ގަވާއިދާ ޚިލާފަށް ބިދޭސީން ގެންނަ ބަންގްލަދޭޝް މީހެއްގެ މައްޗަށް ދަޢުވާކުރަން ފޮނުވައިފި
ގާނޫނާއި ގަވާއިދާ ޚިލާފަށް ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ވިޔަފާރިކޮށް، ޖިނާއީ ކުށްކޮށްގެން ފައިސާ ހޯދައި، މަނީ ލޯންޑްރިންގގެ ޢަމަލުތަކެއް ހިންގި ކަމަށް ތުހުމަތުކުރެވޭ ބަންގްލަދޭޝްގެ ރައްޔިތެއްގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ. ފުލުހުންގެ ތަޙްޤީޤަށް ފާހަގަކުރެވުނު ގޮތުގައި، މި މައްސަލައިގައި ތުހުމަތުކުރެވެނީ 34 އަހަރުގެ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ޝަހާދަތު ހުސައިންގެ މައްޗަށެވެ. އޭނާ ހައްޔަރުކ...