މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު Northern Atolls އަށް (15:00 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
Topic Archive

#މޯލްޑިވްސް ޕޮލިސް ސާވިސް

1,922 Stories filed
ތިނަދޫގައި ކުޑަކުއްޖެއްގެ ގައިގައި ސައިކަލަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
Raajje

ތިނަދޫގައި ކުޑަކުއްޖެއްގެ ގައިގައި ސައިކަލަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް

ތިނަދޫ ސިޓީގައި ކުޑަކުއްޖެއްގެ ގައިގައި ސައިކަލަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މި ހާދިސާ އާއި ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފައިވަނީ، އިއްޔެ އިރުއޮއްސި 18:16 އެހާކަށްހާއިރު ތިނަދޫ ސިޓީ އާބާދީ ހިނގުމުން ހުޅަނގުން އިރަށް ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް، އެ ވަގުތު މަގު ހުރަސްކުރި ކުޑަ ކުއްޖެއްގެ ގައިގައި ޖެހި އެކްސިޑެންޓެއް ހިނގައިފި ކަމުގެ ރިޕޯޓެއް ކޮށްފައިވާކަމަށެވެ. އެގޮތުން މި އެކްސިޑެންޓުގައި އަނިޔާވި 6 އަހަރުގެ ފިރިހެން ކުއްޖާ އަށް ތިނަދޫ […]

މުޒާހަރާގައި ޝީލްޑާއެކު ވެއްޓުނު އަންހެން ފުލުހެއްގެ ގައިމަތިން ދިޔަ: ފުލުހުން
Raajje

މުޒާހަރާގައި ޝީލްޑާއެކު ވެއްޓުނު އަންހެން ފުލުހެއްގެ ގައިމަތިން ދިޔަ: ފުލުހުން

އެމްޑީޕީން މާލޭގައި ހުކުރު ދުވަހުގެ ރޭ ބޭއްވި މުޒާހަރާ ހުއްޓުވަން އުޅުމުގެ ތެރޭގައި ތިން ފުލުހަކަށް އަނިޔާވެ، އެ ފުލުހުންނަށް ހޮސްޕިޓަލުން ފަރުވާ ދޭން ޖެހުނު ކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ. ފުލުހުން ބުނި ގޮތުގައި އަނިޔާވި ތިން ފުލުހުންގެ ތެރޭގައި ހިމެނޭ އަންހެން ފުލުހަށް އަނިޔާވެފައިވަނީ ޝީލްޑާއެކު ވެއްޓިފައި އޮއްވައި، މުޒާހަރާގެ ބައިވެރިން އޭނާގެ ގައިމަތިން ހިނގުމުގެ ސަބަބުންނެވެ. އަދި އަނިޔާވި އަނެއް ދެ ފިރިހެން ފުލުހުންގެ ތެރެއިން އެކަކަށް ބެރިކޭޑުން ޖެހި، އަނެއް ފުލުހަށް […]

މާލެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުންދޭން ފުރުސަތެއް ނުދޭނަން: ފުލުހުން
Raajje

މާލެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުންދޭން ފުރުސަތެއް ނުދޭނަން: ފުލުހުން

ސިޔާސީ ބައެއް ފަރާތްތަކުން އިސްނަގައިގެން، 3 އޮކްޓޯބަރ 2025 ވާ ހުކުރުދުވަހު ބޭއްވުމަށް ރާވާފައިވާ ހަރަކާތަކާ ގުޅިގެން މާލެ ހަލަބޮލިކޮށް، ތަންތަނަށް ގެއްލުންދޭން ފުރުސަތު ނުދޭނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ. ފުލުހުން މިއަދު އާންމުކުރި ބަޔާނެއްގައި ބުނީ، އެހަރަކާތާއި ގުޅިގެން އެފަދަ އަމަލުތައް ހިންގުމަށް ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާތީ، މާލޭގެ އަމަންއަމާންކަން ދެމެހެއްޓުމަށް ފިޔަވަޅު އަޅާނެ ކަމަށެވެ. ފުލުހުންގެ ޚިދުމަތުން ނެރެފައިވާ ބަޔާނެއްގައިވާ ގޮތުން، ދިވެހިރާ...

ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފި
Raajje

ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީ ހިތަދޫގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ ހިންގި މާރާމާރީގެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓުކުރެވިފައިވަނީ މިދިޔަ ސެޕްޓެންބަރު 23 ވަނަ ދުވަހުގެ ރޭ 1:17 އެހައިކަށްހާއިރުއެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ / ސަންރީފް، ޢަލީ އަސްޢަރު (30 އަހަރު) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ސެޕްޓެންބަރު 28 ވަނަ ދުވަހުއެވެ. މި މައްސަލައިގައި އަނިޔާ ލިބުނު 34 […]

ފުލުހުންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި
Raajje

ފުލުހުންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ “ކޮންސްޓަބަލް” ވަޒީފާއަށް ވަނުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިކަމަށް ހުޅުވާލަމުން ފުލުހުން މިއަދު އާއްމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މި ވަޒީފާއަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުގެ ތެރޭގައި 18 އަހަރާއި 30 އަހަރާއި ދެމެދު، ފިރިހެނެއް ނަމަ އިސްކޮޅުން 5 ފޫޓް 3 އިންޗި ހަމަވާ، އަންހެނެއް ނަމަ އިސްކޮޅުން 5 ފޫޓު ހަމަވެފައި، އެސްއެސްއީ އަދި ޖީސީ އޯލެވެލް އިމްތިހާނުން ދެ މާއްދާއިން ދަށްވެގެން “ސީ” ފާސް ހާސިލްކޮށްފައިވާ ނުވަތަ […]

ކައްދޫގައި ސައިކަލަކުން ޖެހި މީހަކު މަރުވި މައްސަލައިގައި ދައުވާކުރަން ފޮނުވައިފި
Raajje

ކައްދޫގައި ސައިކަލަކުން ޖެހި މީހަކު މަރުވި މައްސަލައިގައި ދައުވާކުރަން ފޮނުވައިފި

މިދިޔަ އޮގަސްޓު މަހުގެ 15 ވަނަ ދުވަހުގެ ވަގުތެއްގައި ލ. ކައްދޫގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލަކުން ދެ މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓުވެ މީހަކު މަރުވި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސލަ ފޮނުވައިފިކަމަށް ފުލުހުން ބުނެފިއެވެ. މި މައްސަލައިގައި ދައުވާކުރުމަށް ފޮނުވާފައިވަނީ ލ. ފޮނަދޫ / ހޯރަވިލާ، މުޙައްމަދު ނައުސާން (37އ) ގެ މައްޗަށެވެ. ފުލުހުން މައުލޫމާތުދިންގޮތުގައި، މި މައްސަލައާއި ގުޅިގެން އޮގަސްޓު 16 ވަނަ ދުވަހު އޭނާ […]

ތިލަފުށީ ފަޅުގައި އޮތް ލޯންޗެއް ގެއްލިގެން ހޯދަނީ
Raajje

ތިލަފުށީ ފަޅުގައި އޮތް ލޯންޗެއް ގެއްލިގެން ހޯދަނީ

ތިލަފުށީ ފަޅުގައި އަޅާފައި އޮތް ލޯންޗެއް ގެއްލިގެން ހޯދަން ފަށައިފިއެވެ. ގެއްލިގެން ހޯދަމުންދާ ލޯންޗަކީ 18 މީހުންގެ ޖާގައިގެ “ލިޔޯ ފްލެސް” ނަމަކަށް ކިޔާ ލޯންޗެކެވެ. މި ލޯންޗު ގެއްލިފައިވަނީ ރޭ ދަންވަރު، ތިލަފުށީ ލިޔޯ ސައިޓުގައި އަޅާފައި އޮއްވައެވެ. މި މައްސަލަ މިހާރު ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. “ތިލަދުން” އަށް މަޢުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ މިފަދަ މައްސަލައެއް ހުށަހެޅިފައިވާކަމަށެވެ. އަދި މިމައްސަލަ ތަހުޤީގުކުރަމުންދާކަމަށެވެ. މި ލޯންޗާ ގުޅޭ އެއ...

މަނާތަކެތި އަތުލައިގަތް އޮޕަރޭޝަންގައި ހައްޔަރުކުރީ އެއްބަނޑުއެއްބަފާ ތިންބެއިން
Raajje

މަނާތަކެތި އަތުލައިގަތް އޮޕަރޭޝަންގައި ހައްޔަރުކުރީ އެއްބަނޑުއެއްބަފާ ތިންބެއިން

ފުލުހުން ރޭ މާލޭގައި ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާންމުކޮށް، އަތުލައިގަތް ތަކެތީގެ ބާވަތް ހާމަކޮށްފިއެވެ. ފުލުހުން ރޭ ބުނީ އެ އިދާރާއިން އިއްޔެ ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ރާއްޖެ އެެތެރެކުން މަނާ ގިނަ އަދަދެއްގެ ތަކެތި އަތުލައި އެތަކެތި ވިއްކުމަށްޓަކައި ސޯޝަލް މީޑިއާގެ އެކިއެކި މަންސަތަކުގައި ބޭނުންކުރާ ޗެނަލްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އަދި ހަތަރު މީހުން ހައްޔަރުކޮށްފައިވާކަމަށެވެ. މި އޮޕަރޭޝަންގެ ތަފްސީލްދެމުން ފުލުހުން މިއަދު ބުނީ އެއީ ހަތަރު މީހަކަ...

ޑްރަގް މައްސަލައެއްގައި ށ.ފޭދޫން ދެ މީހަކު ހައްޔަރުކޮށްފި
Thiladhunmathi News

ޑްރަގް މައްސަލައެއްގައި ށ.ފޭދޫން ދެ މީހަކު ހައްޔަރުކޮށްފި

ށ.ފޭދޫގައި މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށް، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުރި އޮޕަރޭޝަނެއްގައެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ބުނިގޮތުގައި، 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު 24 ވާ ބުދަ ދުވަހުގެ ވަގުތެއްގައި ށ.ފޭދޫގައި ހުންނަ ގެއަކަށް ކޯޓު އަމުރެއްގެ ދަށުން ވަދެ ބަލައި ފާސްކޮށްފައިވެއެވެ. މި ގޭތެރެ ބަލައި ފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ބެލެވޭ ދެ ކަރު...

ތިނަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް، ސައިކަލް ދުއްވި މީހާއަށް އައިސީޔޫގައި ފަރުވާދެނީ
Raajje

ތިނަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް، ސައިކަލް ދުއްވި މީހާއަށް އައިސީޔޫގައި ފަރުވާދެނީ

ތިނަދޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް އައިސީޔޫގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެފިއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. ފުލުހުންގެ ޚިދުމަތުން ހާމަކުރި ގޮތުގައި، މި އެކްސިޑެންޓް ހިނގިކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 28 ސެޕްޓެމްބަރު 2025 ވަނަ ދުވަހުގެ 07:44 ހާއިރުއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ތިނަދޫ ސިޓީގެ ގާޒީ މަގާއި ރަންނަބަނޑޭރި މަގު ގުޅޭ ކަންމަތިން ކަމަށް ފުލުހުން ބުނެއެވެ. މި އެކްސިޑެންޓްގައި ސައިކަލުގައި ތިބި ދެ އަންހެ...

ކުޑަކުއްޖަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް، މައްސަލަ ބަލަނީ
Raajje

ކުޑަކުއްޖަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް، މައްސަލަ ބަލަނީ

އުތުރުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިސްމާނީ އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ކަން ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން އެ މައްސަލަ ބަލަން ފަށައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ބުނެފައިވާ ގޮތުގައި، މި މައްސަލައިގައި ކަންހިނގާފައިވާ ގޮތް ބެލުމަށް ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓާއި ރަށު ފުލުސް ސްޓޭޝަން ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ. ފުލުހުން އިތުރަށް ބުނެފައިވަނީ މި ވީޑިއޯ ދައުރުކުރުމަކީ މި ޢަމަލުގެ ސަބަބުން ވިކްޓިމައިޒް ވެފ...

ރާއްޖެ އެތެރެކުރުން މަނާ ގިނަ އަދަދެއްގެ ތަކެތި އަތުލައިގަނެ ހަތަރު މީހަކު ހައްޔަރުކޮށްފި
Raajje

ރާއްޖެ އެތެރެކުރުން މަނާ ގިނަ އަދަދެއްގެ ތަކެތި އަތުލައިގަނެ ހަތަރު މީހަކު ހައްޔަރުކޮށްފި

ރާއްޖެ އެެތެރެކުން މަނާ ގިނަ އަދަދެއްގެ ތަކެތި އަތުލައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުންް މިއަދު ބުނީ މިތަކެތި އަތުލައިގަތީ އެ އިދާރާއިން މިއަދު ކުރިއަށް ގެންދާ އޮޕަރޭޝަނެއްގައި ކަމަށެވެ. މި އޮޕަރޭޝަންގައި ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ތިން ތަނެއް ބަލައިފާސްކޮށްފައެވެ. އެތަންތަނުން ރާއްޖެ އެެތެރެކުން މަނާ ގިނަ އަދަދެއްގެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްގޮސްފައިވާކަމަށް ފުލުހުން ބުންޏެވެ. ”އޭގެ އިތުރުން، އެތަކެތި ވިއްކުމަށްޓަކައި ސޯޝަލް މީޑިއާގެ އެކިއެ...

ނޭޕާލު އަންހެނަކަށް ވަޅިން ހަމަލާދިން ބަންގްލަދޭޝް މީހާ ޝަރީޢަތް ނިމެންދެން ބަންދަށް
Raajje

ނޭޕާލު އަންހެނަކަށް ވަޅިން ހަމަލާދިން ބަންގްލަދޭޝް މީހާ ޝަރީޢަތް ނިމެންދެން ބަންދަށް

ހުޅުމާލޭ ފިހާރައެއްގައި މަސައްކަތްކުރާ ނޭޕާލު އަންހެނަކަށް އިއްޔެ ވަޅިން ހަމަލާދީ ޒަޚަމްކޮށްލި މައްސަލާގައި ހައްޔަރުކޮށްފައިވާ ބަންގްލަދޭޝް މީހާ ޝަރީއަތް ނިމެންދެން ބަންދު ކޮށްފި އެވެ. މި މައްސަލައިގެ ތުހުމަތުގައި ބަންގްލަދޭޝްގެ ރައްޔިތެއް 27 ޖަހަންގީރު މިއާ (25 އަހަރު) ފުލުހުން ހައްޔަރުކުރީ 2025 ސެޕްޓެމްބަރ 2025 ވަނަ ދުވަހުގެ (އިއްޔެ) ހަވީރުގެ ވަގުތެއްގައި ހައްޔަރުކޮށްފައެވެ. ފުލުހުން މިއަދު ބުނީ އޭނާގެ ބަންދާމެދު ގޮތެެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން...

ނޭޕާލު އަންހެނަކަށް ވަޅިން ހަމަލާދިން މައްސަލާގައި ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފި
Raajje

ނޭޕާލު އަންހެނަކަށް ވަޅިން ހަމަލާދިން މައްސަލާގައި ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭ ފިހާރައެއްގައި މަސައްކަތްކުރާ ނޭޕާލު އަންހެނަކަށް މިއަދު ވަޅިން ހަމަލާދީ ޒަޚަމްކޮށްލި މައްސަލާގައި ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދިން ގޮތުގައި، 2025 ސެޕްޓެމްބަރ 27 ވަނަ ދުވަހުގެ މެންދުރުފަހު 12:45 ހާއިރު ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާ މީހަކު ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުނެވެ. މި މާރާމާރީގައި އަނިޔާވެފައިވަނީ ހުޅުމާލެ ފޭސް 1 ގައި ހުންނަ ފިހާރައެއްގައި މަސައްކަތްކުރާ ނޭޕާލަށް ނިސްބަތްވާ 21 އަ...

ފޭޒްލީން ބަންދުން ދޫކުރާނީ ކަފާލާތަށް 10 ގަޑިއިރު ތެރޭ 10،000ރ. ދެއްކުމުން
Raajje

ފޭޒްލީން ބަންދުން ދޫކުރާނީ ކަފާލާތަށް 10 ގަޑިއިރު ތެރޭ 10،000ރ. ދެއްކުމުން

ޓިކްޓޮކްގައި މަޝްހޫރު އައިމިނަތު ފޭޒްލީން (ފޭޒް) ދޫކޮށްލާނީ 10 ގަޑިއިރު ތެރޭގައި 10،000ރ. ކަފާލާތުގެ ގޮތުގައި ކޯޓަށް ދެއްކުމުން ކަން ކޯޓުން ކަނޑައަޅައިފިއެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، 49 އަހަރުގެ ފޭޒްލީން ހައްޔަރުކޮށްފައިވަނީ އޭނާގެ އުފަން ރަށް، ގދ. ތިނަދޫގައި ގެއަކަށް ވަދެ އިންޒާރު ދިން މައްސަލައިގައެވެ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ނިންމާފައިވަނީ 10 ގަޑިއިރު ތެރޭގައި 10،000 ރުފިޔާ ދެއްކުމުން ބަންދުން ދޫކޮށްލުމަށެވެ. ނަމަވެސް މި މުއްދަތުގައި ކަފާލާތުގެ ފައިސާ ނުދައްކަ...