ދިވެހި ފުލުހުންގެ ޚިދުމަތުގެ "ކޮންސްޓަބަލް" ވަޒީފާއަށް ވަނުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިކަމަށް ހުޅުވާލަމުން ފުލުހުން މިއަދު އާއްމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މި ވަޒީފާއަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުގެ ތެރޭގައި 18 އަހަރާއި 30 އަހަރާއި ދެމެދު، ފިރިހެނެއް ނަމަ އިސްކޮޅުން 5 ފޫޓް 3 އިންޗި ހަމަވާ، އަންހެނެއް ނަމަ އިސްކޮޅުން 5 ފޫޓު ހަމަވެފައި، އެސްއެސްއީ އަދި ޖީސީ އޯލެވެލް އިމްތިހާނުން ދެ މާއްދާއިން ދަށްވެގެން "ސީ" ފާސް ހާސިލްކޮށްފައިވާ ނުވަތަ އެއާ އެއްވަރު ސަނަދެއް ހާސިލްކޮށްފައިވާ ފަރާތެއްކަމުގައި ވާންޖެހޭނެ ކަމަށެވެ.
މީގެ އިތުރުން މުސާރައިގެ ގޮތުގައި 15،500 ކަނޑައަޅާފައިވާ މި ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ، އިސްލާމްދީނުގައި ހައްދެއް ކަނޑައަޅާފައިވާ ކުށެއްކޮށް، ވައްކަން، ޓެކުން، މަކަރާއި ޙީލަތް، މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރިކޮށް އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން ހިމެނެއެވެ.
މިގޮތުން މި ވަޒީފާއަށް މީހުން ނެގުމުގައި ބެކްގްރައުންޑް އެސެސްމަންޓް، ފިޒިކަލް ފިޓްނަސް އެސެސްމަންޓް، ފެތުމުގެ އެސެސްމަންޓް، އެޕްޓިޓިއުޑް ޓެސްޓް، އިންޓަވިއު އަދި މެޑިކަލް އެގްޒެމިނޭޝަން ހިމެނެއެވެ.
މި ވަޒީފާއަށް ކުރިމަތިމަށް ޝައުޤުވެރިވާ ފަރާތްތަކުން ފުރިހަމަކޮށްފައިވާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު، އައިޑީ ކާޑު، ތައުލީމީ ސަނަދުތަކުގެ ކޮޕީ އަދި ލިބިފައިވާ ހުނަރުވެރިކަމުގެ ކޮޕީ، ނެގިފަހުން 3 މަސް ވެފައިނުވާ އެފަރާތެއްގެ ޕާސްޕޯޓު ސައިޒުގެ ފޮޓޯ ގެ އިތުރުން އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ކޮޕީ އަދި ސީވީ އާއެކު 15 އޮކްޓޯބަރ 2025 ވަނަ ދުވަހުގެ ހަވީރު 4 ގެ ކުރިން ޝަހީދު ހުސައިން އާދަމް ބިލްޑިންގ ނުވަތަ އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ ޕްލިސް ސްޓޭޝަން ތަކުގެ ރިސެޕްޝަނަށް ހުށަހެޅުމަށް ފުލުހުން އެދިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!