ނ. އަތޮޅުގެ ރިސޯޓެއްގެ ނެރު ކައިރީގައި ފީނަން އުޅުނު މީހެއްގެ ގައިމަތިން ދިޔަ ލޯންޗެއްގެ ބުރަފަތިން ޖެހި އެ މީހާގެ އަތް ބުރިވެގެން ފަރުވާ ދޭން ފަށައިފިއެވެ.
ފުލުހުން ބުނިގޮތުގައި މި ހާދިސާގައި އަނިޔާވެފައި ވަނީ 30 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކަށް ކަމަށެވެ.
މި ހާދިސާ ހިނގާފައިވަނީ އިއްޔެ ރޭ 10:30 ހާއިރުގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުންގެ ބުނެފައިވާ ވާގޮތުން، މި ހާދިސާގައި އަނިޔާވި މީހާގެ ކަނައަތު އޮޅަނބޮއްޓާ ހިސާބުން ބުރިވެ، އަދި އިތުރު ބޮޑެތި އަނިޔާތަކެއްވެސް ވެފައިވެއެވެ.
މި ހާދިސާގައި އަނިޔާވި މީހާ އަށް އަވަސް ފަރުވާއެއް ދިނުމަށްޓަކައި މާލެ ގެނެސް، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
މި ހާދިސާއާ ގުޅިގެން އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!