސައިކަލަކުން ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 9:23 ހާއިރުގައި ކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފައިވެއެވެ. މި އެކްސިޑެންޓުގައި ސައިކަލު ދުއްވި މީހާގެ ވާ އަތު ކޮނޑު ހުޅުން ބިންދި، ކަނާތު ފައިތިލަ މަތި މަށައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ. މީގެ އިތުރުން މަގު ހުރަސްކުރި އަންހެން މީހާގެ ވާ އަތު އުޅަނބޮށި މަށައިގެން ގޮސްފައިވާ […]

އުތީމުގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް މަޝްވަރާކޮށްފި
Thiladhunmathi News

އުތީމުގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް މަޝްވަރާކޮށްފި

ހއ. އުތީމު ކައުންސިލާއި، އުތީމުގެ އަންހެންނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް، އިސްމާއީލް ނަވީން ބައްދަލުކުރައްވައިފިއެވެ. އެގޮތުން ޝަހީދު ހުސައިން އާދަމް ބިލްޑިންގގައި އިއްޔެ ބޭއްވި މި ބައްދަލުވުމުގައި، އުތީމުގެ ފުލުހުންގެ ހިދުމަތް ފުޅާކުރުމަށާއި ކުށްމަދު އަމާން ވެއްޓަކަށް އުތީމު ހެދުމަށާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ރަށުތެރޭގައި ސީސީޓީވީ ކެމެރާ ހަރުކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފަވެއެވެ. މީގެ އިތުރުން އުތީމަކީ މިހާރަށްވ...

ސައިލް ދުއްވަމުން ފޯނުން ވާހަކަދެއްކި މީހަކު ޖޫރިމަނާކޮށް ލައިސަންސް ހިފަހައްޓައިފި
Raajje

ސައިލް ދުއްވަމުން ފޯނުން ވާހަކަދެއްކި މީހަކު ޖޫރިމަނާކޮށް ލައިސަންސް ހިފަހައްޓައިފި

ސައިކަލް ދުއްވަމުން މޯބައިލް ފޯނު ބޭނުންކުރި މީހެއްގެ ސައިކަލް ޓޯވ ކޮށް، ޖޫރިމަނާކޮށް އަދި ދުއްވި މީހާގެ ލައިސަންސް ހިފަހައްޓައިފިއެވެ. ފުލުހުން ބުނީ، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ސައިކަލު ދުއްވަމުން ފޯން ބޭނުން ކުރާ މަންޒަރު ފެންނަ ވީޑިއޯ އާ ގުޅިގެން އެ މުއައްސަސާގެ ޓްރެފިކް އިންވެސްޓިގޭޝަނުން އެ މައްސަލަ ބަލާފައިވާކަމަށެވެ. މިގޮތުން އެ މައްސަލަ ބެލުމަށްފަހު ސައިކަލު 30 ދުވަހުގެ މުއްދަތަށް ޓޯވ ކޮށް، 2000 ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު، ސައިކަލް ދުއްވި ފަރާތުގެ ލައިސަންސް […]

ލޯންޗެއްގެ ބުރަފަތިންޖެހި ފީނަން އުޅުނު މީހެއްގެ އަތް ބުރިވެގެން ފަރުވާދެނީ
Raajje

ލޯންޗެއްގެ ބުރަފަތިންޖެހި ފީނަން އުޅުނު މީހެއްގެ އަތް ބުރިވެގެން ފަރުވާދެނީ

ނ. އަތޮޅުގެ ރިސޯޓެއްގެ ނެރު ކައިރީގައި ފީނަން އުޅުނު މީހެއްގެ ގައިމަތިން ދިޔަ ލޯންޗެއްގެ ބުރަފަތިން ޖެހި އެ މީހާގެ އަތް ބުރިވެގެން ފަރުވާ ދޭން ފަށައިފިއެވެ. ފުލުހުން ބުނިގޮތުގައި މި ހާދިސާގައި އަނިޔާވެފައި ވަނީ 30 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކަށް ކަމަށެވެ. މި ހާދިސާ ހިނގާފައިވަނީ އިއްޔެ ރޭ 10:30 ހާއިރުގައި ކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުހުންގެ ބުނެފައިވާ ވާގޮތުން، މި ހާދިސާގައި އަނިޔާވި މީހާގެ ކަނައަތު އޮޅަނބޮއްޓާ ހިސާބުން ބުރިވެ، އަދި އިތުރު ބޮޑެތި […]