ސިނަމާލެ ބްރިޖު މަތީ ދުއްވާފައި ދަނިކޮށް މިރޭ އަލިފާން ރޯވި ކާރުގައި ހިފި އަލިފާން ސިފައިން ނިއްވާލައިފިއެވެ.

އަލިފާން ރޯވީ ޓެކްސީއެއްގައެވެ. އެ ޓެކްސީ މަޑުކުރީ އަމީނީ މަގު ކަންމަތީއެވެ.

Ad
rt

އެ ޓެކްސީ މަޑުކޮށް ކުޑަ އިރުކޮޅެއްތެރޭ ސިފައިން އައިސް ކާރުގައި ރޯވި އަލިފާން ވަނީ ނިއްވާލާފައެވެ.

ކާރުގައި ރޯވި އަލިފާން ނިއްވާލާފައި، ފޮޓޯ: ތިލަދުން

އެ ޓެކްސީގައި ރޯވީ ދަތުރުވެރިން ގޮވައިގެން ދަނިކޮށެވެ. ޓެކްސީ މަޑުކުރުމުން ދަތުރުވެރިން ވަނީ ފައިބާފައެވެ.

ޓެކްސީ ބްރިޖު މަތިން ފައިބައިގެން އައި އިރުވެސް އަލިފާނުގެ ހުޅު ފެންނަން ހުރިކަމަށް ހާދިސާ ދުއް މީހަކު ބުންޏެވެ.

’’ޓެކްސީން ފޭބި އަންހެންކުއްޖަކު ބުނި ޓެކްސީގައި އިންދާ އަނދާ ވަސް ދުވިކަމަށް’’ އޭނާ ބުންޏެވެ.

މި ހާދިސާގައި މީހަކަށް އަނިޔާވިކަމަކަށް ނުބެލެވެއެވެ. ޓެކްސީ މަޑުކުރުމަށްފަހު އެމްއެންޑީއެފް ފަޔަރ އަށް ގުޅީ ޑްރައިވަރެވެ.

މިހާދިސާއާއި ގުޅޭގޮތުން ކަމާބެހޭ ފަރާތްތައް އަދި މައުލޫމާތު ހާމައެއް ނުކުރެއެވެ. ރޯވި ކައިރީ ފުލުހުން އަންނަނީ މިވަގުތު ހަރަކާތްތެރި ވަމުންނެވެ.