މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
Topic Archive

#މޯލްޑިވްސް ޕޮލިސް ސާވިސް

1,922 Stories filed
މަސްތުވާތަކެތީގެ މައްސަލައެއްގައި ކުޅުދުއްފުށި ސިޓީން 55 އަހަރުގެ މީހަކު ހައްޔަރުކޮށްފި
Thiladhunmathi News

މަސްތުވާތަކެތީގެ މައްސަލައެއްގައި ކުޅުދުއްފުށި ސިޓީން 55 އަހަރުގެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތި ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހދ. ކުޅުދުއްފުށި ސިޓީން 55 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި / ގުލާބީގެ، ޢަބްދުއްސައްތާރު ޢަލީ (55އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި ހިނގާ ޖަނަވަރީ މަހުގެ 22 ވަނަ ދުވަހު ކުޅުދުއްފުށި ސިޓީގެ މަގުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރުމުގެ ތެރޭގައެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ޢަބްދުއްސައްތާރު ޢަލީ ހުއްޓުވައި ބަލައިފާސް...

ޑިއުޓީގައި ހުއްޓާ ފިޓުޖެހިގެން މޫދަށް ވެއްޓުނު އެމްޕީއެލް މުވައްޒަފަކު ނިޔާވެއްޖެ
Raajje

ޑިއުޓީގައި ހުއްޓާ ފިޓުޖެހިގެން މޫދަށް ވެއްޓުނު އެމްޕީއެލް މުވައްޒަފަކު ނިޔާވެއްޖެ

މާލެ ވިޔަފާރި ބަނދަރުގެ ސަރަހައްދުގައި ޑިއުޓީގައި ހުއްޓާ ފިޓުޖެހިގެން މޫދަށް ވެއްޓުނު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މުވައްޒަފަކު މިއަދު ނިޔާވެއްޖެއެވެ. މި ހާދިސާގައި ނިޔާވެފައިވަނީ ގއ. ދެއްވަދޫ، ދެކުނުގެ، އުމުރުން 30 އަހަރުގެ އަމީން ޢަބްދުލްހަމީދެވެ. ފުލުހުން ވިދާޅުވި ގޮތުގައި، އެމްޕީއެލް ފަޅުތެރޭގައި އޮތް ދެ ޓަގް ބޯޓު ދޭތެރެއަށް މީހަކު ވެއްޓިގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 10:46 އެހައިކަންހާއިރުއެވެ. އޭނާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ...

މާލޭގެ ގެއެއް ބަލާފާސްކޮށް ގިނަ އަދަދެއްގެ ޑްރަގާ ފައިސާ ހޯދާ ދެ މީހަކު ހައްޔަރުކޮށްފި
Raajje

މާލޭގެ ގެއެއް ބަލާފާސްކޮށް ގިނަ އަދަދެއްގެ ޑްރަގާ ފައިސާ ހޯދާ ދެ މީހަކު ހައްޔަރުކޮށްފި

މާލޭގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާއާއެކު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 28 އަހަރާއި 36 އަހަރުގެ ދެ ފިރިހެނުންނެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި، ކޯޓު އަމުރެއްގެ ދަށުން ގަލޮޅު އަވަށުގެ ގެއެއް ބަލައިފާސްކުރިއިރު، އެ ގެއިން 266.29 ގުރާމުގެ މަސްތުވާތަކެތި ފެނިފައިވެއެވެ. މީގެ އިތުރުން، މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 80,000 އަށްވުރެ ގިނަ ރުފިޔާ ވެސް އެ ގެއި...

ނެއްލައިދޫ ޕޮލިސް ޕޯސްޓުގެ ފުލުހުން އެރަށު ގޭގެއަށް ޒިޔާރަތްކުރުމުގެ ހާއްސަ ހަރަކާތެއް
Thiladhunmathi News

ނެއްލައިދޫ ޕޮލިސް ޕޯސްޓުގެ ފުލުހުން އެރަށު ގޭގެއަށް ޒިޔާރަތްކުރުމުގެ ހާއްސަ ހަރަކާތެއް

ހދ. ނެއްލައިދޫ ޕޮލިސް ޕޯސްޓުގެ ފުލުހުން އިސްނަގައިގެން، އެ ރަށުގެ ގޭގެއަށް ޒިޔާރަތްކުރުމުގެ ހާއްސަ ހަރަކާތެއް ފަށައިފިއެވެ. ހދ. ޕޮލިހުން ބުނިގޮތުގައި ނިމިދިޔަ ހަފްތާގައި ފެށި މި ހަރަކާތަކީ ފުލުހުންނާއި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، އެކުވެރިކަން އާލާކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ އިޖުތިމާއީ ހަރަކާތެކެވެ. މި ހަރަކާތުގެ ތެރެއިން ފުލުހުން ގޭގެއަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ދެނެގަތުމާއި، ފުލުހުންގެ ހިދުމަތާ މެދު ރައްޔިތުން ދެކޭގޮތް ބަލަމުންދެއެވެ....

ދޯނި ބަންޑުންޖަހާލި ހާދިސާގައި ނިޔާވީ ކެޕްޓަން، ބިދޭސީ މީހާ ހޯދުމުގެ މަސައްކަތްކުރިއަށް
Raajje

ދޯނި ބަންޑުންޖަހާލި ހާދިސާގައި ނިޔާވީ ކެޕްޓަން، ބިދޭސީ މީހާ ހޯދުމުގެ މަސައްކަތްކުރިއަށް

މިއަދު ހެނދުނު ކާފު އަތޮޅު އެނބޫދޫފިނޮޅު ކައިރިން “ބަލަމާ 6” ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލައި ހިނގި ހިތާމަވެރި ހާދިސާގައި، ގެއްލުނު ދެ މީހުންތެރެއިން ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި، ހަތަރު މީހުންނާއެކު ދަތުރުކުރި މި ދޯނި ބަންޑުން ޖަހާލި ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 07:27 ހާއިރުއެވެ. ހާދިސާ ހިނގި ވަގުތު ދޯނީގައި ތިބި ހަތަރު މީހުންގެ […]

މުދާ އުފުލާ ދޯންޏެއް ބަންޑުންޖަހައިލުން: ގެއްލުނު ދިވެހި މީހާ ނިޔާވެފައި އޮއްވާ ފެނިއްޖެ
Raajje

މުދާ އުފުލާ ދޯންޏެއް ބަންޑުންޖަހައިލުން: ގެއްލުނު ދިވެހި މީހާ ނިޔާވެފައި އޮއްވާ ފެނިއްޖެ

މުދާ އުފުލާ ދޯންޏެއް ބަންޑުންޖަހާލައި މިއަދު ހިނގި ހާދިސާގައި ގެއްލުނު ދިވެހި މީހާ ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ. ކ. ވާދޫ ކައިރިން ހަތަރު މީހުންނާއެކު ދަތުރުކުރި މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލައި، އޭގެއިން ދަތުރުކުރި ދެ މީހަކު ގެއްލިގެން ހޯދަމުން އަންނަކަމަށް ފުލުހުން ބުނީ މިއަދު ހެނދުނުއެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި “ބަލްމާ 6” ނަމަކަށް ކިޔާ މި ދޯނި ބަންޑުން ޖަހާލި ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 07:27 ހާއިރުއެވެ. މި […]

ބޯޓެއް ބަންޑުން ޖަހާލައި ދެ މީހަކު ގެއްލިއްޖެ
Raajje

ބޯޓެއް ބަންޑުން ޖަހާލައި ދެ މީހަކު ގެއްލިއްޖެ

ކ. ވާދޫ ކައިރިން ހަތަރު މީހުންނާއެކު ދަތުރުކުރި މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލައި، އޭގެއިން ދަތުރުކުރި ދެ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި “ބަލްމާ 6” ނަމަކަށް ކިޔާ މި ދޯނި ބަންޑުން ޖަހާލި ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 07:27 ހާއިރުއެވެ. މި ހާދިސާ ހިނގިއިރު ދޯނީގައި ތިބި ހަތަރު މީހުންގެ ތެރެއިން ދެ މީހަކު ވަނީ އެ ސަރަހައްދުން ދަތުރުކުރި އެހެން ދޯންޏަކަށް ނަގާފައެވެ. ނަމަވެސް […]

މަސްތުވާތަކެތީގެ މައްސަލައެއްގައި މިލަންދޫއިން މީހަކު ހައްޔަރުކޮށްފި
Thiladhunmathi News

މަސްތުވާތަކެތީގެ މައްސަލައެއްގައި މިލަންދޫއިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ށ. މިލަންދޫއިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ށ. މިލަންދޫ، ވެނީލާހައުސް، އަޙްމަދު ޢާލިމް (33އ) އެވެ. ފުލުހުން ހާމަކުރި ގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ މިލަންދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން، އެ ރަށު ޕޮލިހުން މި މަހުގެ 13 ވަނަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. މި އޮޕަރޭޝަނު...

ހުޅުމާލޭ އެޕާޓްމަންޓެއްގައި ރަހީނުކޮށްފައިހުރި މީހަކު ސަލާމަތްކޮށް ހަތަރު މީހަކު ހައްޔަރުކޮށްފި
Raajje

ހުޅުމާލޭ އެޕާޓްމަންޓެއްގައި ރަހީނުކޮށްފައިހުރި މީހަކު ސަލާމަތްކޮށް ހަތަރު މީހަކު ހައްޔަރުކޮށްފި

ހުޅުމާލެ ފޭސް 2 ގެ އެމްޕީއެލް ޓަވަރުގެ އެޕާޓްމަންޓެއްގައި ދިވެހި ފިރިހެނަކު ރަހީނުކޮށް، ބިރުދައްކައިގެން ފައިސާ ހޯދަމުންދިޔަ މައްސަލައެއްގައި ހަތަރު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި ހާދިސާގައި ރަހީނުކޮށްފައި ހުރި މީހާ ފުލުހުން ވަނީ ބުދަ ދުވަހުގެ ރޭ ދަންވަރު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ސަލާމަތްކޮށްފައެވެ. ފުލުހުން ހާމަކުރި ގޮތުގައި، ހުޅުމާލެ ފުލުހުން މި އޮޕަރޭޝަން ހިންގީ ކޯޓު އަމުރެއްގެ ދަށުން އެ އެޕާޓްމަންޓް ބަލައިފާސްކުރުމަށްފަހުއެވެ. ރަހީނުކޮށްފައި ހުރި މީހާ ސަލާމަތްކުރުމަށްފަހު، އޭނާ...

67 ފަތުރުވެރިންނާއިއެކު މާފުއްޓަށް ދަތުރުކުރި ފެރީއެއްގެ އިންޖީނު ހުއްޓި ފަރަށް އަރައިފި
Raajje

67 ފަތުރުވެރިންނާއިއެކު މާފުއްޓަށް ދަތުރުކުރި ފެރީއެއްގެ އިންޖީނު ހުއްޓި ފަރަށް އަރައިފި

މާލެއިން ފުރައިގެން ކ. މާފުއްޓަށް ދަތުރުކުރި ފެރީއެއްގެ އިންޖީނު ހުއްޓި، އެމްބޫދޫ ފަރަށް އަރައިފި އެވެ. މެރެއިން ޕޮލިސް އިން މަޢުލޫމާތުދެއްވި ގޮތުގައި، މި ހާދިސާ ހިނގިއިރު އެ އުޅަނދުގައި ޖުމްލަ 72 މީހުން ތިބި ކަމަށްވެއެވެ. ފުލުހުން ބުނީ، މިއަދު ހެނދުނު 11:24 ހާއިރު ހިނގި މި ހާދިސާގައި، ފެރީގައި ތިބި އެންމެން މިހާރު ވަނީ ރައްކާތެރިކަމާއެކު ސަލާމަތްކުރެވިފަކަމަށެވެ. އުޅަނދުގައި ތިބި މީހުންގެ ތެރޭގައި ހިމެނެނީ 67 ފަތުރުވެރިންނާއި، 3 ދިވެހިންގެ އިތުރުން 2 ބިދޭސީ […]

އިނގިރޭސި ދެ ފަތުރުވެރިންގެ މަރުގައި ތުހުމަތުކުރެވޭފަދަ ކަމެއް ނެތް: ފުލުހުން
Raajje

އިނގިރޭސި ދެ ފަތުރުވެރިންގެ މަރުގައި ތުހުމަތުކުރެވޭފަދަ ކަމެއް ނެތް: ފުލުހުން

ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އައި އިނގިރޭސިވިލާތަށް ނިސްބަތްވާ ދެ ފަތުރުވެރިން ރާއްޖޭގައި މަރުވެފައިވާއިރު، އެ ދެމަފިރިންގެ މަރުގައި ތުހުމަތުކުރެވޭފަދަ އެއްވެސް ކަމެއް މިހާތަނަށް ފާހަގަކުރެވިފައިނުވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ. ފުލުހުން މައުލޫމާތު ދޭގޮތުގައި، އއ. އަތޮޅުގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ އުމުރުން 70 އަހަރުގެ އެލައިނީ ރިޗްމޮންޑް ނިޔާވީ 2025 ޑިސެމްބަރު 19 ވަނަ ދުވަހުއެވެ. އޭނާ ނިޔާވެފައި އޮއްވާ ފެނުނީ ފިރިމީހާއާއެކު ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލިގެން ހ...

ވީއައިއޭ އިން ޑޮލަރު ފޭރުނު މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފި
Raajje

ވީއައިއޭ އިން ޑޮލަރު ފޭރުނު މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތެރެއިން ބޭންކެއްގެ މުވައްޒަފުން އަތުން ފައިސާ ހުރި ސޫޓްކޭހެއް ފޭރިގަތް މައްސަލައިގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ، 27 އޮކްޓޯބަރު 2025 ވަނަ ދުވަހު ފަތިހު ވީއައިއޭގައި ހިންގި ފޭރުމުގެ މައްސަލައިގެ ތުހުމަތުގައި އިތުރު މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އެހެންކަމުން، މި މައްސަލައިގެ ތުހުމަތުގައި ޖުމުލަ 8 މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ. މި އެންމެންވެސް ތިބީ ބަންދުގައެވެ. މި މައްސަލައިގެ ތުހުމަ...

ޑްރަގް މައްސަލައެއްގައި ކުޅުދުއްފުށިން ނޮޅިވަރަމް މީހަކު ހައްޔަރުކޮށްފި
Thiladhunmathi News

ޑްރަގް މައްސަލައެއްގައި ކުޅުދުއްފުށިން ނޮޅިވަރަމް މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ކުޅުދުއްފުށި ސިޓީން ނޮޅިވަރަމަށް ނިސްބަތްވާ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހދ. ނޮޅިވަރަމް، އެލްޕަސޯ، އަޙްމަދު ފަޒީން (35އ) އެވެ. ފުލުހުން ހާމަކުރި ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުޅުދުއްފުށި ސިޓީ ޕޮލިހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. ޖަނަވަރީ 12 ވ...

ހައްޔަރުކުރީ ޑްރަގް ވިޔަފާރިކުރުމާއި މަނީ ލޯންޑަރިން ނެޓްވޯކެއްގެ ބޮޑުންތަކެއްކަމަށް ތުހުމަތުވާ ބަޔަކު
Raajje

ހައްޔަރުކުރީ ޑްރަގް ވިޔަފާރިކުރުމާއި މަނީ ލޯންޑަރިން ނެޓްވޯކެއްގެ ބޮޑުންތަކެއްކަމަށް ތުހުމަތުވާ ބަޔަކު

މަސްތުވާތަކެތީގެ ވިޔަފާރިއާއި މަނީ ލޯންޑަރިން ހުއްޓުވުމަށް ފުލުހުން ހިންގާ “އޮޕަރޭޝަން އަލިމަގު” ގެ ދަށުން ޖެނުއަރީ 11 ވަނަ ދުވަހު ގއ. އަތޮޅާއި މާލޭގައި ހިންގި ހާއްސަ އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ ހަތަރު މީހަކު ކަމަށް ފުލުހުން ބުނެފިއެވެ. މި އޮޕަރޭޝަންގައި ޖުމްލަ 10 ތަނެއް ބަލައި ފާސްކޮށްފައިވެއެވެ. މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ، ގއ. ވިލިނގިއްޔަށް ނިސްބަތްވާ އުމުރުން 28 އަހަރާއި 35 އަހަރާ ދެމެދުގެ...

ޑްރަގާއެކު ދުވާފަރު ބަނދަރު ސަރަހައްދުން ދެ މީހަކު ހައްޔަރުކޮށްފި
News

ޑްރަގާއެކު ދުވާފަރު ބަނދަރު ސަރަހައްދުން ދެ މީހަކު ހައްޔަރުކޮށްފި

ރ. ދުވާފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރ. ދުވާފަރު / ދޫރެސްގެ، އިސްމާޢީލް މަޙުމަދޫ (53އ) އާއި އެ ރަށު ޕެލެސް، އީސާ އަޙްމަދު (40އ) އެވެ. ފުލުހުން ހާމަކުރި ގޮތުގައި މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މާލެއިން ދުވާފަރަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 10 ވަނަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. […]