މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
Topic Archive

#މޯލްޑިވްސް ޕޮލިސް ސާވިސް

1,922 Stories filed
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ބާރަށުން ދެމީހަކާއި ފުނަދޫއިން މީހަކު ހައްޔަރުކޮށްފި
Raajje

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ބާރަށުން ދެމީހަކާއި ފުނަދޫއިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހއ. ބާރަށުން ދެމީހަކާއި ށ. ފުނަދޫއިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި މައްސަލަތަކުގައި ހައްޔަރުކޮށްފައިވަނީ ހއ. ބާރަށް / ޕާޓްރާ، ޢަލީ ތަސްލީމް (39އ) އާއި ހއ. ބާރަށް / ކުށްޅަވައްގެ، ޝަރަފުއްދީން (45އ) ގެ އިތުރުން ށ. ފުނަދޫ / ނީލު ވިލާ، އާދަމް ފަތުޙީ (30އ) ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. ބާރަށުން ދެމީހަކު ހައްޔަރުކޮށްފައިވަނީ، ހަށިގަނޑުގައި ރައްކާކޮށްގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ […]

އައްޑޫ އިން ގެއްލިގެން ހޯދި އަންހެންކުއްޖާ ފެނިއްޖެ
Raajje

އައްޑޫ އިން ގެއްލިގެން ހޯދި އަންހެންކުއްޖާ ފެނިއްޖެ

އައްޑޫ ސިޓީ ފޭދޫން ގެއްލިގެން ހޯދި 19 އަހަރުގެ އަންހެންކުއްޖާ ފެނިއްޖެއެވެ. ގެއްލިގެން ހޯދާފައި ވަނީ ސ. ފޭދޫ، ހަމްދަރުދީގެ، ޙައްވާ ރާއިދާ މުނީރު (19އ) އެވެ. އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 8 ޖެނުއަރީ 2026 ވަނަ ދުވަހުގެ މެންދުރުން ފެށިގެން ދިޔަ ތަނެއް ނޭނގި ގެއްލިފައިވާ ކަމަށް ބުނެ އެ ދުވަހުގެ 14:52 އެހައިކަންހާއިރުއެވެ. އޭނާ ގެއްލިފައިވާކަމަށް ރިޕޯޓްކުރުމާ ގުޅިގެން، ކަމާބެހޭ އެންމެހާ ބަހާތަކަށް އެ މައުލޫމާތު ހިއްސާކޮށް، އޭނާ ހޯދުމުގެ މަސައްކަތް ފަށައި ފުލުހުން […]

އައްޑޫއިން 19 އަހަރުގެ އަންހެންކުއްޖަކު ގެއްލިގެން ހޯދަނީ
Raajje

އައްޑޫއިން 19 އަހަރުގެ އަންހެންކުއްޖަކު ގެއްލިގެން ހޯދަނީ

އައްޑޫ ސިޓީ ފޭދޫން 19 އަހަރުގެ އަންހެނަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން، އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ގެއްލިގެން ހޯދަމުންދަނީ ސ. ފޭދޫ، ހަމްދަރުދީގެ، ޙައްވާ ރާއިދާ މުނީރު (19އ) އެވެ. އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2026 ޖެނުއަރީ 08 ވަނަ ދުވަހުގެ މެންދުރުން ފެށިގެން ދިޔަ ތަނެއް ނޭނގި ގެއްލިފައިވާ ކަމަށް ބުނެ އެ ދުވަހުގެ 14:52 އެހައިކަންހާއިރުއެވެ. އޭނާ ގެއްލިފައިވާކަމަށް ރިޕޯޓްކުރުމާ ގުޅިގެން، ކަމާބެހޭ އެންމެހާ [...

އޮޅިގެން އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރެވުނު 28,000ރ. ފުލުހުން ހޯދައިދީފި
Raajje

އޮޅިގެން އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރެވުނު 28,000ރ. ފުލުހުން ހޯދައިދީފި

އޮޅުމަކުން އެހެން މީހެއްގެ ބޭންކް އެކައުންޓަކަށް ޖަމާކުރެވުނު ގިނަ އަދަދެއްގެ ފައިސާތަކެއް، ފުލުހުން ކުރި މަސައްކަތުން ހޯދައި އޭގެ ވެރިފަރާތާ ހަވާލުކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ 2025 ޑިސެމްބަރު 25 ވަނަ ދުވަހުއެވެ. އެ ދުވަހު މީހެއްގެ ބީ.އެމް.އެލް އެކައުންޓުން އޮޅުމަކުން އެހެން މީހެއްގެ އެކައުންޓަށް ފައިސާތަކެއް ޖަމާކުރެވުނު މައްސަލަ ވަނީ އައްޑޫ ސިޓީ، ގަން ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައެވެ. މި މައްސަލައާ ގުޅިގެން ގަން ޕޮލިސް އިންވެސްޓިގޭޝަނުން ބޭންކް އޮފް މޯލްޑިވްސްއާ ގުޅިގެން ކުރި މަސައްކަތު...

މާލޭގެ އެޕާޓްމަންޓަކުން ޑްރަގާއެކު ދެ މީހަކު ހައްޔަރުކޮށްފި
Raajje

މާލޭގެ އެޕާޓްމަންޓަކުން ޑްރަގާއެކު ދެ މީހަކު ހައްޔަރުކޮށްފި

މާލޭގެ އެޕާޓްމަންޓެއްގެ ތެރެއިން ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ. މި ޖަނަވަރީ މަހުގެ 5 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި ފުލުހުން ވަނީ މާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކޮށްފައެވެ. އެ ބަލައިފާސްކުރުމުގެ ތެރެއިން ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ. ހައްޔަރުކުރި މީ...

ސަނީގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލާގައި އޭނާގެ ހާޒިރުގައި ގެއެއް ބަލާފާސްކޮށްފި
Raajje

ސަނީގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލާގައި އޭނާގެ ހާޒިރުގައި ގެއެއް ބަލާފާސްކޮށްފި

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި، ޝަރީޢަތް ނިމެންދެން ބަންދުގައި ހުރި ގ. މާވަނި، ޙުސައިން ސަނީ ޢުމަރުގެ ހާޒިރުގައި މާލޭގެ ގެއެއް ފުލުހުން ބަލައި ފާސްކޮށްފިއެވެ. ފުލުހުން މިއަދު މީޑިއާތަކަށް މަޢުލޫމާތު ދިން ގޮތުގައި، ސަނީ އުމަރުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މާލޭގެ ގެއެއް ބަލައި ފާސްކޮށްފައިވަނީ އޭނާގެ ހާޒިރުގައެވެ. މި ބަލައި ފާސްކުރުމަކީ ތަޙުޤީޤަށް ބޭނުންވާ ހެކި ހޯދުމަށް ކުރިއަށް ގެންދިޔަ ބަލާފާސްކުރުމެއްކަމަށް ބެލެ...

ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ
Raajje

ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ

ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މިއަދު ބުނީ، މަރުވެފައިވާ މީހެއްގެ ހަށިގަނޑު ފެނިފައި ވަނީ ރ.ކިނޮޅަހާ ދިމާ ބޭރުންނެވެ. ކިނޮޅަހާ ދިމާ ބޭރު ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު އޮޔާދާ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހަވީރު 16:24 އެހާކަންހާއިރުއެވެ. މި މައުލޫމާތު ލިބުމާއެކު ފުލުހުންގެ ޓީމެއް އެ ސަރަހައްދުގައި ވަނީ ހަރަކާތްތެރިވެފައެވެ. މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުނ...

ކުޅުދުއްފުށީގައި ހިންގި ދެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފި
Raajje

ކުޅުދުއްފުށީގައި ހިންގި ދެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފި

ހދ. ކުޅުދުއްފުށި ސިޓީގައި ފުލުހުން ހިންގި މަސްތުވާތަކެއްޗާއި ބަނގުރަލުގެ ދެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. ޑިސެމްބަރު 31 ވަނަ ދުވަހު ހިންގި މި ދެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި / ފަލަސް، ޢަލީ ޔާމީން ޙަސަން (23އ) އާއި ހދ. ކުޅުދުއްފުށި / މަލުތެރޭގެ، އަޙްމަދު މުޙައްމަދު (29އ) އެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި ދެ މީހުންނަކީ ވެސް މަސްތުވާތަކެއްޗާއި ބަނގުރަލުގެ ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ ދެ މީހުންނެވެ. މީގެ […]

ސަފާރީއެއްގައި ގަވައިދުން ބޭރުން ބަނގުރާ ވިއްކަމުންދިޔަ ދިވެއްސަކާއި ބިދޭސީންތަކެއް ހައްޔަރުކޮށްފި
Raajje

ސަފާރީއެއްގައި ގަވައިދުން ބޭރުން ބަނގުރާ ވިއްކަމުންދިޔަ ދިވެއްސަކާއި ބިދޭސީންތަކެއް ހައްޔަރުކޮށްފި

ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ގަވާއިދާ ހިލާފަށް ބަނގުރަލުގެ ވަގު ވިޔަފާރި ކުރަމުންދިޔަ ބަޔަކު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފިއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. ފުލުހުން ބުނިގޮތުގައި ޑިސެމްބަރު 31 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އެ ސަފާރީ ބަލައިފާސްކުރިއިރު، އެ އުޅަނދުން ގިނަ އަދަދެއްގެ ބަނގުރާ ފެނިފައިވެއެވެ. އެގޮތުން 10...

ބަނގުރާ އުފައްދައި ވިޔަފާރިކުރަމުންދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފި
Raajje

ބަނގުރާ އުފައްދައި ވިޔަފާރިކުރަމުންދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފި

މާލޭގައި ބަނގުރާ އުފައްދައި، އޭގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި އިންޑިއާގެ ފަސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ ބަނގުރާ އުފައްދައި، ބޭނުންކޮށް، ގެންގުޅެ އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. ފުލުހުން ބުނިގޮތުގައި މި އޮޕަރޭޝަނަކީ މި ހިނގާ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުގެ ރޭ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. ފުލުހުނ...

ދެބެންގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި އެކަކު ޒަޚަމްކޮށްލުމުން ފަރުވާދެނީ
Raajje

ދެބެންގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި އެކަކު ޒަޚަމްކޮށްލުމުން ފަރުވާދެނީ

ވެރިރަށް މާލޭގައި ދެބެންގެ ދެމެދުގައި މާރާމާރީއެއް ހިނގައި ތޫނުއެއްޗަކުން ހަމަލާދީ އެކަކު ޒަޚަމްކޮށްލުމުން ފަރުވާދެމުން އަންނަކަމަށް ފުލުހުން މިރޭ ބުނެފިއެވެ. ފުލުހުން ބުނީ، މާލޭ ގެއެއްގައި ދެބެންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާދީފައިވާކަމުގެ މައުލޫމާތު ލިބިފައި ވަނީ މިރޭ 18:42 އެހާއިރުކަމަށެވެ. މި ހާދިސާގައި އެކަކަށް އަނިޔާވެ، އަނިޔާވި މީހާއަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލާގައި ފުލުހުން ވަނީ ހަމަލާދިން މީހާ ހައްޔަރުކޮ...

ހީލަތުން ފައިސާ ހޯދަމުންދިޔަ މީހަކު ހައްޔަރުކޮށްފި
Raajje

ހީލަތުން ފައިސާ ހޯދަމުންދިޔަ މީހަކު ހައްޔަރުކޮށްފި

އެކި ދުވަސްމަތިން މަކާރާއި ހީލަތުން އޮޅުވާލައިގެން އެކި މީހުންގެ އަތުން ފައިސާ ހޯދަމުންދިޔަ މީހަކު ފުލުހުން ހޯދައި ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނިގޮތުގައި މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ މާލެ، މއ. ގުލްޝަންކިނާރާ، އަޙްމަދު ޢިރުފާލް (36އ) އެވެ. ޢިރުފާލް ހައްޔަރުކޮށްފައިވަނީ މަކަރާއި ހީލަތުން އޮޅުވާލައިގެން އެކި ފަރާތްތަކުގެ އަތުން ފައިސާ ހޯދާފައިވާކަމަށް ފުލުހުންނަށް ހުށަހަޅާފައިވާ 9 މައްސަލައެއްގައި އޭނާގެ މައްޗަށް ތުހުމަތުކުރެވިގެންނެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި ޑިސެންބަރު މަހު...

ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ޑްރަގް އެތެރެކުރި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
Raajje

ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ޑްރަގް އެތެރެކުރި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި

ޗޮކްލެޓް ސިރަޕް ފުޅިތަކެއްގެ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި ތަކެތި އަތުލައިގަތީ 2025 ޑިސެންބަރު 25 ވަނަ ދުވަހު ކަސްޓަމްސް އިން ބަލައިފާސްކުރި މުދާތަކެއްގެ ތެރެއިންނެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހއ. ހޯރަފުށި، ޢާފިޔާ، އަޙްމަދު ޢަލީ (47އ) އާއި މާލެ، ގ. އުފްރިޔާ، މުޙައްމަދު ޢާދިލް (57އ) އެވެ. މީގެ ތެރެއިން އަޙްމަދު ޢަލީ ހައްޔަރުކޮށްފައިވަނީ ޑިސެނ...

ތިން ފަންގިފިލާ ކުއްޔަށް ނަގައިގެން ބަނގުރާ ވިއްކަމުން ދިޔަ ދެ ބިދޭސީއަކު ހައްޔަރު
Raajje

ތިން ފަންގިފިލާ ކުއްޔަށް ނަގައިގެން ބަނގުރާ ވިއްކަމުން ދިޔަ ދެ ބިދޭސީއަކު ހައްޔަރު

މާލޭގެ ގެއެއްގެ ތިން ފަންގިފިލާ ކުއްޔަށް ނަގައިގެން ބަނގުރާ ކައްކައި، އޭގެ ވިޔަފާރި ކުރަމުންދިޔަ ދެ ބިދޭސީއަކު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަނަކީ އައު އަހަރާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ “އޮޕަރޭޝަން ރިވެލި” ގެ ދަށުން ހިންގި ހަރަކާތެކެވެ. ފުލުހުން މިއަދު ހާމަކުރި ގޮތުގައި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ދެ ރައްޔިތުންނެވެ. އެއީ މޮހަންދާސް ރަޖެންދިރަން (22އ...

ރިސޯޓެއްގައި އަންހެނަކު ބަލިވެއިނދެ ބައިގެންދިޔަ ކުއްޖެއްގެ މަރުގެ މައްސަލަ ބަލަނީ
Raajje

ރިސޯޓެއްގައި އަންހެނަކު ބަލިވެއިނދެ ބައިގެންދިޔަ ކުއްޖެއްގެ މަރުގެ މައްސަލަ ބަލަނީ

ރިސޯޓެއްގައި ދިވެހި އަންހެނަކު ބަލިވެ އިނދެ، ކުއްޖާ މަރުވި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. ފުލުހުން ބުނީ، ރިސޯޓެއްގައި ދިވެހި އަންހެނަކު ބަލިވެއިނދެ، ކުއްޖާ ބައިގެންދިޔަ މައްސަލައެއް ޑިސެމްބަރު 26 ވަނަ ދުވަހުގެ ހެނދުނު 10:06 ހާއިރު އިދާރާ އަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެއީ އުމުރުން 27 އަހަރުގެ ދިވެހި އަންހެނެކެވެ. މި ހާދިސާ ހިނގާފައި ވަނީ ވ. އަތޮޅު ރިސޯޓެއްގައެވެ. ފުލުހުން ބުނީ އެ މައްސަލަ ތަހްގީގުކުރަމުން އަންނަކަމަށެވެ. އަދި އިތުރު ތަފްސީލެއް ނުދެއެވެ. އެ […]