ދެ ގެއެއް ބަލާފާސްކޮށް ވޭޕާ ގުޅޭ 544 ތަކެތި އަތުލައިފި
ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާކޮށްފައިވާ ވޭޕް އަދި ވޭޕް ކާޓްރިޖްގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގެ ދެ ގެއެއް ބަލާފާސްކޮށް، ޖުމްލަ 544 އައިޓަމް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. ފުލުހުންގެ އިދާރާއިން މިރޭ ބުނީ، މި އޮޕަރޭޝަން ހިންގާފައިވަނީ 2025 ޑިސެންބަރު 5 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންކަމަށެވެ. މިގޮތުން މި އޮޕަރޭޝަންގައި ވަނީ މާލޭގެ ދެ ގެއެއް ބަލާފާސްކޮށްފައެވެ. މިއީ ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާކޮށްފައިވާ ވޭޕް އާއި ގުޅުންހުރި އައިޓަމްތަކުގެ […]