މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު Northern Atolls އަށް (15:00 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
Topic Archive

#މޯލްޑިވްސް ޕޮލިސް ސާވިސް

1,922 Stories filed
މަރުވެފައި އޮއްވާ ފެނުނީ ބާޖަކުން ކަނޑަށް ވެއްޓުނު ޗައިނާ މީހެއް
Raajje

މަރުވެފައި އޮއްވާ ފެނުނީ ބާޖަކުން ކަނޑަށް ވެއްޓުނު ޗައިނާ މީހެއް

މަރުވެފައި އޮއްވާ އިއްޔެ ކަނޑުމަތިން ފެނުނު މީހާ އަކީ ޗައިނާގެ ރައްޔިތެއްކަމަށް ފުލުހުން ބުނެފިއެވެ. ގުޅީފަޅު ކައިރި ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިގެން އިއްޔެ ރިޕޯޓްކޮށްފައިވާކަން ފުލުހުން އިއްޔެ ވަނީ ހާމަކޮށްފައެވެ. އަދި އެމީހާގެ ހަށިގަނޑު އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ބުންޏެވެ. މި ހާދިސާގެ އަޕްޑޭޓް ދެމުން ފުލުހުން މިއަދު ބުނީ،  މަރުވެފައި އޮއްވާ ފެނިފައިވަނީ ޗައިނާ ރައްޔިތެއްކަމަށްވާ ޗެންގް ޖިއާ (38އ) ކަމަށެވެ. މިމީހާ ކަނޑަށް ވެއްޓިފައިވަނީ 2025 ޑިސެންބަރު 18...

ބަނގުރަލާއި މަސްތުވާތަކެއްޗާއެކު ތިން ބިދޭސީއަކު ހައްޔަރުކޮށްފި
Raajje

ބަނގުރަލާއި މަސްތުވާތަކެއްޗާއެކު ތިން ބިދޭސީއަކު ހައްޔަރުކޮށްފި

ބަނގުރަލާއި މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލައެއްގައި މާލެއިން ތިން ބިދޭސީއަކު ހައްޔަރުކޮށް، އެ މީހުން ޑީޕޯޓްކުރުމަށްޓަކައި އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. މި ތިން މީހުން ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓުން މި ޑިސެންބަރު މަހުގެ 15 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ. ފުލުހުން ހާމަކުރި ގޮތުގައި މި އޮޕަރޭޝަނުގައި މާލޭގެ ދެ އެޕާޓްމަންޓެއް ބަލައިފާސްކޮށް ބަނގުރަލާއި މަސްތުވާތަކެތި ހޯދާފައިވެއެވ...

މަރުވެފައި އޮތް މީހަކު ކަނޑުމަތިން ފެނިއްޖެ
Raajje

މަރުވެފައި އޮތް މީހަކު ކަނޑުމަތިން ފެނިއްޖެ

މަރުވެފައި އޮތް މީހަކު ކަނޑުމަތިން ފެނިއްޖެއެވެ. ފުލުހުން ބުނީ، ގުޅީފަޅު ކައިރި ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިފައިވާކަމުގެ މައުލޫމާތު 2025 ޑިސެންބަރު 18 ވަނަ ދުވަހުގެ 13:21 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އެ މީހާގެ ހަށިގަނޑު ކަނޑުން ނަގައި އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނިގޮތުގައި މަރުވެފައި އޮއްވައި ފެނިފައިވަނީ ބިދޭސީ ފިރިހެނެއްގެ ހަށިގަނޑެވެ. ”މަރުވެފައިވާ އޮއްވާ ފެނިފައިވާ މީހާއަކީ ކާކުކަން މިހާރުވަނީ ދެނެގަނެވިފައި.” ފުލުހުނ...

ކެލާ ބޭރުން ސްރީލަންކާގެ ދެ މަސްބޯޓެއް ހިފަހައްޓައިފި
Thiladhunmathi News

ކެލާ ބޭރުން ސްރީލަންކާގެ ދެ މަސްބޯޓެއް ހިފަހައްޓައިފި

ދިވެހިރާއްޖޭގެ ޚާއްޞަ އިގުތިސާދީ ސަރަހައްދު (އީ.އީ.ޒެޑް) ގައި ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ސްރީލަންކާއަށް ނިސްބަތްވާ ދެ މަސްބޯޓެއް، އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސް، ފުލުހުންނާ ހަވާލުކޮށްފިއެވެ. މި ދެ ބޯޓު ހިފަހައްޓާފައި ވަނީ ހއ. ކެލާގެ އިރުން 51 ނޯޓިކަލް މޭލު ބޭރުން، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ތެރެއިންނެވެ. މި އޮޕަރޭޝަން ހިންގާފައި ވަނީ ސަރަހައްދީ ގައުމުތަކުން ހިއްސާކުރި މައުލޫމާތުގެ އަލީގައި އެމްއެންޑީއެފް ކޯސްޓްގާޑާއި، އެމްއެންޑީއެފް އެއަރ ކޯރ ގުޅިގެން ހި...

ކަންނެލި މަސްވެރިންގެ އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި މީން ދޫކޮށްލައިފި
Raajje

ކަންނެލި މަސްވެރިންގެ އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި މީން ދޫކޮށްލައިފި

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން ( ބީކޭއެމްޔޫ ) އިން އިސްނަގައިގެން މަސްވެރިންގެ ދުވަހު ފެށި ކަންނެލި މަސްވެރިންގެ އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި މީން ދޫކޮށްލައިފިއެވެ. ފުލުހުން މިއަދު ބުނީ، މަސްވެރިންގެ އިހުތިޖާޖާ ގުޅިގެން ހައްޔަރުކުރި 3 މީހުން މިހާރު ވަނީ ދޫކޮށްލާފައެވެ. އެގޮތުން މިމީހުންގެ ތެރޭގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ކެންދޫގެ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރުގެ ސިއްހީ ހާލަތާ ގުޅިގެން 2025 ޑިސެންބަރު 13 ވަނަ ދުވަހު ދޫކޮށްލާފައިވާއިރު، ތަހުގީގަށް ފުރިހަމަކުރަންޖެހޭ ކަންކަން ފު...

ފުނައިދޫއިން ފީވަކަށް ދަނިކޮށް ކަނޑުވި މީހަކު ސަލާމަތްކޮށްފި
Thiladhunmathi News

ފުނައިދޫއިން ފީވަކަށް ދަނިކޮށް ކަނޑުވި މީހަކު ސަލާމަތްކޮށްފި

ށ. ފުނަދޫ އިން ފުރައިގެން އެ އަތޮޅު ފީވަކަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް ދިޔަވެ ކަނޑުވި މީހަކު ފުލުހުން މިއަދު ސަލާމަތްކޮށްފިއެވެ. ފުލުހުން ބުނީ، ށ. ފުނަދޫއިން ފީވަކަށް ދަތުރުކުރަމުންދިޔަ ދޯންޏެއް ދިޔަވެ އަޑިޔަށް ދާކަމުގެ މައުލޫމާތު މިއަދު 11:50 އެހާކަންހާއިރު އެ އިދާރާއަށް ލިބުނު ކަމަށެވެ. މި މައުލޫމާތު ލިބުމާއެކު ފުލުހުންގެ ލޯންޗު އެސަރަހައްދަށް ގޮސް އެ ސަރަހައްދުގައި ހަރަކާތްތެރިވެ، އެ ދޯނި ހޯދުމުގެ މަސައްކަތް ފެށިކަމަށް ފުލުހުން ބުންޏެވެ. ”އެ ސަރަހައްދު ބަލަމުންދަނިކޮށް ދޯނިން […]

ސިނގިރޭޓް ބޮޑު ވައްކަން: 10 މީހަކަށް ދައުވާކޮށްފި
Raajje

ސިނގިރޭޓް ބޮޑު ވައްކަން: 10 މީހަކަށް ދައުވާކޮށްފި

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުއްޓާ ހުޅުމާލެ ބަނދަރުން ވަގަށް ނެގި 13.6 މިލިއަން ސިނގިރޭޓްގެ މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާކޮށް، ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން މިރޭ ބުނެފިއެވެ. މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ ޑިސެންބަރު 15، 2025 ގައެވެ. މި ވައްކަން ހިނގާފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް 26 ވަނަ ދުވަހު އެވެ. މި ވައްކަމުގައި ދިވެހިރާއްޖެއަށް ސިއްރުން އެތެރެކުރަނިކޮށް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސް، މޯލްޑިވްސް ޕޯޓްސް […]

ބަލިމީހުންގެ ނަމުގައި ސްކޭމްތައް ގިނަވެއްޖެ، ފައިސާ ފޮނުވުމުގެ ކުރިން ކަށަވަރުކުރަށްވާ!
Raajje

ބަލިމީހުންގެ ނަމުގައި ސްކޭމްތައް ގިނަވެއްޖެ، ފައިސާ ފޮނުވުމުގެ ކުރިން ކަށަވަރުކުރަށްވާ!

ފޭސްބުކް ޕޭޖްތައް ބޭނުންކޮށްގެން ބަލިމީހުންނަށް އެހީ ހޯދުމުގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވަމުން އަންނަ ކަމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުނެފިއެވެ. މިފަދަ ސްކޭމްތަކުގައި ސްކޭމަރުން ބޭނުންކުރަނީ އެހީއަށް އެދިފައިވާ ފަރާތްތަކާއި ނިކަމެތި ކުޑަކުދިންގެ ފޮޓޯތަކާއި މައުލޫމާތުތަކެވެ. ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އިލްތިމާސްކޮށްފައި ވަނީ، އެހީތެރިކަން ފޯރުކޮށްދިނުމުގެ ކުރިން ސަލާމަތްތެރިކަމުގެ ފިޔަވަޅު އަޅައި، ފައިސާ ފޮނުވެނީ އަސްލު ބަލިމީހާއަށްތޯ ޔަގީންކުރުމަށެވެ. މިފަދަ ސްކޭމް ޕޯ...

ކާރުގަައި ރޯވި އަލިފާން ނިއްވާލައިފި
Raajje

ކާރުގަައި ރޯވި އަލިފާން ނިއްވާލައިފި

ސިނަމާލެ ބްރިޖު މަތީ ދުއްވާފައި ދަނިކޮށް މިރޭ އަލިފާން ރޯވި ކާރުގައި ހިފި އަލިފާން ސިފައިން ނިއްވާލައިފިއެވެ. އަލިފާން ރޯވީ ޓެކްސީއެއްގައެވެ. އެ ޓެކްސީ މަޑުކުރީ އަމީނީ މަގު ކަންމަތީއެވެ. އެ ޓެކްސީ މަޑުކޮށް ކުޑަ އިރުކޮޅެއްތެރޭ ސިފައިން އައިސް ކާރުގައި ރޯވި އަލިފާން ވަނީ ނިއްވާލާފައެވެ. އެ ޓެކްސީގައި ރޯވީ ދަތުރުވެރިން ގޮވައިގެން ދަނިކޮށެވެ. ޓެކްސީ މަޑުކުރުމުން ދަތުރުވެރިން ވަނީ ފައިބާފައެވެ. ޓެކްސީ ބްރިޖު މަތިން ފައިބައިގެން އައި އިރުވެސް އަލިފާނުގެ ހުޅު ފެންނަން ހުރިކަމަށް […]

ކަންނެލި ދޯނިތަކަށް އެރީ ނަސޭހަތްތަކަށް އިޖާބަ ނުދިނުމުންނާއި ބިދޭސީން ބައިވެރިވަމުންދާތީ ޗެކްކުރުމަށް: ފުލުހުން
Raajje

ކަންނެލި ދޯނިތަކަށް އެރީ ނަސޭހަތްތަކަށް އިޖާބަ ނުދިނުމުންނާއި ބިދޭސީން ބައިވެރިވަމުންދާތީ ޗެކްކުރުމަށް: ފުލުހުން

އިއްޔެއިން ފެށިގެން ބޮޑުކަންނެލި މަސްވެރިން ކުރަމުން އައި އިހްތިޖާޖުގެ ތެރެއިން ބައެއް ދޯނިތަކަށް އަރައި ފިޔަވަޅުއެޅީ، އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ ދޯނިތަކަށް ދަތިވާހެން އިހުތިޖާޖުކުރަމުންދާތީ ދިން ނަސޭހަތްތަކަށް އިޖާބަ ނުދިނުމުންނާއި، އިހުތިޖާޖުގައި ބިދޭސީން ބައިވެރިވަމުންދާތީ އެކަން ޗެކްކުރުމަށް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ. ފުލުހުން މިއަދު ބުނީ، 2025 ޑިސެންބަރު 10 ވަނަ ދުވަހުން ފެށިގެން މަސްވެރިން ކުރަމުންދިޔަ އިހުތިޖާޖާ ގުޅިގެން ފާއިތުވި 24 ގަޑިއިރު ތެރޭގައި ފު...

ހާލުބޮޑު ބަލިމީހަކު ގޮވައިގެން މާލެ ދަތުރުކުރި ލޯންޗެއްގެ އިންޖީނު މައްސަލަޖެހިއްޖެ
Raajje

ހާލުބޮޑު ބަލިމީހަކު ގޮވައިގެން މާލެ ދަތުރުކުރި ލޯންޗެއްގެ އިންޖީނު މައްސަލަޖެހިއްޖެ

ހާލުބޮޑު ބަލިމީހަކު ގޮވައިގެން ޅ. ނައިފަރުން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދިޔަ ލޯންޗެއްގެ އިންޖީނަށް މައްސަލައެއް ދިމާވެ، އެމީހުން މާލެ ގެނެސްފައިވާ ކަމަށް މެރިން ޕޮލިސް (އެމްޕީއެސް) އިން ހާމަކޮށްފިއެވެ. މެރިން ޕޮލިސްއިން މީސްމީޑިއާގައި ހިއްސާކުރި މަޢުލޫމާތެއްގައި ބުނެފައިވަނީ، މިރޭ 19:25 ހާއިރު ހާލުބޮޑު ބަލިމީހަކު ގޮވައިގެން ނައިފަރުން މާލެ ދަތުރުކުރަމުން ދިޔަ ލޯންޗެއް ކ. ކާގި ކައިރިން އިންޖީނު މައްސަލަޖެހުމާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން، ބަލިމީހާ އާއި އޭނާއަށ...

އިތުރު ފީޗަރސްތަކާއެކު ޕޮލިސް އެޕްލިކޭޝަނާއި ސައިބަރ ޕޯޓަލް އިފްތިތާޙްކޮށްފި
Raajje

އިތުރު ފީޗަރސްތަކާއެކު ޕޮލިސް އެޕްލިކޭޝަނާއި ސައިބަރ ޕޯޓަލް އިފްތިތާޙްކޮށްފި

ފުލުހުންގެ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ދުވެލި ރަނގަޅުކޮށް، އެފިޝަންޓްކުރުމަށްޓަކައި، ފުލުހުންގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ދަށުން، އައު ޕްރޮޑަކްޓްތަކަކާއި ޚިދުމަތްތަކެއް އިފްތިތާޙުކޮށްފިއެވެ. މި ޚިދުމަތްތައް އިފްތިތާޙުކޮށްފައިވަނީ އިސްކަންދަރުކޮށީގައި މިއަދު ބޭއްވި “ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ ކަނެކްޓް 2025” އިވެންޓްގައެވެ. އިފްތިތާޙުކުރެވުނު މުހިންމު ޕްރޮޑަކްޓްތަކުގެ ތެރޭގައި އިތުރު ފީޗަރސްތަކާއެކު ތައްޔާރުކޮށްފައިވާ ޕޮލިސް އެޕްލިކޭޝަނާއި ސައިބަރ ޕޯޓަލް ހިމެނެއެވެ. އާ ޕޮލި...

ވިލިމާލެ ޕޮލިސް ސްޓޭޝަނުން ސިނގިރޭޓް ކާޓަންތަކެއް މަދުވި މައްސަލާގައި ފުލުހަކު ހައްޔަރުކޮށްފި
Raajje

ވިލިމާލެ ޕޮލިސް ސްޓޭޝަނުން ސިނގިރޭޓް ކާޓަންތަކެއް މަދުވި މައްސަލާގައި ފުލުހަކު ހައްޔަރުކޮށްފި

ވިލިމާލެ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓް ކާޓަންތަކެއް ގެއްލުނު މައްސަލާގައި ފުލުހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިރޭ ބުނީ، ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓް ކާޓަންތަކެއް މަދުވެފައިވާ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ ސީނިއަރ ސާޖަންޓް ރޭންކުގައި ހުރި އދ. ދިގުރަށް/ ޝަބުނަމީގެ، މުނައްވަރު އާދަަމް (39އ) ކަމަށް ފުލުހުން ބުންޏެވެ. އަދި މި މައްސަލައާ ގުޅިގެން އޭނާ ވަނީ ސަސްޕެންޑް ކުރެވިފައިކަމ...

މީހެއްގެ ވައިބަރ އެކައުންޓް ހެކްކޮށްގެން ފޭރުނު މީހަކު ހައްޔަރުކޮށްފި
Raajje

މީހެއްގެ ވައިބަރ އެކައުންޓް ހެކްކޮށްގެން ފޭރުނު މީހަކު ހައްޔަރުކޮށްފި

އެހެން މީހެއްގެ ވައިބަރ އެކައުންޓް ކޮމްޕްރޮމައިޒްކޮށް، އެމީހާގެ ނަމުގައި މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދި މައްސަލައެއްގައި 33 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އަޙްމަދު ޙައްސާން ކިޔާ މީހެކެވެ. އޭނާ ހައްޔަރުކުރީ ވައިބަރ އެކައުންޓެއް މެދުވެރިކޮށް 150,000 ރުފިޔާއަށްވުރެ ގިނަ ފައިސާ ހީލަތުން ހޯދިކަމުގެ ތުހުމަތުގައެވެ. ފުލުހުން ހާމަކުރާ ގޮތުގައި، މި މައްސަލައިގައި ޖުމްލަ 150,300 ރުފިޔާ މަކަރަށް ހޯދުމަށް މަސައްކަތްކޮށްފައިވާއިރު، އޭގެ ތެރެއިން...

ސެލޫނަކަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލައެއްގައި ފުލުހަކު ހައްޔަރުކޮށްފި
Raajje

ސެލޫނަކަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލައެއްގައި ފުލުހަކު ހައްޔަރުކޮށްފި

މާލޭގައި ހުންނަ ސެލޫނެއްގެ ތެރެއަށް ވަދެ ހަމަނުޖެހުން ހިންގައި، އެތަނުގެ މުވައްޒަފަކާ މާރާމާރީ ހިންގި މައްސަލައެއްގައި ފުލުހަކު ހައްޔަރުކޮށް، ސަސްޕެންޑްކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރި ގޮތުގައި، މި ހާދިސާ ފުލުހުންނަށް ރިޕޯޓްކުރެވުނީ 2025 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 5 ވަނަ ދުވަހުއެވެ. ފުލުހުން ބުނީ މީހަކު ސެލޫނަކަށް ވަދެ ހަމަނުޖެހުން އުފައްދައި، ތަކެއްޗަށް ގެއްލުންދީ އަދި އެތަނުގެ މުވައްޒަފަކާ މާރާމާރީ ހިންގާފައިވާ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ / އަސަރީވި...