މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
Topic Archive

#މޯލްޑިވްސް ޕޮލިސް ސާވިސް

1,922 Stories filed
ކޯޓަށް ހާޒިރުކުރުމަށް މަންޑޭ ފުލުހުންގެ ބެލުމުގެ ދަށަށް
Raajje

ކޯޓަށް ހާޒިރުކުރުމަށް މަންޑޭ ފުލުހުންގެ ބެލުމުގެ ދަށަށް

ކޭ ޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން އޮޅުވާލައިގެން ފައިސާ ނެގިކަމުގެ ތުހުމަތުވާ ހަސަން މަމްދޫހު (މަންޑޭ) ކޯޓަށް ހާޒިރުކުރުމަށްޓަކައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މަންޑޭ ބަންދުގައި ބަހައްޓައިގެން 2025 ޑިސެންބަރު 27 ވަނަ ދުވަހުގެ 14:00 އަށް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޯޓުން އޮތީ އަމުރެއް ކޮށްފައެވެ. އެހެންވެ އޭނާ ކޯޓަށް ހާޒިރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަކަމަށް ފުލުހުން އޮތީ ކުރިން ބުނެފައެވެ. ކްރިމިނަލް ކޯޓުގައި ބުރާސްފ...

ފުލުހުންގެ ރިޓަޔަރމަންޓް އިނާޔަތް ދައުލަތުގެ ނުވަތަ ސަރުކާރުގެ މަގާމެއް އަދާކުރާ މުއްދަތުގައި މެދުކަނޑާލަން ނިންމައިފި
Raajje

ފުލުހުންގެ ރިޓަޔަރމަންޓް އިނާޔަތް ދައުލަތުގެ ނުވަތަ ސަރުކާރުގެ މަގާމެއް އަދާކުރާ މުއްދަތުގައި މެދުކަނޑާލަން ނިންމައިފި

ދިވެހި ފުލުހުންގެ ޚިދުމަތުން ރިޓަޔަރވުމަށްފަހު ދައުލަތުގެ ނުވަތަ ސަރުކާރުގެ މަގާމެއް އަދާކުރާނަމަ، އެ މަގާމެއް އަދާކުރާ މުއްދަތުގައި ފުލުހުންގެ ރިޓަޔަރމަންޓް އިނާޔަތް މެދުކަނޑާލަން ނިންމައި ގަވައިދު އިސްލާހްކޮށްފިއެވެ. ހޯމްލޭންޑް މިނިސްޓްރީން މިއަދު ގެޒެޓްކުރި ”ފުލުހުންގެ ރިޓަޔަރމަންޓް ގަވާއިދު އަށް އިސްލާހުގެނައުމުގެ ގަވާއިދު 1”ގައި ވާގޮތުން ފުލުހުންގެ ޚިދުމަތުން ރިޓަޔަރވުމަށްފަހު ދައުލަތުގެ އިންތިޚާބީ މަގާމެއް ނުވަތަ ސަރުކާރުގެ ނޫނީ ކުންފުންޏެއްގެ ވަޒީފާއެއް އަދާކުރާނަމަ އެ މަގާމެއް ފުރާ މުއްދ...

މި އަހަރު 875 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ޑްރަގާއި ބަނގުރާ އަތުލައިގެންފި
Raajje

މި އަހަރު 875 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ޑްރަގާއި ބަނގުރާ އަތުލައިގެންފި

މި އަހަރުގެ މިހާތަނަށް ހިންގި އެކި އޮޕަރޭޝަންތަކުގައި 875 މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާގެ މަސްތުވާތަކެއްޗާއި ބަނގުރާ އަތުލައިގަނެފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ. މިކަން ހާމަކުރެއްވީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ކުރަމުންދާ މަސައްކަތްތަކާއި ތަހުގީގުކުރަމުންދާ މައްސަލަތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ފުލުހުން ދެއްވި މައުލޫމާތުތަކަށް ބަލާއިރު، އަހަރުގެ މިހާތަނަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ޖުމ...

ބަންދާއި ދިމާކޮށް އުޅަނދުފަހަރު ޗެކްކުރުމަށް ހާއްސަ އޮޕަރޭޝަނެއް ފަށައިފި
Raajje

ބަންދާއި ދިމާކޮށް އުޅަނދުފަހަރު ޗެކްކުރުމަށް ހާއްސަ އޮޕަރޭޝަނެއް ފަށައިފި

ސްކޫލު ބަންދާއި އައު އަހަރާ ދިމާކޮށް ކަނޑު އުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް މެރިން ޕޮލިހުން ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ. ފުލުހުން ބުނިގޮތުގައި މި އޮޕަރޭޝަނަކީ ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަން އިތުރުކުރުމަށް ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ. މި އޮޕަރޭޝަންގެ ދަށުން މާލެއިން ފުރާ އަދި މާލެ އަންނަ ފެރީތަކާއި މުދާ އުފުލާ ބޯޓުފަހަރުގެ ސަލާމަތީ ވަސީލަތްތައް ހުރިތޯ ބަލައި ފާސްކުރާނެއެވެ. މީގެ ތެރޭގައި ލައިފް ޖެކެޓާއި، އަލިފާން ނިއްވާ ނިޒާމު ފަދަ ކަނޑުމަތީގެ ސަލާމަތަށް ބޭނުން...

މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި 12 މީހަކު ހައްޔަރުކޮށްފި
Raajje

މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި 12 މީހަކު ހައްޔަރުކޮށްފި

މާލޭގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ޖުމްލަ 12 މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި، މި އޮޕަރޭޝަންތަކަކީ ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން، މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންތަކެކެވެ. ފުރަތަމަ އޮޕަރޭޝަން: ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު 8 މީހުން ހައްޔަރު މި ޑިސެންބަރު މަހުގެ 23 ވަނަ ދުވަހު ހިންގި ފުރަތަމަ އޮޕަރޭޝަންގައި މާލޭގެ 7 އެޕާޓްމަންޓެއް ބަލައިފާސްކޮށް...

ހިޔާ ފްލެޓެއްގައި ޑްރަގް ވިއްކަމުންދިޔަ ދެ މީހަކު ހައްޔަރުކޮށްފި
Raajje

ހިޔާ ފްލެޓެއްގައި ޑްރަގް ވިއްކަމުންދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ހުޅުމާލެ ފޭސް ދެއެއްގެ ހިޔާ ފްލެޓެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދެމީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ ހުޅުމާލެ ފޭސް ދެއެއްގެ ހިޔާ ފުލެޓް އެޕާޓްމަންޓެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޮޕަރޭޝަން ހިންގާފައިވައިވާ ކަމަށެވެ. ފުލުހުންގެ އިންޓެލިޖެންސާއި ހުޅުމާލެ ސީރިއަސް ކްރައިމް އިންވެސްޓިގޭޝަނާއި ކަމާ ގުޅުންހުރި އެހެނިހެން ބަހާތައް ގުޅިގެންމި...

ތަކުރާރުކޮށް ވައްކަން ކުރާ ހާހެއްހާ މީހުން އެއްފަރާތްކުރަން ލަފާހޯދަނީ
Raajje

ތަކުރާރުކޮށް ވައްކަން ކުރާ ހާހެއްހާ މީހުން އެއްފަރާތްކުރަން ލަފާހޯދަނީ

މާލޭގެ މަގުމަތީގައި ތަކުރާރުކޮށް ކުށްކުރާ 1,000 އެއްހާ މީހުން އުޅެމުންދާތީ، އެކަމަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާ ގުޅިގެން ހާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ. އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ، މާލޭގައި ވައްކަމުގެ މައްސަލަތައް އިތުރުވަނީ ކުށްކުރުމުގައި ދެމިތިބޭ މީހުން މިނިވަންކަމާއެކު މުޖުތަމައުގެ ތެރޭގައި އުޅެމުންދާތީ ކަމަށެވެ. އަދި...

ވޭޕް ކާޓްރިޖްތަކެއް ހޯދައި ދެ މީހަކު ޖޫރިމަނާކޮށްފި
News

ވޭޕް ކާޓްރިޖްތަކެއް ހޯދައި ދެ މީހަކު ޖޫރިމަނާކޮށްފި

ރާއްޖެ އެތެރެކޮށް ވިއްކުން މަނާ، ވޭޕް ކާޓްރިޖްތަކެއް ފުލުހުން ހޯދައި އެ މައްސަލައާ ގުޅިގެން ދެ މީހަކު ޖޫރިމަނާކޮށްފިއެވެ. މި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި، ކޯޓު އަމުރެއްގެ ދަށުން މާލޭގެ ދެ ގެއެއް ބަލައިފާސްކޮށް ހިންގި މި އޮޕަރޭޝަންގައި 442 ވޭޕް ކާޓްރިޖް އާއި ދެ ކާޓޫން ސިނގިރޭޓްގެ […]

ދުވާފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ފަސް މީހުން ހައްޔަރު
Raajje

ދުވާފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ފަސް މީހުން ހައްޔަރު

ރ. ދުވާފަރުގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ފަސް މީހަކު ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަނަކީ ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި މަހުގެ 19 ވަނަ ދުވަހު ދުވާފަރު ފުލުހުންނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި، އެ ރަށު ފަޅުތެރޭގައި އޮތް ދޯންޏެއް ބަލައިފާސްކޮށްފައިވެއެވެ. އެ ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓ...

ހިޔާ ފްލެޓެއްގައި ދެބެން ތަޅައިގަނެ ވަޅިން ހަމަލާދީ އެކަކު ޒަޚަމްކޮށްލައިފި
Raajje

ހިޔާ ފްލެޓެއްގައި ދެބެން ތަޅައިގަނެ ވަޅިން ހަމަލާދީ އެކަކު ޒަޚަމްކޮށްލައިފި

ހުޅުމާލެ ފޭސް ދެއެއްގައި ހުންނަ ހިޔާ ޓަވަރެއްގެ އެޕާޓްމަންޓެއްގައި ދެބެންގެ ދެމެދުގައި މާރީމާރީ ހިންގައި އެކަކަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ. ފުލުހުން ބުނިގޮތުގައި، ހުޅުމާލެ ހިޔާ 8 ވަނަ ޓަވަރު އެޕާރޓްމަންޓެއްގައި އަޑުގަދަ ކުރާމަކަށް މިއަދު ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ. މިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމުން އެއެޕާރޓްމަންޓަށް ގޮސް ބެލިބެލުމުން ދެބެންގެ މެދުގައި ހިނގި ހިތްހަމަނުޖެހުމެއްގެ ތެރެއިން އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާކަން އެނގިފައިވާކަމަށް ފުލުހުން...

މަސްތުވާތަކެއްޗާއެކު ފުލުހަކު ހައްޔަރު، ޓެސްޓްކުރިއިރު މަަސްތުވާތަކެއްޗަށް ޕޮޒިޓިވް
Raajje

މަސްތުވާތަކެއްޗާއެކު ފުލުހަކު ހައްޔަރު، ޓެސްޓްކުރިއިރު މަަސްތުވާތަކެއްޗަށް ޕޮޒިޓިވް

ތ. ވަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައެއްގައި ދިވެހި ފުލުހުންގެ ވަޒީފާގެ ޚިދުމަތުގައި ހުރި ފުލުހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑިސެންބަރު 21 ވަނަ ދުވަހުގެ ހެނދުނު ވަގުތެއްގައި ތ. ވަންދޫ ބަނދަރު މަތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ޑިސެންބަރު މަހުގެ 21 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ، ދިލާސާގެ / ތ. ހިރިލަންދޫ، މުޙައްމަދު ނަވާޒް (25އ) ކަމަށް ފުލުހުން ބުންޏެވެ. މިމައްސަލައާ [...

މާލޭގެ ގެސްޓް ހައުސްއަކާއި އެޕާޓްމަންޓެއް ބަލައިފާސްކޮށް، މަސްތުވާތަކެއްޗާއެކު ހަތަރު ޒުވާނުން ހައްޔަރުކޮށްފި
Raajje

މާލޭގެ ގެސްޓް ހައުސްއަކާއި އެޕާޓްމަންޓެއް ބަލައިފާސްކޮށް، މަސްތުވާތަކެއްޗާއެކު ހަތަރު ޒުވާނުން ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ގެސްޓް ހައުސްއަކާއި އެޕާޓްމަންޓެއް ބަލައިފާސްކޮށް، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހަތަރު ޒުވާނުން ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެންނެވެ. މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ދިވެހި ތިން ފިރިހެނުންނާއި ނޭޕާލްގެ އަންހެނެކެވެ. އެއީ މާލެ، ދަފްތަރު ނަންބަރު ރސ. 10367 ގެ ޙަސަން އ...

ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިގެން ފުލުހުން ހަރަކާތްތެރިވަނީ
Raajje

ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިގެން ފުލުހުން ހަރަކާތްތެރިވަނީ

ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށް އެ އިދާރާއިން މިއަދު ބުނެފިއެވެ. ކ. އަތޮޅު ކަނޑޫމާ ތިލަ ކައިރި ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށް އެ އިދާރާއިން މިއަދު ބުނެފިއެވެ. ފުލުހުންނަށް މިކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު (21 ޑިސެންބަރު 2025)ގެ 10:17 އެހާކަންހާއިރުއެވެ. މަރުވެފައި އޮއްވާ ފެނިފައިވަނީ ބިދޭސީ ފިރިހެނެއްގެ ހަށިގަނޑެވެ. އެމީހާގެ ހަށިގަނޑު ފެނިފައި ވަނީ ކ. އަތޮޅު ކ...

140،000ރ. ގެ އިންޖީނެއް ވަގަށް ނަގައި 1083ރ. ވިއްކާލާފައި ހުއްޓައި ހޯދައިފި
Raajje

140،000ރ. ގެ އިންޖީނެއް ވަގަށް ނަގައި 1083ރ. ވިއްކާލާފައި ހުއްޓައި ހޯދައިފި

ހުޅުމާލޭގެ ގެއެއްގެ ގްރައުންޑް ފްލޯގައި ބަހައްޓާފައި ހުއްޓައި ވަގަށް ނަގާފައިވާ 140،000 ރުފިޔާގެ އަގުހުރި އައުޓްބޯޑް އިންޖީނެއް ބާދަގަނޑުގެ ގޮތުގައި 1083 ރުފިޔާއަށް ވިއްކާލާފައި ހުއްޓައި ފުލުހުން ހޯދައި، އޭގެ ވެރިފަރާތާއި ހަވާލުކޮށްފައެވެ. ފުލުހުން ބުނީ، މި ޑިސެންބަރު މަހުގެ 17 ވަނަ ދުވަހުގެ ވަގުތެއްގައި ހުޅުމާލޭ ގެއެއްގެ ގްރައުންޑް ފްލޯގައި ބަހައްޓާފައިހުރި 40 ހޯސްޕަވަރުގެ މި އިންޖީނު ވަގަށް ނަގާފައިވާކަމަށް އެ އިދާރާއަށް ހުށަހެޅުނު މައްސަލައާ ގުޅިގެން، ހުޅުމާލެ ފޭސް 1 ޕޮލިސްގެ ޕެޓްރޯލް އެންޑް...

ދޯންޏެއްގެ އިންޖީނު ހުއްޓި ހާލުގައި ޖެހުމުން ފުލުހުން އެހީތެރިވެއްޖެ
Raajje

ދޯންޏެއްގެ އިންޖީނު ހުއްޓި ހާލުގައި ޖެހުމުން ފުލުހުން އެހީތެރިވެއްޖެ

ފުވައްމުލައް ސިޓީ އިން އަންހެނުންނާއި ކުޑަކުއްޖަކާއެކު މަހަށް ނުކުމެ އުޅެނިކޮށް އިންޖީނު ހުއްޓި ހާލުގައި ޖެހުނު ދޯންޏަކަށް ފުލުހުން އެހީތެރިވެއްޖެއެވެ. ފުލުހުން މިރޭ ބުނީ، ފުވައްމުލައް ސިޓީ އިން މަސްބާނަން ނިކުމެ އުޅުނު ”ސަވާރީ” ނަމަކަށް ކިޔާ ދޯނީގެ އިންޖީނު ހުއްޓި އޮޔާދާކަމުގެ މައުލޫމާތު 2025 ޑިސެންބަރު 19 ވަނަ ދުވަހުގެ 15:50 އެހާކަންހާއިރު ފުލުހުންނަށް ލިބުނުކަމަށެވެ. މިކަމުގެ މައުލޫމާތު ފުވައްމުލައްސިޓީ ޕޮލިހަށް ލިބުމާއެކު ފުލުހުން އެސަރަހައްދަށް ގޮސް ދޯނިން ދަތުރު ކުރި މީހުންގެ ތެރެއިން 10 [...